ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލާ ކުންފުންޏާއިއެކު އޮތް އެކްސްކުލޫސިވް އެގްރީމެންޓްވެސް ސަރުކާރުން އުވާލައިފި: ގާސިމް

ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހީމް ޕާޓީގެ 158 ވަނަ ކައުންސިލް ބައްދަލުވުމުގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ވިލާ ކުންފުންޏާއިއެކު އޮތް އެކްސްކުލޫސިވް އެގްރީމެންޓްވެސް ސަރުކާރުން އުވާލައިފިކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޖޭޕީގެ 158 ވަނަ ކައުންސިލް ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގާސިމް ވަނީ ވިލާ ކުންފުންޏާއި ގުޅޭ ވާހަކަތަކެއް ދައްކަވާފައެވެ. ގާސިމް ވިދާޅުވި ގޮތުގައި ކޮވިޑްގެ ނިކަމެތިކަމުގައި ޖެހުނު ހާލަތުގެ ސަބަބުން ވިލާ ކުންފުނިން ސަރުކާރަށް ދައްކަންޖެހޭ 12 މިލިއަނަށްވުރެ ގިނަ ޑޮލަރު އެބަހުރިއެވެ. ކުންފުނީގައި 5،000 އެއްހާ މުވައްޒަފުން ތިބިއިރު، މަސް ފެކްޓްރީ ހިނގައިގެން ލިބުނީ ގެއްލުންކަމަށް ގާސިމް ވިދާޅުވިއެވެ. ނަމަވެސް މިފްކޯއިން ކުރާ ހުރިހާ މަސައްކަތެއް ކުރަން ޖެހޭކަމަށް ވިދާޅުވިއެވެ.

ސަރުކާރުން ހެދި އެކްސްކުލޫސިވް އެއްބަސްވުންތަކުގެ ދަށުން 250 މިލިއަން ޑޮލަރަށްވުރެ ބޮޑު އިންވެސްޓްމެންޓެއް ރާއްޖޭގެ 3 ދިމާލެއްގައި ކޮށްފައިވާނެކަމަށް ގާސިމް ވިދާޅުވިއެވެ. ނަމަވެސް ސަރުކާރުން އެއީ އޮތް އެއްބަސްވުމެއްކަމަށްވެސް ގަބޫލުނުކުރިކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވަނީ ގޭ ދަށު މަސް ފެކްޓްރީ ގާއިމްކުރުމަށް މި ސަރުކާރުންވީ ވައުދުތަކަށް އަލިއަޅުއްވާލައްވާފައެވެ. އަދި އެ ފެކްޓްރީތައް އެޅުމަށް ގާނޫނު ހަދާ ހުޅުވާލިކަމަށް ފާހަގަކޮށް ގާސިމް ވަނީ އަދި މިހާތަނަށް ގޭދަށުގައި އެއްވެސް މަސް ފެކްޓްރީއެއް މި ސަރުކާރަށް އެޅިފައިނުވާތީ ފާޑު ވިދާޅުވެފައެވެ.

އެޅުނު ގޭ ދަށު ފެކްޓްރީތައް ގިނަކަމުން ގޮސް އޮބިނޯވެފަ މިއޮތީ. ހަމަ ކުރެވޭނެ އެއްވެސްކަމެއް ނުފެނުނު. އެކަމު އަޅުގަނޑުމެންނަށް ދެވިފަ އޮތް އެކްސްކުލޫސިވް އެގްރީމެންޓްވެސް އުވާލީ.

ގާސިމް ވިދާޅުވިއެވެ.

ގާސިމް ވަނީ ސަރުކާރަށް ކަންކަންކޮށްދެވޭ ވަރުގެ ގާބިލު ބަޔަކު ނުވެގެން އުޅޭކަމަށް ދޭހަވާފަދަ މޭރުމަކުން ވާހަކަދައްކަވާ، ވިލާ ކުންފުންނާއިއެކު ހަދާފައިވާ އެކްސްކުލޫސިވް އެއްބަސްވުންތައް ސަރުކާރުން އުވާލުމުން ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ސަރުކާރުން ކަންތައްތައް ކުރަނީ ނީލަމަށް ލައިގެން ކަންކަންކުރާ އުސޫލުންކަމަށް ގާސިމް ވިދާޅުވިއެވެ.

އޭނާ ހިއްކެވި ބިން ބިން ކުއްޔަށް ދޫކުރުމަށް ސަރުކާރުން އަންނަނީ ކޮންމެ 5 އަހަރަކުން ބިމު ކުލި ބޮޑުކުރަމުންކަމަށް ފާހަގަކޮށް، ގާސިމް ވިދާޅުވީ ނަމަވެސް ސަރުކާރު ކުންފުނި މިފްކޯ އަތުން ނަގާ އެއްޗެއް ނޯންނަކަމަށެވެ.

ދައުލަތުން ދެވޭނީ ބަޖެޓު، ލާރި އެމީހުންނަށް ދެވޭނީ، އޮއްސޭނީ، އެކަމަކު ކަންތައްތައް ކުރަންޖެހޭނީ އާންމު ފަރުދުންނަށްވެސް ހުޅުވާލެވިފައި އޮތް ކަމެއް ވިއްޔާ އެ ހަމަ އެއް ހަމައެއްގައި އެއް ގޮތަކަށް. ދައުލަތުގެ ކުންފުންޏަކަށްވީމަ ޓެކްސް ނުނަގާ ގޮތަކަށް ނުހެދޭނެ އެއީ ކުންފުންޏެއްކަމަށްވަންޏާ.

ގާސިމް ވިދާޅުވިއެވެ.

ސަރުކާރުގެ ކުންފުޏެކޭ އެއްފަދައިން، އެކަމެއްގައި ހަރަކާތްތެރިވާ ދިވެހި ރައްޔިތުންނަށް ވަސީލަތްތައް ފުރިހަމަކޮށްދިނުމަށް ގާނޫނުގައި އޮންނައިރު، ކަން ވަނީ މިހެން ނޫންކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ދައުލަތުގެ ކުންފުންޏަކަށްވާތީ ދައުލަތުން އެމީހުންނަށް ބަޖެޓު ދެވިދާނެކަމަށާއި، ނަމަވެސް ގާނޫނު ތަންފީޒްކުރަން ޖެހޭނީ އެއް ހަމައަކުންކަމަށްވެސް ވިދާޅުވިއެވެ.

އަސާސީ ހައްގުތަކަށް ކަށަވަރުކޮށްދިނުމުގައިވެސް ސަރުކާރުން ފެއިލްވެފައިވާކަމަށް ގާސިމް ވިދާޅުވިއެވެ. ނަމަވެސް އޭނާގެ ސަރުކާރެއްގައި މިފަދަ އެއްވެސްކަމެއް ނުކުރާނެކަމަށް ގާސިމް ވަނީ ވައުދުވެލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: