ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު ނުފޫޒުގެ ބޭނުންކޮށްގެން ސަރުކާރުގެ ތެރެއިން އެތައް މަންފާއެއް ހޯދި: މަވޯޓާ

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް).
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރައީސްކަމުގައި ހުންނެވުމަށްފަހު ޕާޓީން އިސްތިއުފާދެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނުފޫޒުގެ ބޭނުންކުރައްވައިގެން ސަރުކާރުގެ ތެރެއިން އެތައް މަންފާއެއް ނަންގަވަމުންކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ”ހަބަރަށްފަހު“  ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ މި ސަރުކާރުން ބައެއް ވިޔަފާރިވެރިންނަށް ހައްގުވާ މިންވަރު ނުދޭ ވާހަކައަކީ ވަރަށް ގިނައިން އިވޭ ވާހަކައެއްކަމަށާއި، ރާއްޖޭގައި ތިބި ގިނަ މަހުޖަނުން މުއްސަދިވީ ރާއްޖޭގެ ކަނޑާއި، ފަޅާއި، ބިންފަދަ ތަންތަން ކުޑަ އަގުގައި ލިބިގެންކަމަށެވެ. އަދި ހެޔޮ އަގުގައި ތަންތަން ލިބެނީ އެމީހެއްގެ އެހުރި ކެރި ކުޅަދާނަކަމަކުންކަމަށް ޝަރީފް ވިދާޅުވިއެވެ.

އެއް ލައްކަ ރުފިޔާއަށް ހޯދާ ފަޅު ވިހި މިލިއަން ޑޮލަރަށް ވިއްކާލާކަން ފާހަގަކޮށް، އެފަދައިން ފައިދާ ނަންގަވާ ބޭފުޅުންގެ މާލީ ތަނަވަސްކަން ދައުލަތަށްވުރެ ބޮޑުކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އެކަމަކު އަޅުގަނޑުމެންނާއި ދިމާލަށް ތި ވާހަކަދައްކާއިރު، އީވާ އަބްދުﷲ ގެ ފިރިކަލުން އަހަރަކު 500 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ޕްރޮޖެކްޓް މި ސަރުކާރުގެ ތެރެއިން ނަންގަވާނެ.

ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ ފިރިކަލުންނަކީވެސް ސަރުކާރުގެ ތެރެއިން 500 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫއުތައް ނަންގަވައިގެން އުޅުއްވާ ބޭފުޅެއްކަމަށެވެ. އެގޮތުން ހުޅުމާލެ ހިޔާ ފްލެޓުތަކުގެ މެއިންޓެނެންސް ކޮންޓްރެކްޓް އޮތީ އީވާގެ ފިރިކަލުންގެ އަތުގައިކަމަށާއި، ރާއްޖޭގައި ހަދާ ލޭންޑް ޔޫސް ޕްލޭންގެ ކޮންޓްރެކްޓްވެސް އޮތީ އީވާގެ ފިރިކަލުންގެ އަތުގައިކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ނަޝީދުގެ ބޭބެއަށްވެސް މިފަދަ އެތައް ފައިދާތަކެއް ސަރުކާރުގެ ތެރެއިން ލިބެމުންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ. މިއީ ކޮރަޕްޝަންގެ ގޮތުގައި ޝަރީފް ވަނީ ސިފަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: