ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑީލްހެދިނަމަ މިއަދުވެސް ހުންނާނީ މަގާމުގައި: ހައިލަމް

ޝެއާރކޮށްލާ ކަހަލަދޯ؟

އެއްވެސް މީހަކާއެކު ޑީލެއް ހަދާފައި ނުވާނެ ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަހުމަދު ހައިލަމް ވިދާޅުވެއްޖެ އެވެ.

ހައިލަމް މިހެން ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތަށް ސަރުކާރުގެ އެކި ފަންތީގެ ބޭފުޅުންގެ ނުފޫޒު ފޯރުވާފައިވާކަން ހާމަކޮށް، ކުރީގެ ބައެއް ފަނޑިޔާރުން އިއްޔެ ދެކެވި ވާހަތަކާއި ގުޅިގެންނެވެ.

އެ ވާހަކަތަކާ ގުޅިގެން ހައިލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްވެސް މީހަކާއެކު ހެދި ޑީލެއް ނޯންނާނެ ކަމަށާއި ޑީލެއް ހެދިނަމަ މިއަދު ވެސް އޭނާ ހުންނާނީ މަގާމުގައި ކަމަށެވެ.

”އަޅުގަނޑު ވައިބާގައި ހިއްސާ ކުރި ފޮޓޯ އާއި އެކު ވަޒީފާ ގެއްލުވާލީ. އޭގެ އިތުރުން އަޅުގަނޑަށް ސަރުކާރުގެ ވަޒީރަކު ރައީސް ޔާމީނަށް ހުކުމް ކުރުމަށް އަންގައި ޓެލެގްރާމް ސީކްރެޓް ޗެޓެއްގައި މެސެޖުކުރީ. އަޅުގަނޑު އެ މެސެޖަށް ރިޕްލައިވެސް ނުކުރަން.“ ހައިލަމް ވިދާޅުވިއެވެ.

އަދި ޔާމީންގެ ޝަރީޢަތް ލައިވްކޮށް ކުރިއަށް ގެންދިޔަ މައިގަނޑު ސަބަބަކީ ޔާމީންގެ އެންމެހައި ޙައްޤުތައް ކަށަވަރު ކުރެވިގެން، ޞައްޙަ އިޖުރާއާތުގެ ތެރެއިން، ނުފޫޒުތަކުން އެއްކިބާވެ ޝަރީޢަތް ކުރިއަށް ގެންދެވޭކަން ރައްޔިތުންނަށް ހާމަކޮށްދިނުމުގެ ބޭނުމުގައި ކަމަށްވެސް ހައިލަމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 25%ހައިރާންވެއްޖެ 50%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: