ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅު ޕީޕީއެމްގެ އެތެރޭގެ ކޯޅުމުގައި ރިޔާސީ އިންތިހާބު އަތުން ބީވެދަނީބާ؟

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލް ގައްޔޫމް އާއި އެ ޕާޓީގެ ޓިކެޓް ހަވާލުކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

މިދުވަސްވަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ކުރިމަގާއި މެދު ސުވާލުތަކެއް ވަނީ އުފެދިފައެވެ.

ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ދުވަސް ކުޑަތަން ވަމުންދާއިރު، އިދިކޮޅުގެ ލީޑަރު ޖަލުގައި އޮތުމަކީ ޕީޕީއެމް އަދި ޕީއެންސީގެ ކެމްޕޭނަށް އެޅޭ ސިޔާސީ ވަރަށް ބޮޑު ހުރަހެކެވެ.

އިދިކޮޅުގެ މަޖިލިސް މެމްބަރުންނާއި ރިޔާސީ ކެންޑިޑޭޓް ކަން ހޯދުމަށް މަސައްކަތް ކުރަމުންދާ މަސައްކަތްތަކާއި އިދިކޮޅުގެ މެމްބަރުން ރައީސް ޔާމީންގެ ޖަލު ހުކުމް އިސްތިއުނާފު ކުރުމަށް ގޮވާލާ މުޒާހަރާތައް ކުރަމުން ގެންދާއިރު މިއަދުގެ ސަރުކާރުން އެކަމަށް މާބޮޑު ސަމާލު ކަމެއް ނުދެއެވެ.

އަދުލު އިންސާފު ގާއިމް ކުރުމުގެ ވާހަކަ ސަރުކާރުން ދައްކާއިރު، މިނިވަން އިންސާފުވެރި އަދި ނަޒާހަތްތެރި ފަނޑިޔާރުން ތިބެ ހުކުމް ކުރާނެ ކޯޓްތަކެއް މިއަދު މި ގައުމުގައި ނެތް ކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ. ސުޕްރީމް ކޯޓާއި ހައިކޯޓާއި ކްރިމިނަލް ކޯޓާއި ދެންވެސް ހުރި ދަށު ކޯޓް ތަކުން ކުރަމުން ގެންދާ ޝަރީއަަތްތަކަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ. ނަމަވެސް ސަރުކާރުން ބުނަމުންދަނީ އަދުލު އިންސާފުގެ ނިޒާމް ހަރުދަނާ ކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ ބެންޗްގެ އަދަދު 7 އަށް ބަދަލު ކުރުމަށް އިސްލާހު އެޓަރނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވަނީ މަޖިލީހަށް ހުށަހަޅާފައެވެ. އެއާއެކުގައި ސަރުކާރުން އަަދުލު އިންސާފުގެ މިނިވަން ކަމާއި ހަމަހަމަކަން ގާއިމް ކުރުމަށް ވީ ވައުދު ފުއްދިފައިވާ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ރައީސް ޔާމީންގެ ޝަރީއަތަށް ދައުލަތުން ނުފޫޒު ނުފޯރުވާ ކަމަށް ބުނެ، އެ ޝަރީއަތުގައި ޝާމިލްވާ ބައެއް ފަނޑިޔާރުންނާއި ހެކިންނަށް ތަފާތު އެކި ބިރުދައްކަމުންދާ ކަމަށް ރައީސް ޔާމީންގެ ވަކީލުންގެ ގާނޫނީ ޓީމުން ބުނެފައިވެއެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމްގައި އިސްކޮށް ހަރަކާތްތެރިވަމުންދާ ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލް އަހްމަދު މީގެ ކުރިން ވިދާޅުވި ގޮތުގައި ސަރުކާރުން  ދަނީ އެކި ނުފޫޒު ބޭނުންކޮށްގެން ރައީސް ޔާމީންގެ މައްސަލަ އިސްތިއުނާފް ކުރުމުގެ މުހުލަތު ލަސް ކުރުމަށް ކަމަށެވެ. އެގޮތުން ފުއްގިރި މައްސަލަ އާއި ވޮޑަމުލާ މައްސަލަ އާއި އާރަށުގެ މައްސަލައިގެ އަޑު އެހުންތައް ކެންސަލް ވުމާއި ރައީސް ޔާމީން ޝަރީއަތުގެ މަޖިލީހުގައި ގިނަ ވަގުތު ބޭންދުމާއި ރައީސް ޔާމީނާއި ވަކީލުންނާއި ބައްދަލު ކުރުަމަށް އެކަށީގެންވާ ވަގުތު ދީފައިނުވާ ކަމަށް ރައީސް ޔާމީންގެ ވަކީލުންގެ އިތުރުން ޕީޕީއެމް އަދި ޕީއެންސީގެ ލީޑަރޝިޕުން ތަފާތު އެކި މުނާސަބަތުތަކުގައި ފާހަގަ ކުރަމުންދިޔައެވެ.

ރައީސް ޔާމީން ވަނީ އިދިކޮޅުން މިވެރިކަން ނިންމަން މަސައްކަތް ފެށުމަށް ގޮވާލުމަށް އިރުޝާދު ދެއްވާފައި ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އަބްދުއްރަހީމްގެ އިތުރުން އިދިކޮޅުގެ ލީޑަރޝިޕަށް ނިސްބަތްވާ އެތައް މަޖިލިސް މެމްބަރުންނެއް ވަނީ ގުޅިގެން އެކުގައި މަސައްކަތްކޮށް މިވެރިކަން ނިމުމަކަށް ގެނައުމަށް މަސައްކަތް ފަށާފައިވާ ކަން ހާމަކޮށްފައެވެ. އޭގެ ތެރޭގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި، ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫން އާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ އިތުރުން މައިނޯރިޓީ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ހިމެނެއެވެ.

މި ވެރިކަން ބަދަލު ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ހުސްވި މަހުގެ ތެރޭގައި އިދިކޮޅުން ވަނީ ރައީސް ސާލިހާއި ބައްދަލުކުރުމަށް ރައީސް އޮފީހަށް 3 ފަހަރެއްގެ މަތިން ގޮސްފައެވެ. އިދިކޮޅުން ރައީސް އޮފީހަށް ދިޔަ ކޮންމެ ފަހަރަކުވެސް ރައީސް ސާލިހާއި ބައްދަލު ނުވެ އަނބުރާ އަންނަން ޖެހޭ ކަމަށް އިދިކޮޅުގެ ލީޑަރޝިޕުން މީޑިއާ އަށް ބުނެފައިވެއެވެ. އެގޮތުން ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ ރައީސް އޮފީހުގައި އިދިކޮޅުން ތިބިތަން ރައީސް ސާލިހަށް ފެނި އެމަނިކުފާނު އޮފީސް ނިންމަވައި ގެއަށް ވަޑައިގެންފައިވާ ކަމަށެވެ.

އިދިކޮޅުން ބުނި ގޮތުގައި  ރައީސް ސާލިހާއި ބައްދަލު ކުރުމަށް ރައީސް އޮފީހަށް ޒިޔާރަތްކުރީ އިދިކޮޅުގެ ލީޑަރު ރައީސް ޔާމީންގެ ޝަރީއަތްތައް އިންސާފުވެރިކޮށް ކުރިއަށް ނުދާތީ އާއި މި ސަރުކާރުން ދިވެހި ރައްޔިތުންނަށް ވީ ވައުދުތައް ނުފުއްދުމުގެ އިތުރުން މަޖިލިސް މަރުތަޅު އަޅުވައިގެން ހުއްޓިފައި ބާއްވާފައި އޮތުމުގެ ސަބަބުން ކަމަށެވެ.

މަޖިލީހުގައި ބޭއްވި ޕްރެސް އެއްގައި މައިނޯރިޓީ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވިދާޅުވެފައިވަނީ އިދިކޮޅު ހުރިހާ ޕާޓީތައް ގުޅިގެން މިސަރުކާރު ބަދަލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ހުސްވި ޖޫން މަހުގެ މެދުތެރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމްވެސް ވިދާޅުވީ ދަ ޑިމޮކްރެޓްސް އާއި ގުޅިގެން ޕީޕީއެމް އިން ބައްދަލުވުންތައް ބާއްވަމުން ގެންދިއުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ.

އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ ފަރާތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އަލަށް އުފައްދަން މަސައްކަތް ކުރަމުންދާ ދަ ޑިމޮކްރެޓްސް އާއި އެކުގައި މަޝްވަރާ ބައްދަލުވުންތަކެއް ފަށައި އެކަން ދެ ޕާޓީގެ މަޖިލިސް މެމްބަރުން ޓްވިޓަރ ގައި ވަނީ ހާމަ ކޮށްފައެވެ. އެގޮތުން މެދު ހެންވޭރު ދާއިރާގެ ކުރީގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމް އާއި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވަނީ ހުސްވި ޖޫން މަހުގެ ތެރޭގައި ޕީޕީއެމް އަދި ޑިމޮކްރެޓްސްގެ މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: