ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރިފުޅަށް ވަޒީފާ ހަމަޖައްސައި ދިނީ ނަޝީދު، އެއީ ލައިލާއަށްޓަކައި: ޝަރީފް

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އަމިއްލަ އެދިގެން ވަޒީފާއެއް ދިން އެއްވެސް މީހެއް އޭނާގެ އާއިލާގައި ނުހުންނާނެކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ތާއީދުކުރާ މެންބަރުންނަކީ ކޮންމެސް އަމިއްލަ މަންފާއެއް ހޯދުމަށް ސަރުކާރުގައި ތިބި މެންބަރުންކަމަށް ވާދަވެރިން ވިދާޅުވާތީ އެ ވާހަކަތަކަށް ރައްދުދެއްވާ ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިރުގައި އެމްޑީޕީގެ ރައީސްކަމުގައި ހުރީ މުހައްމަދި ނަޝީދުކަމަށާއި، ރައީސް ނަޝީދު ބޭނުންފުޅުވާ ބަޔަކަށް، ބޭނުންވާ ގޮތަކަށް ވަޒީފާ ދެމުން އަންނަކަމަށެވެ. ރައީސް ސާލިހު ވަޒީފާދެއްވީ ކޮންމެ ޕާޓީީއަކުންވެސް އެ ޕާޓީއެއްގެ އިސްވެރިން ނޮމިނޭޓުކުރާ ޕާޓީއިންކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އޭނާގެ ދަރިފުޅަށް ޑެޕިއުޓީ ހައި ކޮމިޝަނަރުކަން ދެއްވި ވާހަކައަކީ ވަރަށް ގިނަ ބަޔަކު، އޭނާއަށް އަމާޒުކުރާ ވާހަކައެއްކަމަށެވެ. މަރިޔަމް މިޒްނާ ޝަރީފް އަށް ވަޒީފާދިނުމަށް އޭނާ ނޭދެންކަމަށާއި، ނަމަވެސް އޭނާގެ އެހެން ދަރިއަކަށް ވަޒީފާއެއް ދިނުމަށް އެދުނިންކަމަށާއި، އެއީވެސް ދިވެހި ގައުމުގެ ހައްގުގައިކަމަށާއި، ބޭރު ގައުމުތަކުގެ ބަދަލުގައި ދިވެހި ގައުމަށް އޭނާގެ ހިދުމަތް ދޭން އެދޭތީކަމަށް ޝަރީފް ވިދާޅުވިއެވެ. މިކަމަށް އެދި ރައީސް ސާލިހާއި އަދި ރައީސް ނަޝީދުގެ އަރިހުގައިވެސް އެދުނިންކަމަށް ފާހަގަކޮށް ޝަރީފް ސުވާލުއުފެއްދީ ނަމަވެސް އަނެއް ދަރިފުޅު މިޒްނާއަށް ވަޒީފާ ލިބުނު ސަބަބާއިމެދުއެވެ.

ޝަރީފް ވިދާޅުވީ މިޒްނާ ކައިވެނި ބައްލަވައިގެން އުޅުއްވަނީ ލައިލާ އަބްދުﷲ އަލީއާއި ވަރަށް ގާތްތިމާގެ ކުއްޖަކާއިކަމަށްވުމުންކަމަށެވެ. އަދި މިޒްނާއަށް އެ ވަޒީފާދެއްވީ ރައީސް ނަޝީދުކަމަށާއި، އެއީ ލައިލާއަށްޓަކައި ރައީސް ނަޝީދުކުރެއްވިކަމެއްކަމަށް ޝަރީފް ވިދާޅުވިއެވެ. މިޒްނާއަކީ އާމްދަނީއެއް ނުލިބިގެން ވަޒީފާ އަދާކުރާ ވަރަށްވުރެ މުއްސަދި އާއިލާއަކަށް ނިސްބަތްވާ ކުއްޖަކާއި ކައިވެނިކޮށްގެންކަމަށް އުޅޭ ކުއްޖެއްކަމަށް ޝަރީފް ވިދާޅުވިއެވެ. އިތުރަށް ތަފްސީލުދެއްވާ ޝަރީފް ވިދާޅުވީ މިޒްނާ ކައިވެރިކޮށްގެން އުޅެނީ ލައިލާގެ ބޮޑުބޭބެ ސާބިލް އިލްޔާސްއާއިކަމަށެވެ.

އެ ކުއްޖާއަށް ވަޒީފާއެއް ދީގެން ވަރަށް އެއްޗިހި ގޮވާ، އެކަމަކު އަޅުގަނޑު ހޯދި ވަޒީފާއެއް ނޫން. އަޅުގަނޑު ވަރަށް ސާފުކޮށް މި ދަންނަވަނީ އަޅުގަނޑުގެ އާއިލާއަށް ނިސްބަތްވާ ނެތް، އަޅުގަނޑު ބުނެގެން  އެދިގެން ލިބުނު އެއްވެސް ވަޒީފާއެއް ނެތް.

ޝަރީފް ވިދާޅުވިއެވެ.

މިޒްނާގެ މުސާރައަށް 3 ހަތަރު މިލިއަން ރުފިޔާ ލިބޭކަމަށް ބުނެވެސް ދައްކަނީ ދޮގު ވާހަކައެއްކަމަށާއި، މިޒްނާގެ މަހު މުސާރައަކީ 18،000 ރުފިޔާކަމަށް ޝަރީފް ވިދާޅުވިއެވެ. އަދ ޝަރީފް ވިދާޅުވި ގޮތުގައި މިޒްނާއަށް ވަޒީފާދީފައިވަނީ ޑެޕިއުޓީ ހައި ކޮމިޝަނަރެއްގެ މިނިސްޓަރ ސްޓޭޓް ކައުންސިލަރ އެއްގެ ގޮތުގައިނޫންކަމަށާއި، ކައުންސިލާއެއްގެ ރޭންކްގައިކަމަށެވެ. އެއީ ވަރަށް ދަށް ރޭންކެއްކަމަށް ފާހަގަކޮށް ޝަރީފް ވިދާޅުވީ ނަމަވެސް މިޒްނާއަކީ ދުނިޔޭގެ ނަން މަޝްހޫރު ޔުނިވާސިޓީތަކުން ދެ މާސްޓާސްއާއި ދެ ބެޗެލާސް 4 ރޮގުން ނަގާފައިހުރި ކުއްޖެކަމަށެވެ. ގޯލްށް މެޑަލްވެސް ހޯދާފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި 15 މާއްދާއިން ޖީސީ އޯލެވެލް ހަދާ އޭ ސްޓަރ ހޯދި ދަރިވަރެއްކަމަށް ޝަރީފް ވިދާޅުވިއެވެ.

ނަމަވެސް ޑރ އައިމިނަތު ޝިފްނާ ޝަރީފްއަށް ވަޒީފާދިނުމަށް އޭނާ އެދިފައިވާނެކަމަށާއި، އެއީ ފަސް ތަރީގެ ދުނިޔޭގެ ފެންވަރުގެ ޑޮކްޓަރެއްކަމަށް ޝަރީފް ވިދާޅުވިއެވެ. 4 މާސްޓަރސް ޑިގްރީވެސް ޝިފްނާގެ އަތުގައި އޮންނާނެކަމަށް ޝަރީފް ވިދާޅުވިއެވެ. ގޯލްޑް މެޑަލްވެސް އެބައޮތްކަމަށާއި، ނަމަވެސް އޭނާއަށް އަދި ދިވެހިރާއްޖޭގެ ހޮސްޕިޓަލަކުން ވަޒީފާ ނުލިބޭކަމަށް ޝަރީފް ވިދާޅުވިއެވެ. ވަޒީފާ ހޯދަން މަސައްކަތްކުރިންކަމަށާއި، ނަމަވެސް ނުލިބޭކަމަށް ޝަރީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: