ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނިޔާގެ ކުރިމަތީ ކުޑަކަކޫ ނުޖަހާނަން: އަލީ ވަހީދު

ޖިންސީ ގޯނާގެ ހަތް ދައުވާއެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭއިންސާފާ އަނިޔާގެ ކުރިމަތީ ކުޑަކަކޫ ނުޖަހާނެ ކަމަށް، ޖިންސީ ގޯނާ އަދި ރޭޕްގެ ތުހުމަތުކުރެވޭ އަދި ހައްޔަރު ކުރުމަށް ރެޑް ނޯޓިސް ނެރެފައިވާ، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު މިހެން ވިދާޅުވީ އޭނާ ހައްޔަރުކުރުމަށް އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން އަލީ ވަހީދު ވިދާޅުވީ، ފްރޭމް ފަޅާއަރާ ނުޙައްޤުންދޭ އަނިޔާގެ ބަދަލުވެސް ހޯދާނެކަމަށެވެ. އަދި މައުސޫމްކަން ސާބިތު ކޮށްދޭނެކަމަށާއި، ސަރުކާރާ ދެކޮޅަށް ހުރިހުރުން ގުޑުވާނުލެވޭނެ ކަމަށެވެ.

އަލީ ވަހީދު ހައްޔަރުކުރަން އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރެފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް ނެރުނު ތާރީހެއް ވެސް ބުނެފައެއް ނުވެ އެވެ.

ފުލުހުން މިއަދު ބުނީ، ރެޑް ނޯޓިސްއާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއެކު ކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: