ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިހެބިލިޓޭޝަން މަސައްކަތްތަކާއިމެދު ނާޒިމްގެ ކަންބޮޑުވުން

އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓު ނާޒިމް އަދި އިސް މެމްބަރުން: ފޮޓޯ/ އެމްއެންޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް އެދޭ ފަރާތްތަކަށް ހިދުމަތްތައް ދިނުމަށް ތިން ރީހެބިލިޓޭޝަން ސެންޓަރުން ފުދިގެން ނުދާކަމަށް އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓު ދަނގެތި ދާއިރާގެ މެމްބަރު ރިޓަރޔާޑް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވަމުންދާކަމަށް ފާހަގަކުރައްވާ ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، އެ ވަބާއިން ސަލާމަތްވުމަށް އެދެމުންދާ މީހުންނަށް ހިދުމަތް ދިނުމަށް މިހާތަނަށް ގާއިމުކުރެވިފައިވަނީ ހަމަ އެކަނި ތިން ރީހެބިލިޓޭޝަން ސެންޓަރެއްކަމަށެވެ. އޭނާ ވިދާޅުވީ، އެއް ތަން ހުރީ މާލޭގައިކަމަށެވެ. އަދި އައްޑޫގައި އެއް ސަންޓަރު ހުރި އިރު، ފުވައްމުލަކުގައި އިތުރު ސެންޓަރެއް ހުރިކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނާޒިމްވަނީ އެފަދަ ހިދުމަތްތައް ދޭ ސެންޓަރުތަކުގެ އަދަދު ރާއްޖޭގައި މިހާރު ބޮޑުވަމުންދާ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް އެކަށީގެންނުވާކަމަށް ސިފަކުރައްވާފައެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ނިސްބަތުން ބަލާއިރު އެހާ ގިނަ އަދަދެއް މީހުން މި ވަބާގައި ޖެހިފައިވުމުން މިހާރު ވަސީލަތްތައް ގާއިމުކުރެވިފައިވާ މިންވަރު އެކަށީގެންވާ ކަމަށް އެމްއެންޕީއަށް ގަބޫލުނުކުރެއްވޭކަމަށެވެ.

އޭނާ ވިދާޅުވީ، ތަފާސް ހިސާބުތަކަށް ބަލާއިރު، ފަރުވާ ހޯދުމަށް ބޭނުންވެ އެފަދަ ހިދުމަތަކާއި ހިސާބަށް ވާސިލު ނުވެވި ބައެއް ކުދިންނަށް ދެ އަހަރު ހުންނަންޖެހިފައިވާކަން ފާހަގަކުރެއްވޭކަމަށެވެ. ނާޒިމް ވިދާޅުވީ، އެހާ ދުވަސްވެގެންދާއިރު، އެފަދަ ހިދުމަތަކަށް ބޭނުންޖެހިފައިވާ ފަރާތްތެއްގެ ކިބައިން އޭނާގެ އާއިލާ އަދި މުޖުތަމައުގެ އެހެނިހެން މީހުންނަށްވެސް އުނދަގޫތަކެއް ކުރިމަތިވެ، މުޖުތަމައުގެ ތެރޭގައި “ރިކޯޑު” ހަޑިވެގެންދާކަމަށެވެ. އެހެންކަމުން ސަރުކާރެއްގެ އަމަލުތައް ބައްޓަންވާން ޖެހެނީ އެފަދަ ކަންކަން ހުއްޓުމަކަށް ގެނެވޭނެ ފަދަ ގޮތަކަށް ކަމަށް ނާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެމްއެންޕީއިން ތިބީ އެފަދަ ކަންކަމަށް ސަމާލުވެ އެކަންކަން ކުރުމުގެ އަޒުމުގެ މަތީގައިކަމަށެވެ.

މަސްތުވާ ތަކެތީގެ ވަބާއިން ސަލާތްމަތްވުމަށް ބޭނުންވާ ފަރާތްތަކަށް ދޭ “ފަރުވާ” ބައްޓަންކުރެވިފައިވާންޖެހޭ ގޮތަށްވެސް ނާޒިމްގެ ވާހަކަތަކުގެ ތެރެއިން އަލިއެޅުއްވިއެވެ. އޭނާ ވިދާޅުވީ މިހާރު އެ މަސައްކަތްތައް ކުރެވެމުންދަނީ “ތެރަޕިއުޓިކް ޓްރީޓްމެންޓެއް”ގެ ގޮތުގައިކަމަށެވެ. އޭނާ ވިދާލުވީ، އެއީ ޒަމާންތަކެއް ކުރީގެ އުސޫލެއްކަމަށެވެ. އޭނާ ވިދާޅުވީ، މިހާރު އޮންނަ އުސޫލުންނަމަ ޖެހެނީ އެކަކު އަނެކާއަށް މާޒީގެ ވާހަކަތައް ހިއްސާކޮށްގެން ރަނގަޅުކުރުމަށް މަސައްކަތްތައް ކުރާކަމަށެވެ.

އޭނާ ވިދާޅުވީ، މިހާރު ދެމުންދާ ފަރުވާ އެގޮތުގެ މަތިން ބައްޓަންވެފައި އޮވެގެން ނުވާނެކަމަށެވެ. އޭނާ ވިދާޅުވީ، މިހާރު އޮތްގޮތަށް ފަރުވާ ބައްޓަންކުރެވިފައިވާނަމަ މައްސަލަތަކަށް ހައްލުތަކެއް ލިބިގެން ނުދާނެކަމަށެވެ. ނާޒިމް ވިދާޅުވީ، އެ މައްސަލަ ހައްލުކުރެވިގެންދާނީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެންނާއި ފަންނުވެރިން އަނބުރާ ގެނެސްގެންކަމަށެވެ. އޭނާ ވިދާޅުވީ، އެންމެ “ބޯދާ” ޒަމާނުގައި އެ މަސައްކަތްތައް ކުރެވެމުން އައި ގޮތަށް މިހާރު ކުރެވިގެން ނުވާނެކަމަށެވެ.

ނާޒިމްވަނީ އެ އުސޫލުގެ ދަށުން ފަރުވާ ދިނުމަށް ކުރާ މަަސައްކަތްތަކުގެ ސަބަބުން އިތުރު މައްސަލަތަކެއް އުފެދިގެންދާކަމަށްވެސް ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ، އެ އުސޫލުގެ ދަށުން ހިންގާ ސެންޓަރުތަކުން ފަރުވާދޭ މީހުންގެ ނިސްބަތުން 10 އިންސައްތަވެސް އަނބުރާ މުޖުތަމައާއި ގުޅިގެން ނުދާކަމަށެވެ.

އޭނާ ވިދާޅުވީ، މިހާރު ރާއްޖެއަށް އެތެރެކުރެވެމުންދަނީ ނުރައްކާތެރި މަސްތުވާތަކެތީގެ ބާވަތްތަކެއްކަމަށެވެ. އޭނާ ވިދާޅުވީ، ކެނަބިސް ހެރޮއިން އަދި ޕާޓީ ޑްރަގްސް ގެނެސްގެން ނޭނގި މުޖުތަމައުގެ ޒުވާނުންގެ ތެރޭގައި ފަތުރާލާކަަމަށެވެ. އޭނާ ވިދާޅުވީ، ބައެއް ރަށްތަކުގައި 7 އަހަރު ނުވަތަ 8 އަހަރުގެ ސުކޫލު ކުދިންގެ ތެރޭގައިވެސް މަސްތުވާތަކެތީގެ ވަބާ އޮތްކަން ފާހަގަކުރެވިފައިވާކަމަށެވެ. އޭނާ ވިދާޅުވީ، މި މައްސަލައަކީ އެމްއެންޕީއިން އިންތިހާއަށް ކަންބޮޑުވާކަމެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: