ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބާ ހަމައަށް ދާއިރު ޑިމޮކްރެޓްސްއިން ރާއްޖޭގެ ސިޔާސީ މަޝްރަހު ބަދަލުކޮށްލާނެ: ވައްޑެ

ބާނަ ބާނަ ތިއްބާ ތިޔަ ވިއްކާލީ ކަނޑު" ޖަލްސާގައި ވައްޑެ ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ސެޕްޓެމްބަރު 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބާއި ހަމައަށް ދާންވާއިރު، ދަ ޑިމޮކްރެޓްސް އިން ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހު ބަދަލުކޮށްލާނެކަމަށް، އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމުގައި ވަހީދު ވިދާޅުވީ، ޑިމޮކްރެޓްސް އުފެއްދުމަށް ހުރި ހުރަސްތަކާއިއެކުވެސް ޕާޓީގެ މަސައްކަތްތައް ކުރިއަށް ގެންދާނެކަމަށެވެ. އަދި ޕާޓީ ރަޖިސްޓްރީ ވެސް ކުރާނެކަމަށެވެ. މިކަމާއި ގުޅިގެން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރައްވާނެކަމަށާއި، އިލެކްޝަންސް ކޮމިޝަނަށްވެސް ދާނެކަމަށް ވަހީދު ވިދާޅުވިއެވެ. އިލެކްޝަންސް ކޮމިޝަނަށް ބައެއްގެ ނުފޫޒު އޮތްކަމަށް ދޭހަވާފަދަ މޭރުމަކުން ވާހަކަދައްކަވާ ވަހީދު ވިދާޅުވީ ނުފޫޒު ފޯރުވާ މީހުންގެ ގޭ ދޮށަން ގޮސްގެން ނަމަވެސް ޕާޓީ ރަޖިސްޓްރީކުރުމުގެ ހުއްދަ ހޯދާނެކަމަށެވެ.

ދަ ޑިމޮކްރެޓްސްގެ މަސައްކަތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ވަރަށް ފުޅާވެގެންދާނެކަމަށާއި، އަދި ޕާޓީގެ މަސައްކަތްތައް ނުހުއްޓުވޭނެކަމަށް ވަހީދު ވިދާޅުވިއެވެ.

މި ރިޔާސީ އިންތިހާބާއި ހިސާބަށް ދާއިރުގައި ހަމަ ރާއްޖޭގެ މުޅި ސިޔާސީ މަޝްރަހު ބަދަލުކުރާނެ ޕާޓީއަކަށް މި ޕާޓީ ވެގެންދާނެ. މި ޕާޓީގެ ގުނަންތައް ވަރަށް ޒިންމާދާރުކޮށް، ވަރަށް ރޭވުންތެރިކޮށް، ވަރަށް ތަރުތީބުކޮށް، މުޅި ރާއްޖެއަށް ފަތުރާލެވިގެން ހިނގަމުންދާތަން ފެންނާނެ.

ރިޔާސީ އިންތިހާބާއި ހިސާބަށްދާއިރު، ދަ ޑިމޮކްރެޓްސްއަކީ ރާއްޖޭގެ މުޅި ސިޔާސީ މަޝްރަހު ބަދަލުކޮށްލާނެ ޕާޓީއަކަށް ވެގެންދާނެކަމަށާއި، އަދި ޕާޓީގެ ގުނަންތައްވެސް ވަރަށް ޒިންމާދާރު ގޮތެއްގައި ހިނގަމުންދާނެކަމަށް ވަހީދު ވިދާޅުވިއެވެ. އަދި ޕާޓީގެ ހަރަކާތްތައް ކުރިއަށްދާނީ ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތަކުގެ މަތިންކަމަށް ވަހީދު ވިދާޅުވިއެވެ. ވަހީދު ވިދާޅުވީ އާންމު ރައްޔިތުންގެ ބައިވެރިވުންވެސް ޕާޓީގެ ތެރެއިން ބޮޑުކޮށް ފެންނާނެކަމަށެވެ.

މި މަގުން މަސައްކަތްކުރާނެކަމަށް ފާހަގަކުރައްވާ ވަހީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ދަ ޑިމޮކްރެޓްސް ބަލައިގަންނާނެކަމަށެވެ. ދަ ޑިޮމޮކްރެޓްސް ވެގެންދާނީ ތަފާތު ދައްކާ، ނަތީޖާ ނެރޭ ޕާޓީއަކަށްކަމަށް ފާހަގަކުރައްވާ ވަހީދު ވިދާޅުވީ، މި ޕާޓީގައި މަރުކަޒީ އުސޫލު ނޯންނާނެކަމަށެވެ.

ދަ ޑިމޮކްރެޓްސްގެ ސިޔާސަތުތަކާއި، އޮނިގަނޑު ރާވާލެވިގެންދާއިރު، ވީހާވެސް ގިނަ ރައްޔިތުންގެ ބައިވެރިވުން ފެނުން އެއީ ވަރަށް އެދޭކަމެއްގެ ގޮތުގައި ވަހީދު ފާހަގަކުރެއްވިއެވެ.

ޕާޓީއަށް ހިންގުމަށް ބޭނުންވާ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ހޯދުމަށް ދަތިތަކެއް ހުރިކަމަށް ވަހީދު ފާހަގަކުރެއްވިއެވެ. މިކަމާއި ގުޅޭ ގޮތުން ނޫސްވެރިންނާއި ބައްދަލުކޮށް ދަ ޑިމޮކްރެޓްސްގެ މުއައްސިސް ހަސަން ލަތީފް ވިދާޅުވީ ޑިމޮކްރެޓްސްގެ ހުއްދަ ނުދީ ހިފަހައްޓާފައި ވަނީ އުސޫލުތަކާއި ހިލާފަށް ކަމަށެވެ. ޕާޓީ އުފެއްދުމަށް ބޭނުންވާ ސޮއި ހަމަކޮށް ކުރު މުއްދަތެއްގެ ތެރޭގައި ފޯމުތައް ހުށަހެޅުމުން ވެސް މިވީ 25 ދުވަހުގެ ތެރޭގައި ކޮމިޝަނުގެ ބައެއް މެމްބަރުންގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބޭކަމަށް އޭނާ ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ މި މަހުގެ އެއްވަނަ ދުވަހު ފޯމުތައް ހުށަހެޅުމުން 14 ދުވަހުގެ ތެރޭގައި ފޯމުތައް ޕްރޮސެސް ކުރާނެކަމަށް އީސީން ބުނިކަމަށެވެ. އެކަމަކު އެ މުއްދަތު ފަހަނަޅައި ދިޔައިރު ވެސް ހުއްދަ ނުދިންކަމަށް ވިދާޅުވި އެވެ. ހަސަން ވިދާޅުވީ އެ މަސައްކަތްތައް ވެސް ނިމިފައިވާކަމަށާއި ހުއްދަ ހިފަހައްޓާފައި ވަނީ ކޮމިޝަނުގެ ބައެއް މެމްބަރުން އެގޮތަށް ބޭނުންވެގެން ކަމަށެވެ.

ފޯމުތައް ވެރިފައި ކުރަން ލިބޭކަމަށް ބުނާ ތިން މަސް ދުވަހާއި ގުޅިގެން ހަސަން ލަތީފް ވިދާޅުވެފައި ވަނީ މަސައްކަތް ނިމުމާއި އެކު ދެން އިތުރަށް ފޯމުތައް ހިފެހެއްޓޭނެ ގާނޫނީ ހަމައެއް ނެތް ކަމަށެވެ. މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި ސަބަބަކީ އެއީކަމަށް ހަސަން ލަތީފް ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: