ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަން ބޭނުންވަނީ އިސްލާހީ މަސައްކަތް ކުރަން: ގާސިމް

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާތަނަށް ކުރިޔަށް ގެންދިޔަ ކޮންމެ އިސްލާހީ މަސައްކަތެއްގައި ވެސް ބައިވެރިވީ ދިވެހިރާއްޖޭގައި ތިއްބެވި އެންމެހާ ރައްޔިތުންގެ ތަނަވަސްކަމާއި ކުރިއެރުމަށް އެދިގެންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ސެޕްޓެމްބަރު 09 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމަށް އިއުލާނުކޮށް އެ މަސައްކަތް ކުރިޔަށް ގެންދަވާ ގާސިމަކީ ސަރުކާރުތަކާއި ދެކޮޅަށް ކުރިޔަށް ގެންދިޔަ ގިނަ އިސްލާހީ ހަރަކާތްތަކުގައި ބައިވެރިވި ބޭފުޅެކެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން، ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރާއި އެއްކޮޅަށް އަދި ދެކޮޅަށް ވެސް ކުރި މަސައްކަތްތައް ހިމެނެ އެވެ.

2008، 2013 ގެ ރިޔާސީ އިންތިހާބުގައި ވާދަކޮށް ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހުނު ގާސިމް އަބަދުވެސް ވިދާޅުވާ ގޮތުގައި ރިޔާސީ ކެނޑިޑޭޓުންނަށް ދެވަނަ ބުރުން ކާމިޔާބު ލިބުނީ އޭނާގެ ތާއީދާއި އެކު އެވެ. އަދި އެކަން ޖުމްހޫރީ ޕާޓީން އަބަދުވެސް ފާހަގަކުރެ އެވެ.

ރޭ ޖޭޕީން ބޭއްވި ކައުންސިލް ބައްދަލުވުމުގައި ގާސިމް ވިދާޅުވީ، އޭނާ އިސްލާހީ މަސައްކަތްތައް ކުރެއްވީ ދިވެހިރާއްޖެ ކުރިއަރައިގެންދާނެކަމަށް ކުރި ތަަސައްވުރާއި އެއްގޮތަށް ކުރިޔަށް ނުދާތީ ކަމަށެވެ. އަދި އެ ދުވެލީގައި އަދުލު އިންސާފަށް ލިބުނު މިނިވަންކަމެއް ނެތްކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެދުވަހުން ފެށިގެން މިއަދާއި ހަމައަށް އައިއިރު ވެސް ފެންނަން ހުރީ އިސްލާހު ކުރަން ޖެހޭ ކަންތައްކަން ފާހަގަކޮށް ގާސިމް ވިދާޅުވީ އޭނާ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އައުމަށް މަސައްކަތް ކުރަނީ އެއީ އެއްވެސް ހާލަތެއްގައި ބާރުވެރި މަގާމަކަށް ވާތީ ނޫން ކަމަށެވެ. އެ ތަހުތާއީ ހިސާބަށް ވާސިލުވުމަށް މަސައްކަތް ކުރަނީ އިސްލާހަށްޓަކައިކަމަށް ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރިޔާސީ ރޭހުގައި ބައިވެރިވެވަޑައިގަތީ ރާއްޖޭގައި ފެންމަތިވަމުންދާ މައްސަލަތައް އިސްލާހުކުރުމަށް މަގުފަހި ކުރުމަށްކަމަށެވެ. އޭނާ ވިދާޅުވީ، އޭނާ ނުކުމެވަޑައިގެން ހުންނެވީ ދިވެހިރައްޔިތުންނަށް މަންފާއާއި ލާބަ ހޯއްދަވައިދެއްވައި ޖީބަށް ވެސް އިތުރުވުންތަކެއް ގެނެސްދެއްވުމުގެ މަގުސަދުގައިކަމަށެވެ. އަދި އޭނާ ހުންނެވީ ދިވެހިންގެ ހުރި ކަންބޮޑުވުންތަކުން ރައްޔިތުން މިންޖުކޮށްދެއްވުމުގެ އަޒުމުގައިކަމަށް ފާހަގަކުރެއްވިއެވެ. ގާސިމް ވިދާޅުވީ، އޭނާ ނުކުމެވަޑައިގެން ހުންނެވީ ދިވެހިނަށް ބޯހިޔާވަހިކަން ފަހިކޮށްދެއްވުމަށާއި، އިޖްތިމާއި އެންމެހާ ދާއިރާއެއްގައި ކުރިއެރުންތަކެއް ހޯއްދަވައިދެއްވައި ރާއްޖެއަށް ލިބިގެންދާ އާމްދަނީ ހެޔޮ ގޮތުގައި ބޭނުންކުރައްވައިގެން އެގޮތުގެ މަތިން ކަންކަން ކުރައްވާނެކަމަށްވެސް ފާހަގަކުރެއްވިއެވެ.

ގާސިމް ވަނީ މި ފުރުސަތުގައި ދިވެހިރާއްޖޭގެ ދަރަނީގެ އަދަދުތައް މަތިވެފައިވާކަމަށް އިޝާރާތް ކުރައްވާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، މި ސަރުކާރުން ވަނީ 4 އަހަރު ދުވަހުގެ ތެރޭގައި 70 ބިލިއަނާއި ގާތް ކުރާ އަދަދެއްގެ ދަރަނި އުފައްދާފައިކަމަށް މައުލޫމާތު ލިބޭކަމަށެވެ. އެހެން ނަމަވެސް އެކަމާއި ސުވާލު ކުރުމުން ފިނޭންސް މިނިސްޓްރީން އެއްވެސް ސުވާލަކަށް އެކަށީގެންވާ ޖަވާބެއް ލިބިގެން ނުދާ ވާހަކަތައް ވެސް އިވިގޮސްފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ގާސިމް ވިދާޅުވީ، އެ ވާހަކަތަކުގެ ފަހަތުގައިވާ ހަގީގަތް އެނގިވަޑައި ނުގަންނަވާކަަމަށެވެ. އެހެންނަމަވެސް ދެކެވެމުންދަނީ ކުޑަ ވާހަކައެއް ނޫންކަމަށާއި މިހާތަނަށް އައި ސަރުކާރުތަކުން އުފައްދާފައިވާ ދަރަނީގެ އަދަދުތައް 2023 ވަނަ އަހަރު ނިމިގެންދާއިރު، 120 ބިލިއަންއަށްވުރެ މައްޗަށް އަރައިގެންދާނެކަމަށް އޭނާއަށް ލަފާކުރެއްވޭކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދެކެވެމުންދާ އަދަދަކީ އިންތިހާއަށް ބޮޑު އަދަދެއްކަމަށްވުމުން، ގައުމުގެ ދަރަނިތައް ނުދެއްކި އިނދަޖެހިގެންދާ ފަދަ ހާލަތެއް މެދުވެރި ނުވާނެގޮތަށް އިންތިޒާމުތައް ހަމަޖެއްސުން މުހިންމުކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: