ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެހެން ގޮތެއް ހޯދަންޖެއްހިޖެ ކަމަށް ގަބޫލުކުރެވުނީ އެމްޑީޕީ މަގުން ކައްސާލައި އެހެން މިސްރާބަކަށް ދަތުރުކުރަން ފެށުމުން: ހަސަން ލަތީފް

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެހެން ގޮތެއް ހޯދަން ޖެހިއްޖެކަމަށް މިއަދުގެ ޑިމޮކްރެޓުންނަށް ގަބޫލުކުރެވުނު މައިގަނޑު ސަބަބަކީ އިސްލާހަށް މަަސައްކަތްކުރި އެތައް ބައެއްގެ އުންމީދުތަކާއި ގަބޫލުކުރި ފަލްސަފާތައް އަދި ހަމަތަކާއި އުސޫލުތައް ނަގަހައްޓަން އުފެއްދި އެމްޑީޕީ މަގުން ކައްސާލައި މުޅިން އެހެން މިސްރާބަކަށް ދަތުރުކުރަން ފެށުން ކަމަށް މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓްސް އުފެއްދުމަށްޓަކައި ކުރިއަށް ގެންދާ ޖަލްސާގައި ވާހަކަދައްކަވަމުން ހަސަން ވިދާޅުވީ، ރާއްޖެއިން ފޮހެލަން މަސައްކަތްކުރި ވައްކަމާއި ކޮރަޕްޝަން އެއީ އެމްޑީޕީގެ މައި ތަނބުކަމަށް ހަދާ ނިމިފައިވާކަމަށެވެ. އޭނާ ވިދާޅުވީ، ޑިމޮކްރެޓްސް އުފެއްދުމަށް މަސައްކަތްކުރާ މެމްބަރުން ކުރިން ހިމެނުނު އެމްޑީޕީގެ ދަފްތަރުން 39،000 އަށްވުރެ ގިނަ މީހުން ވަކި ކުރުމަކީ އެ ބޭފުޅުންނަށް ވަރިހަމަކޮށްގެން ތިއްބެވިދާނެ ކަމަކަށް ނުވިކަމަށެވެ.

އޭނާ ވިދާޅުވީ، ވަކި ކުރެވިފައިވާ ފަރާތްތަކަށް ގާނޫނުއަސާސީގެ ދަށުން ކަށަވަރުކޮށްދެވިފައިވާ ވޯޓު ދިނުމުގެ އަސާސީ ހައްގު އެ މީހުންގެ ކިބައިން ނިގުޅައިގަތްކަމަށެވެ. ހަސަން ވިދާޅުވީ، ޕާޓީއިން މެމްބަރުން ވަކި ނުކޮށްވެސް ދިމާވެފައި އޮތް މައްސަލައަށް ހައްލެއް ގެނެވެން އޮތްކަމަށެވެ. އެހެންނަމަވެސް އެ ޕާޓީއިން އަވަސްވެގަތީ މެމްބަރުން ވަކި ކުރުމަށްކަމަށް އޭނާ ފާޙަގަކުރެއްވިއެވެ.

ހަސަން ވިދާޅުވީ، ޕާޓީގެ އެތެރޭގައާއި ސަރުކާރުގެ ތެރޭގައިވެސް މަޝްވަރާކުރުމާއި ކަންކަމުގައި ބައިވެރިވުން އޮތް މިންވަރު އަދި ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމުގެ މުހިންމު ސިފަ އެކުގައި ނައްތާލާފައިވާކަމަށެވެ. އޭނާ ވިދާޅުވީ، އެމްޑީޕީގެ އެކި ގުނަންތަކުގައި މަޝްވަރާތައް ނުކުރެވޭކަމަށެވެ. އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައިވެސް ރައީސް އިބްރާޙިމް މުހައްމަދު ސާލިހަށް ސަނާ ކިޔާ އުސޫލުން ނޫން ގޮތަކަށް ވާހަކަ ދައްކައިފި ހާލަތެއްގައި ސަރުކާރަށް ޖެއްސުންކުރުން ގޮތުގައި ދެކޭކަމަށެވެ.

އޭނާ ވިދާޅުވީ، ސަރުކާރުގެ ތެރޭގައި ހިންގަމުންދާ ނޭދެވޭ އަމަލުތަކާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް ބަސްބުނުމުގެ ފުރުސަތުވެސް އެއްކޮށް ބަންދުކޮށްފައިވާކަމަށެވެ. އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ތަމްސީލު ކުރުމުގެ ބަދަލުގައި ރައީސް ތަމްސީލު ކުރުން ނޫން ގޮތެއް މެމްބަރުންނަށް އޮތްކަމަށް ގަބޫލު ނުކުރެވޭ މިންވަރަށް ހާލަތު ގޯސްވެފައިވާކަމަށެވެ.

އޭނާ ވިދާޅުވީ، ރައްޔިތުންގެ އާންމު ހާލަތު ދުވަހަކުން ދުވަހަކަށް ދަށަށް ދަމުންދާ ނަމަވެސް ރައްޔިތުންގެ ޖީބަށް ވަންނަ އާމްދަނީ ދެމެހެއްޓެނިވި ގޮތެއްގައި އިތުރު ކޮށްދިނުމަށް މަސައްކަތްކުރުުމުގެ ވިސްނުން ގެންގުޅުމަށް ސަރުކާރުން އުޒުރުވެފައިވާން ފަށާފައިވާކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ ދަރަނީގެ އަދަދުތައް އިންތިހާއަށް ބޮޑުވެގެންދިޔަ އިރު އެ އަދަދުތައް ދަށްކުރުމަށް ކުރަންޖެހޭ އެއްވެސް ކަމެއް ސަރުކާރުން ކޮށްފައިނުވާކަމަށެވެ.

ހަސަން ވިދާޅުވީ، ސަރުކާރު ބޭކާރު ހަރަދުތައް އިންތިހާއަށް އިތުރުކުރަމުންދިޔަކަމަށެވެ. އެހެންނަމަވެސް ރައްޔިތުންގެ އުފެއްދުންތެރި މަސައްކަތްތަކަށް އެއްވެސް މިންވަރަކަށް އަހައްމިއްޔަތުކަމެއް ނުދިންކަމަށެވެ. އަދި ސަރުކާރުންދަނީ ދައުލަތުގެ އިގްތިސާދަށް އުސޫލެއް ކަނޑައަޅައިގެން އިހުމާލުވަމުންދާކަމަށާއި އޭނާ ދެންނެވީ ޑިމޮކްރެޓްސް އުފެއްދުމަށް ސޮއި ކުރެއްވި މެމްބަރުންތައް އެގޮތުގެ މަތިން އަމަލުކުރެއްވި ސަބަބުތަކުގެ ތެރެއިން ބައެއް ސަބަބުތައްކަމަށް ހަސަން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: