ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާނާތަށް ހިތްވަރު ދެނީ ސަރުކާރުން: ރައީސް ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް
ޝެއާރކޮށްލާ ކަހަލަދޯ؟

މިސަރުކާރަކީ ހިޔާނާތްތެރިންނަށް ހިތްވަރުދީ ހިޔާނާތް ފޮރުވުމަށް މަސައްކަތްކުރާ ބައެއްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދައުލަތާއި، މިނިވަން މުއައްސަސާތަކަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ ރައީސް ނަޝީދު ވިދާޅުވީ މިސަރުކާރުން މަސައްކަތްކުރަނީ ކޮރަޕްޝަނާއި ވައްކަން ފޮރުވުމަށްކަމަށެވެ.

ވައްކަމާއި ހިޔާނާތާއި ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ގާއިމްކުރެވިފައިވާ މިނިވަން މުސްތަގިއްލު މުއައްސަސާތަކުގެ ތެރޭގައި ހިމެނޭ ފުލުހުންގެ ހިދުމަތާއި ދައުލަތުގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އިތުރުން ޝަރުއީ ނިޒާމް ގާއިމްކުރުމަށް އުފައްދާފައިވާ މުއައްސަސާތަކަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

މިސަރުކާރުގެ ރިޔާސީ ކެމްޕޭންގެ ދުވަސްވަރު، ރައީސް ނަޝީދާއި ރައީސް ސާލިހާއި އެކު ވިދާޅުވަމުންގެންދެވީ ކޮރަޕްޝަނާއި ވައްކަމަށް ދޭނީ ޒީރޯ ޓޮލަރެންސް ކަމަށެވެ.

ހިޔާނާތުގެ މައްސަލަތައް ބަލައި މަރުތަކުގެ އިންސާފު ގާއިމްކޮށް ގައުމުގައި އަދުލުއިންސާފު ގާއިމްކުރުމަށް މަސައްކަތް ކުރާނެ މައްސަލަތަކެއް ފާހަގަކުރެވި ރައީސް ސާލިހާއި ދެކޮޅަށް ރައީސް ނަޝީދު މަސައްކަތްފެށީ އެމްޑީޕީގެ މިއަހަރުގެ ރިޔާސީ ޕްރައިމަރީއަށް ފަހުގައެވެ.

ރިޔާސީ ޕްރައިމަރީގެ ނާކަމިޔާބީ، ރައީސް ނަޝީދަށް ހަޖަމުނުކުރެވި ރައީސް ސާލިހާއި ދެކޮޅުވެ ވެރިކަން ބަދަލުކުރުމަށް ވަނީ މަސައްކަތްތައް ކުރަންފަށާފައެވެ. އެގޮތުން މަޖިލީހުގެ ރައީސް ކަމުގައި ނަޝީދު ހުންނަވައި، އިދިކޮޅު ފަރާތްތަކާއި ގުޅިގެން ސަރުކާރާއި ތަރައްގީގެ މަޝްރޫއުތަކަށް ހުރަސްއަޅަމުންދާކަމަށް އަޑުތައް ފެތުރިގެންގޮސްފައިވެއެވެ.

އިދިކޮޅާއި އެމްޑީޕީއިން ވަކިވި މެމްބަރުން ގުޅިގެން ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތްކުރަމުންދާއިރު، ރައީސް ނަޝީދު ފެއްޓެވި ސިޔާސީ ހަރަކާތް،  ސިޔާސީ ޕާޓީއަކަށް ބަދަލުކޮށް   އެޕާޓީއަށް ސޮއިކުރުމަށް ނަޝީދު ދާދިފަހުން  ނިންމަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: