ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓީ ބިލު ވިއްކުމަކީ ސަރުކާރުގެ އިސްވެރިން ގުޅިގެން ހިންގާ ވިޔަފާރިއެއް: ސައީދު

ރައީސް ސޯލިހު އަދި މާވަށު ދާއިރާ މެމްބަރު ސައީދު: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ޓީބިލު ވިއްކުމަކީ ސަރުކާރުގެ އިސްވެރިން ގުޅިގެން ހިންގަމުންދާ ވިޔަފާރިއެއްކަމަށް މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ތިން ބިލިއަން ރުފިޔާގެ ޓީބިލު ވިއްކާފައިވާކަމަށް ފާހަގަކޮށްފައިވާ ހަބަރަކަށް އަލިއަޅުއްވައި، ސައީދުވަނީ ދިވެހިރާއްޖޭގެ މާލީ ހާލަތާއިމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުން ހަރަދަށް ޒިންމާވާ ގާނޫނުގެ މާއްދާއެއް ސަސްޕެންޑުކޮށްފައި އޮތުން ދިގުދައްމާލާފައިވަނީ ނޭދެވޭ އަމަލުތަކެއް ހިންގުމަށްކަމަށެވެ. އޭނާ ވިދާޅުވީ، ޓީބިލު ވިއްކުމަކީ ސަރުކާރުގެ އިސް ފަރާތްތަކުން ގުޅިގެން ހިންގަމުންދާ ވިޔަފާރިއެއްކަމަށެވެ.

އޭނާ ވިދާޅުވީ، ޓީބިލު ވިއްކާއިރު، ރަހުނު ކުރަމުންދަނީ މިހާރުވެސް ނިކަމެތިވެފައިވާ ރައްޔިތުންގެ ޖީބުތައްކަމަށެވެ. އޭނާ ވިދާޅުވީ، ސަރުކާރުން ކުރަމުންދާ މަސައްކަތަކީ ”ރުފިޔާއިތުރަށްފެލާފަ ކުޑަދުވަސްކޮޅެއްގެ ބޮޑު އިންޓްރެސްޓަކުން“ ފައިސާ އެންބުރުންކަމަށެވެ.

ސައީދު ވިދާޅުވީ، އިޝޫކުރަންޖެހުމުން ޓީބިލު ދޫކުރުމަކީ އަބަދުވެސް ކުރަމުން އަންނަކަމެއްކަމަށެވެ. އެހެންނަމަވެސް ހަރަދަށް ޒިންމާވާ ގާނޫނު މިހާރު އޮތީ ތަޅުލާފައިކަމަށް ސައީދު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެ ގާނޫނު ސަސްޕެންޑުކޮށްގެން ރައީސް ސާލިހުގެ ސަރުކާރުން ހިންގަމުންދަނީ ބޮޑު ޖަރީމާއެއްކަމަށެވެ. އޭނާ ވިދާލުވީ ”ޗެކް އެންޑް ބެލެންސް“ ގެ މަސައްކަތްތައް ކުރުމަށް އޮންނަނީ މަޖިލީހުގެ މާލިއްޔާތު ކޮމިޓީކަމަށެވެ.

ސައީދު ވިދާޅުވީ، ރައީސް ސާލިހުގެ ރިޔާސީ ކެމްޕެއިންގެ މަސައްކަތްތަކުގައި އިސްކޮށް ހުންނަވަނީ އެ ކޮމިޓީގެ މުގައްރިރުކަމަށެވެ. އޭނާ ވަނީ މިހާރު ކަންކަން ކުރި ގޮތުން ރައްޔިތުން ދައްކަން ޖެހޭ ފައިސާ ނުދެއްކުމުން ކުށްވެރިވާ ފަދަ ”މޯރަލް އިޝޫއެއް“ އޮވެދާނެކަމާއިމެދުވެސް ސުވާލު އުފައްދާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: