ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2023ގެ ވޯޓާރސް ލިސްޓު ގަޑުބަޑުކުރުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ: އިލެކްޝަންސް

އީސީގެ ރައީސް ފުއާދު އާއި ނައިބު ރައީސް ހަބީބް އީސީގެ ނިއުސް ކޮންފަރެންސެއްގައ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ރިޔާސީ އިންތިހާބު ގާތްވެފައިވާއިރު، ވޯޓު ލެވޭ މީހުންގެ ލިސްޓާއިމެދު އުފެދިފައިވާ ޝައްކުތަކަކީ އަސާސެއް ނެތް ޝައްކުތަކެއްކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކުރުމަށް ކަނޑައެޅިފައިވާ ގޯތިތައް ލިބޭ މީހުންގެ ވަގުތީ ލިސްޓުން ގިނަ މައްސަލަތަކެއް ފާހަގަކުރެވުމާއިއެކު، އިދިކޮޅުންނާއި އާންމުންގެ ގިނަ ބަޔަކުވެސް ދަނީ ރިޔާސީ އިންތިހާބަށް އެކުލަވާލެވޭ ވޯޓުލެވޭ މީހުންގެ ލިސްޓާއިމެދު ސުވާލު އުފައްދަމުންނެވެ.

އެގޮތުން ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމްވަނީ ވޯޓު ލިސްޓު ގަޑުބަޑުކުރާކަމަށް ތުހުމަތުކޮށް އެ އަމަލު ކުށްވެރިކުރައްވާކަމަށް ވިދާޅުވެފައެވެ.  އޭނާ ވިދާޅުވީ 2019 ވަނަ އަހަރުގެ މަޖިލީހުގެ އިންތިހާބަށް އާންމުކުރި ވޯޓާސް ލިސްޓުގައި ނަން ނެތް 500 މީހެއްގެ ނަން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓު ލިސްޓުގައި ހިމެނިފައިވާކަމަށެވެ. އޭނާ ވިދާޅުވީ، އިތުރުވެފައިވާ މީހުންގެ އަގުލަބިއްޔަތު އަދަދަކީ މަރުވެފައިވާ މީހުންކަމަށެވެ.

އޭނާގެ ވާހަކަތަކަށް އިލެކްޝަަންސްގެ ނައިބު ހަބީބް ރައްދު ދެއްވިއެވެ. އަދި އެ ވިދާޅުވެފައިވާފަދަ އެއްވެސް ކަމެއް ވޯޓު ލިސްޓުގެ ތެރޭގައި ހިމެނުމުގެ ފުރުސަތެއް ނެތްކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ހަބީބް ވިދާޅުވީ، އެ ލިސްޓަކީ ސިއްރުން ގެންގުޅޭ އެއްޗެއް ނޫންކަމަށެވެ. އަދި އަމަލުކުރަމުންދަނީ އިދިކޮޅުގެ ވެރިކަމުގައި ހެދިފައިވާ ގާނޫނުގައި އޮތް ގޮތަކަށް ކަމަށާއި، ލިސްޓު ގެޒެޓުކޮށް ޕާޓީތަކަށް ލިސްޓު ފޮނުވައި، ހުރިހާ ރަށެއްގައި އެ ލިސްޓު އާންމުކަށް ޝަކުވާއަށް ހުޅުވާލާކަމަށް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ، ލިބޭ ޝަކުވާތަކާއި ގުޅިގެން އަންނަ ބަދަލުތައްވެސް ގެޒެޓު ކުރެވިގެންދާކަމަށެވެ. އޭނާ ވިދާޅުވީ އެ ވަރުންވެސް އިލެކްޝަންސްގެ ނިންމުމާއިމެދު ހިތްހަމަޖެހިވަޑައިނުގަންނަވާނަމަ، ހައިކޯޓަށް ވަޑައިގަތުމުގެ ފުރުސަތުވެސް ފަހިވެފައިވާކަމަށެވެ. އެހެންކަމުން އެފަދަ ތުހުމަތުތައް އަމާޒުކުރެއްވުމަކީ ކުރަން ހެޔޮ ނުވާނެ ވަރުގެ ކަމެއްކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާލުވީ، ވޯޓު ލާ ދުވަހުގައި އޮންނާނީ މިހާރު ގެޒެޓުކުރުމަށްފަހު އާންމުކޮށް ކެނޑިޑޭޓުން ސޮއިކޮށް ފައިނަލް ކުރެވޭ ލިސްޓެއްކަމަށެވެ. އަދި އެ ނޫން ލިސްޓެއް ނޯންނާނެކަމަށް ވެސް ވިދާޅުވިއެވެ.  ހަބީބް ވިދާޅުވީ އެ ވާހަކަތައް ދަންނަވަނީ ކެރިވަޑައިގެން ހުންނަވައިކަމަށެވެ. އަދި ތުހުމަތު ކުރެވެމުންދާ ފަދަ އެއްވެސް އަމަލެއް ހިންގުމަށް ޖާގައެއް ނެތްކަން ޔަގީންކަމާއިއެކު ދަންނަވާކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: