ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުރުއާން އަކީ މާތް ފޮތެއް ކަމަށް އެންމެންވެސް ދެކެންޖެހޭ: ޕުޓިން

ރަޝިއާގެ އެންމެ ދުވަސްވީ މިސްކިތަށް ޕުޓިން ކުރެއްވި ޒިޔާރަތުގެ ތެރެއިން: ފޮޓޯ/ ރަޝިއާގެ މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ގުރުއާން ހަތިމަކީ މުސްލިމުންނަށް މާތްވެގެންވާ އެއްޗެއްކަމަށާއި، އެއީ އެހެނިހެން ފަރާތްތަކުންވެސް އެގޮތުގެ މަތީ ބަލައިގަންނަންޖެހޭ އެއްޗެއްކަމަށް ރަޝީއާގެ ރައީސް ވްލެޑިމިއަރ ޕުޓިން ވިދާޅުވެއްޖެއެވެ.

ޕުޓިން ގުރުއާން ހަތިމާއިމެދު ދެކިވަޑައިގަންނަވާ ގޮތް ހިއްސާކުރެއްވީ އީދު ފާހަގަކުރެއްވުމުގެ ގޮތުން އެ ގައުމުގެ އެންމެ ދުވަސްވީ މިސްކިތަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. އޭނާ ވިދާޅުވީ، އެހެނިހެން ގައުމުތަކުގައި ހަތިމާއިމެދު ދެކެމުންދާ ގޮތް ތަފާތުކަން އެނގިވަޑައިގަންނަވާކަމަށެވެ. އަދި އެހެން މީހުންގެ ދީންވެރިކަމަށް އިހުތިރާމް ނުކުރާކަމަށާއި، އެ ވަރުން ނުފުދިގެން އެ ހައްގަށް އަރައިގަތުމަށްފަހު އެ ކުރެވެނީ ކުށެއްކަމަށްވެސް ނުދެކޭކަމަށް ޕުޓިން ފާހަގަކުރެއްވިއެވެ. އޭނާއަށްވަނީ މި ޒިޔާރަތުގައި ހަތިމެއް ހަދިޔާކުރެވިފައެވެ.

އޭނާ ގުރުއާނަށް އިހުތިރާމްކުރައްވާކަން އަދި ރަޝިއާގެ ދީނީ މިނިވަންކަމުގެ ސިޔާސަތު ހިއްސާކުރެއްވީ، ސްވިޑެންގެ ކޯޓެއްގެ ހުއްދަ އާއިއެކު ހަތިމަށް އިހާނެތިކޮށް ހިތާފައިވާ މައްސަލައެއް ހޫނުވެ، އެކި އިސްލާމީ ގައުމުތަކުގައި އެ މައްސަލައިގައި ނުރުހުން ފާލުކޮށްފައިވާކަމަށް އިޝާރާތްކުރައްވާއެވެ.

ސްވިޑެންގެ ފުލުހުންވަނީ މުޒާހަރާއެއްގެ ބައިވެރިއަކަށް ދުލުގެ މިނިވަންކަމުގެ ހައްގުގެ ދަށުން ހިމާޔަތްދީ އެ އަމަލު ހިންގުމަށްފަހިކޮށްފައެވެ. އެހެންނަމަވެސް ފަހުން އެ ގައުމުގެ ފުލުހުންވަނީ ރުޅިވެރިކަމާއި ހަމަނުޖެހުންތަކެއް އުފެއްދުމަށް މަސައްކަތްކުރިކަމަށް ތުހުމަތުކޮށް އޭނާގެ މައްސަލަ ބަލަންފަށާފައިކަމަށް ރިޕޯޓުތަކުގައިވެއެވެ.

އެ މައްސަލައަށް އަލިއަޅުއްވައި ޕުޓިން ވިދޅާުވީ، އެ ގައުމުގައި އެފަދަ އަމަލެއް ހިންގުމަކީ ގާނޫނުއަސާސީގެ ދަށުންނާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުންވެސް ކުށެއްގެ ގޮތުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ކަމެއްކަމަށެވެ. އޭނާ ވިދާޅުވީ، އެއީ އިހުތިރާމު ކުޑަކުރުމާއި، ނަސްލީ އަދި ދީނީ ހަމަނުޖެހުންތައް އުފެއްދުންކަމަށެވެ. އެހެންކަމުން އެއީ ކުށެއްކަމަށެވެ. އަދި ރަޝިއާގައި ގާނޫނުތަކަށް ތަބާވާންޖެހޭނެކަމަށްވެސް ފާހަގަކުރެއްވިއެވެ.

ޕުޓިންގެ އިތުރުން ރަޝިއާގެ ގާނޫނީ ދާއިރާގެ ބޭފުޅުންނާއި، މަޖިލީހުގެ މެމްބަރުންވެސް ވަނީ ސްވިޑެންގައި ހިންގި އަމަލު ކުށްވެރިކޮށްފައެވެ. އެ ފަރާތްތަކުންވަނީ ސްވިޑެންގެ ސަރުކާރުން އެ އަމަލަށް ޖާގަ ދިންކަންވެސް ކުށްވެރިކޮށްފައެވެ. އަދި މުސްލިމުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށްވެސް ގޮވާލާފައިވެއެވެ.

ވަރަށް ގަދަ
41%ވަރަށް ގަދަ 55%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 3%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: