ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖާބިރު އަނެއްކާވެސް އެމްޑީޕީއަށް

ޖާބިރު ރައީސް ސާލިހާއިއެކު.
ޝެއާރކޮށްލާ ކަހަލަދޯ؟

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެމްޑީޕީއާއި ގުޅިވަޑައިގެންފިއެވެ.

ޖާބިރު އެމްޑީޕީގައި ގުޅިވަޑައިގެންފައި މި ވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އޭނާއަށް އެމްޑީޕީއާއި ގުޅުމުގެ ދައުވަތުވެސް ދެއްވާފައިވަނިކޮށެވެ.

ޖާބިރު އެމްޑީޕީއާއި ގުޅިވަޑައިގެންނެވުމަށްފަހު، މީޑިއާތަކާއި ވާހަކަދައްކަވަމުން ވިދާޅުވީ އޭނާ އެމްޑިޕީއާއި އަލުން ގުޅިވަޑައިގަތީ އެމްޑީޕީގައި އޭނާ އެ ޕާޓީގައި ހުރުމަށް ބޭނުންނުވާ މީހުން މިހާރު ނެތީމައިކަމަށެވެ. ބެލެވޭ ގޮތުގައި ޖާބިރު އެ އިޝާރާތްކުރެއްވީ އެމްޑީޕީގެ ރައީސްކަމުގައި ހުންނަވާ އައު ޕާޓީއެއް އުފެއްދެވުމަށް އެމްޑީޕީއިން ދާދި ފަހުން އިސްތިއުފާދެއްވި ރައީސް މުހައްމަދު ނަޝީދުއަށެވެ.

ޖާބިރު އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ވެރިކަން ހޯދައިދިނުމަށްޓަކައި އޭނާގެ ފުލް ކެޕޭސިޓީދައްކާނެކަމަށެވެ. އަދި މާލީ ގޮތުންނާއި ދެން ހުރި ގޮތް ގޮތުންވެސް އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ރައީސް ސާލިހަށް ވެރިކަން ލިބޭނެކަން ޔަގީންކަމަށެވެ. އަދި ރައްޔިތުންގެ ތާއީދު އޮންނާނީ ރައްޔިތުންގެ ދިރިއުޅުން 5 ސްޓަރ ކޮށްދިން ބަޔަކަށްކަމަށް ޖާބިރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: