ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހުގެ ”އުފާވެރި އަމާން ރާއްޖެ“ ކެމްޕެއިން ފެށުން ފަސްކޮށްފި

އައްޑޫ ސިޓީގެ ރައްޔިތުންނަކީ އަބަދުވެސް އިސްލާހަށް ކުރާ މަސައްކަތުގައި އެންމެ އިސް ސަފުގައި ތިބި ބައެއް: ރައީސް ސާލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

މާދަމާ ފެށުމަށް އިއުލާންކޮށްފައިވާ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ރިޔާސީ ކެމްޕެއިން ފެށުން ފަސްކޮށްފިއެވެ.

ކެމްޕެއިން ޖަލްސާ ބޭއްވުން ފަސްކޮށްފައި ވަނީ މޫސުން ގާސްވުމުގެ ސަބަބުންނެވެ.

ޖެނުއަރީ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއިން އޭރު އެމްޑީޕީގެ ރައީސްކަމުގައި ހުންނެވި މުހައްމަދު ނަޝީދުގެ މައްޗަށް ކުރި ހޯއްދަވާ، އެ ޕާޓީގެ ރިޔާސީ ޓިކެޓު ރައީސް ސާލިހު ކާމިޔާބުކުރެއްވީ، 61.10 އިންސައްތަ، ނުވަތަ 24،566 ވޯޓުންނެވެ. އެމަނިކުފާނަށް ރަސްމީކޮށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރެއްވީ ފެބުރުއަރީ 17 ވަނަ ދުވަހުއެވެ.

އެއާއިއެކު މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ދެވަނަ ދައުރެއް ހޯދާނެކަމުގެ ޔަގީންކަމާއި، އެމްޑީޕީއާއިއެކު ކުރިއަށް ވަޑައިގަންނާނެކަމުގެ ޔަގީންކަން އެމްޑީޕީގެ މެންބަރުންނަށް ރައީސް ސާލިހު ވަނީ ދެއްވާފައެވެ.

އިންތިހާބު ކާމިޔާބުކުރުމަށް “އުފާވެރި އަމާން ރާއްޖެ” ޝިއާރުގެ ދަށުން މާދަމާ ފަށާނެކަމަށް އިއުލާންކުރި ނަމަވެސް މިހާރު މި ދަތުރު ވަނީ މި މަހުގެ 9 ވަނަ ދުވަހަށް ފަސްކޮށްފައެވެ. މި ދަތުރުގައި 4 ރަށަކަށް އެމަނިކުފާނު ވަޑައިގަންނަވާއިރު، ށ ކޮމަންޑޫ، ށ މަރޮށި، ށ ފޭދޫ އަދި ށ ފޯކައިދޫއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: