ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެއިން ދެވެން އޮތީ 700 ގޯތި, އަނެއް 4300 ގޯތި ވީތަނެއް ނޭނގޭ: އާޒިމް

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެއިން ދެވެންއޮތީ 700 ގޯތިކަމަށް ވިދާޅުވެ އަނެއް 4300 ގޯތި އޮތީ ކޮންތާކުތޯ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ސުވާލުއުފައްދައިފިއެވެ.

ވެރިކަން ނިމެން ބާކީ އޮތީ 71 ދުވަސްކަމަށް ފާހަގަކޮށް އާޒިމް އޭނާކުރެއްވި ޓުވީޓުގައި ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށްވީ ވައުދުތައް ނުފުއްދާތީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައިވެއެވެ.

ސަރުކާރުގެ އެންމެ ބޮޑު ވައުދު، ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގޯތި ދޫކުރުމަށް އިއުލާނު ކުރުމާއި އެކު އޭރު އެކަމާއި ގުޅުވައި ތަފާތު އެކި ބަހުސްތައް ވެސް ކުރެވުނެވެ. ބިންވެރިޔާ ސްކީމުގެ ދަށުން 5000 ގޯތި ދޫކުރާއިރު ބައެއް މީހުން ސިފަ ކުރީ އެއީ ރިޔާސީ އިންތިހާބާއި ގާތްކޮށް ކުރާ ކެމްޕެއިނެއްގެ ގޮތުގައެވެ.

ގޯތި ދޫކުރުމާއި ގުޅޭގޮތުން ރައީސް އޮފީހުގައި ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، އާއްމު ކުރާ ލިސްޓާއި އެކު ޑިސްކޮލިފައިވި މީހުންގެ މައުލޫމާތުތައް ވެސް އެނގޭނެކަމަށެވެ.

ސަރުކާރުން ބޯހިޔާވަހިކަމަށް ހާއްސަ ސަމާލުކަމެއް ދޭކަން ފާހަގަކޮށް އަސްލަމް ވިދާޅުވީ، ހުސްވި ހަފްތާގައި ގޯތީގެ ކަންތަކުގައި ރައީސް ސޯލިހު ކެބިނެޓު ބައްދަލުވުމެއް ބޭއްވި ކަމަށެވެ. އަދި އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ގޮތަށް ރައީސް ސޯލިހު ނިންމެވީ ޕްރޮގްރާމަށް ކޮލިފައިވި ނުވަތަ ޝަރުތު ހަމަވާ އެންމެނަށް ވެސް ގޯތި ދޫކުރުމަށްކަމަށް އަސްލަމް ވިދާޅުވިއެވެ. ހުރިހާ މައުލޫމާތެއް ހިމެނެ އެ ލިސްޓު މިއަދު ގެޒެޓުގައި ޝާއިއު ކުރާނެކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ސްކީމްގެ ދަށުން 15،164 ފޯމު ވަނީ ލިބިފައެވެ. އަދި ސިންގަލް އެޕްލިކަންޓާއި އެކި މީހުން ގުޅިގެން ޖުމްލަ 23،801 މީހުން ހިމެނޭ ގޮތަށް ފޯމު ހުށަހަޅާފައިވާކަމަށެވެ. އޭގެ ތެރެއިން ޝަރުތު ހަމަވަނީ 12،794 ފޯމުކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ 19،857 މީހުންކަމަށް އަސްލަމް ވިދާޅުވިއެވެ.

ގެޒެޓު ކުރި ލިސްޓުގައި 10،314 މީހަކަށް ގޯތިލިބޭކަމަށް އޮތްއިރު، އާޒިމް ވިދާޅުވީ ހުޅުމާލެއިން ދެވެންއޮތީ 700 ގޯތިކަމަށެވެ. އަދި އަނެއް 4300 ގޯތި އޮތީ ކޮންތާކުތޯ އޭނާ ވަނީ ސުވާލުއުފައްދާފައެވެ. ސާފުކޮށް ރައްޔިތުންނަށް އެކަން ބުނެދިނުމަށް އާޒިމް ވަނީ ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: