ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެޓްސްގައި ތިބީ ބިސްމި ކިޔަން ލަދުގަންނަ ބައެއް: ނިހާދު

ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބާއްވާ ޖަލްސާގެ ދައުވަތުގެ ލިޔުން ބިސްމީގެ ބަރަކާތުން ފަށާފައިނުވާކަމަށް ފާހަގަކޮށް މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ފާޑުވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި ޑިމޮކްރެޓްސް އުފެއްދުމަށްޓަކައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ފަރާތެއްކަމަށްވާ ހަސަން ލަތީފްވަނީ ޑިމޮކްރެޓްސް އުފެއްދުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާގެ ދައުވަތު ލިޔުން އަދި އެކަމުގެ ތަފްސީލުތައް ސޯޝަލްމީޑިއާގައި ހިއްސާކުރައްވާފައެވެ. އެ ދައުވަތުގައި ބިސްމި ލިޔެފައިނުވެއެވެ.

އެ ކަމަށް އަލިއަޅުއްވައި ނިހާދު ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވީ، ޑިމޮކްރެޓްސްއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އަސްލު ސިފަ ހާމަވަމުންދާކަމަށެވެ. ބިސްމި ކިއުމަށް ލަދުގަންނަ ބަޔަކު އަމުދުން ބިސްމި ނުލިޔާނެ ނޫންތޯ ނިހާދު ސުވާލުކުރެއްވިއެވެ. އޭނާ ވިދާޅުވީ، މަޖިލީހުގެ ކޮމިޓީތައް ފަށާއިރު ޑިމޮކްރެޓްސް އަށް ތާއީދުކުރައްވާ މެމްބަރުން ތިއްބަވަނީ ބިސްމި ކިއުމަށް ލަދުންކަމަށެވެ. އަދި ގިނަ ދުވަސްތަކުގައި ނުކިޔާކަމަށްވެސް ވިދާޅުވިއެވެ.

އާނާ ވިދާޅުވީ، ކޮމިޓީތައް ކުރިއަށް ދާއިރު، ބަންގި ގަޑިޖެހުމުންވެސް ހުއްޓާލުމަށް ޑިމޮކްރެޓްސްއަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރުން ބޭނުންވެވަޑައިނުގަންވާކަމަށެވެ. އޭނާ ވިދާޅުވީ، ޑިމޮކްރެޓްސްގެ މެމްބަރުން ތިއްބަވާ ކޮމިޓީތައް އަޑު އެއްސެވެމުން އޭނާ ދައްކަވާ ވާހަކަތަކަކީ ހަގީގަތްކަން ސާފުވެވަޑައިގަންނަވާނެކަމަށެވެ.

ޑިމޮކްރެޓްސް އުފެއްދުމަށް ބާއްވާ ޖަލްސާގެ ދައުވަތުގައި ބިސްމި ލިޔެފައިނުވުމާއިއެކު ނިހާދު ފާޑުވިދާޅުވިއިރު، މީގެ ކުރިން ޖަލްސާތަކުގައި ބައިވެރިވެވަޑައިނުގަންނަވާ އެމްޑީޕީގެ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވަނީ އެމަނިކުފާނު އެ ޖަލްސާއަށް ވަޑައިގަންނަވާނެކަން އާންމުކޮށް ހިއްސާކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: