ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައިނަލްއަގުވާމީ އޮބްޒާވަރުން ދެކެނީ ޔާމީނަށް ކުރި ހުކުމް ސައްހަކަމަށް: އެމެރިކާ ސްޓޭޓް ޑިޕާޓްމަންޓް

ކުރީގެ ރައީސް އަބްދުﷲ ޔާމީން/ ފޮޓޯ: ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިިކޮޅުގެ ރިޔާސީ ކެނޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ސައްހަ އަދި އެކަށީގެންވާ ހުކުމެއްކަމަށް ސިވިލް ސޮސައިޓީ (ސަރުކާރު ނޫން ޖަމިއްޔާ ޖަމާއަތްތައް) އަދި ބައިނަލްއަގުވާމީ އޮބްޒާވަރުން ދެކޭކަމަށް އެމެރިކާގެ ސްޓޭޓު ޑިޕާޓުމެންޓުން ބުނެފި އެވެ.

އެމެރިކާގެ ސްޓޭޓު ޑިޕާޓުމެންޓުން ދިވެހިރާއްޖޭގެ އެކި ދާއިރާތަކަށް އަލިއަޅުވައި ނެރެފައިވާ ރިޕޯޓެއްގައި ސިޔާސީ މައިދާނުގައި ހިނގަމުންދާ ކަންކަން ވެސް ފާހަގަކޮށްފައިވެއެވެ. އެގޮތުން އިންތިހާބީ ދުވަސްވަރު ދައުލަތުގެ ވަސީލަތްތަކުގެ ނަހަމަ ބޭނުންކުރުން ހުއްޓާލުމަށް ޓްރާންސްޕޭރެންސީ ފަދަ ޖަމިއްޔާތަކުން ސަރުކާރަށް ގޮވާލި ވާހަކަތައް ބަޔާންކޮށްފައިވާއިރު، އިންތިހާބީ އިންތިޒާމުތައް އިތުރަށް ހަރުދަނާ ކުރުމަށް ވެސް ގޮވާލިކަމާއި ދައުލަތުގެ ވަސީލަތްތަކުގެ ނަހަމަ ބޭނުންތައް އިންތިހާބުގައި ބޭނުންކުރުން ހުއްޓުވުމަށް މަސައްކަތްތައް ކުރުމަށް ގޮވާލިކަންވެސް ފާހަގަކޮށްފައިވެއެވެ.

އެ ގޮވާލުމަކީ ކޮމަންޑޫ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެ ރަށުގައި ބިން ހިއްކާނެކަން އިއުލާނު ކުރުމާއި އެކު ފާޅުކުރި ކަންބޮޑުވުމެއްކަމަށް ލިޔުމުގައިވެއެވެ. ބުނެފައިވާގޮތުން، ކޮމަންޑޫގައި ބިންހިއްކުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ނިންމާ އިއުލާނުކުރިއިރު އެ މަޝްރޫޢުއަކީ ބަޖެޓު ކުރެވިފައިނުވާ މަސައްކަތްތަކެކެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަން އަދި އެ ޕާޓީގެ ލީޑަރު އަބްދުﷲ ޔާމީންއަށް ކޮށްފައިވާ ދައުވާތަކުގެ ބައެއް މައުލޫމާތުތައް ހިއްސާކޮށްފައިވެއެވެ. އެގޮތުން ރިޝްވަތު ދިނުމާއި މަނީލޯންޑްރިންގެ ދައުވާ ކުރެވި އެމަނިކުފާނުގެ މައްޗަށް ދައުވާތައް ސާބިތުވެ ފަސް އަހަރު ދުވަސް ޖަލުގައި ހޭދަކުރެއްވުމަށް ހުކުމް ކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ. އަދި 2021 ވަނަ އަހަރު މިނިވަންވެވަޑައިގެންނެވިކަމަށްވެސް ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް އަނެއްކާވެސް ހަމަ އެހެން މައްސަލައެއްގައި އެއްފަދަ ދައުވާތަކެއް ކުރެވި އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތުވެ 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންދާކަމަށް ބުނެފައިވެއެވެ.

އެމެރިކާގެ ސްޓޭޓު ޑިޕާޓުމެންޓުން ޝާއިއުކޮށްފައިވާ ރިޕޯޓުން ބައެއް: ފޮޓޯ/ ފައިލް ފޮޓޯ

ސްޓޭޓު ޑިޕާޓުމެންޓުން ބުނެފައިވާގޮތުން އެމަނިކުފާނަށް ތާއީދުކުރައްވާ ފަރާތްތަކުން ދައުވާ އިންކާރުކޮށް އެއީ ސިޔާސީ ދައުވާއެއްކަމަށް ބުނެއެވެ. އެހެންނަމަވެސް ސަރުކާރު ނޫން ޖަމިއްޔާތަކާއި ޖަމާއަތްތަކުގެ އިތުރުން ބައިނަލްއަގުވާމީ އޮބްޒާވަރުން ދެކެނީ އެއީ ސައްހަ އަދި ހައްގު ހުކުމެއްގެ ގޮތުގައިކަމަށް ބަޔާންކޮށްފައިވެއެވެ.

ރާއްޖޭގެ ގާނޫނު އަސާސީގެ ދަށުން 12 މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް ޖިނާއި މައްސަލައެއްގައި ހުކުމެއް ތަންފީޒު ކުރާނަމަ ރިޔާސީ އިންތިހާބަށް ކުރިމަތި ނުލެވޭކަމަށް ގާނޫނުގައި އޮތް ނަމަވެސް އެމަނިކުފާނަށް ތާއީދު ކުރާ މެމްބަރުން އެފަދަ ފުރުސަތެއް އޮތްކަމަށް ގަބޫލު ނުކުރާކަމަށް ރިޕޯޓުގައި ވެއެވެ.

އެހެންނަމަވެސް އެއީ އެމަނިކުފާނަކީ މައުސޫމެއްގެ ގޮތުގައި ދެކިގެން ނޫންކަމަށާއި އެހެންނަމަވެސް ރައްޔިތުން ސިޔާސީ ގޮތުން ތަމްސީލު ކުރުމަށް އެކަމުގެ ސަބަބުން ހުރަސް އެޅިގެންދާކަމަށް ބަޔާންކޮށްކަމަށް ސްޓޭޓު ޑިޕާޓުމަންޓުންވަނީ ބުނެފައެވެ.

ވަރަށް ގަދަ
13%ވަރަށް ގަދަ 68%ވަރަށް ގަޔާވޭ 3%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 16%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: