ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ޝަރީއަތް: ފުއްގިރި މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހު

ކުރީގެ ރައީސް ޔާމީން އަދި އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. ޖަމީލް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އުފުލާފައިވާ ދައުވާތަކުގެ ތެރެއިން، ފުއްގިރީގެ ޝަރީއަތުގެ އަޑުއެހުން އާދިއްތަ ދުވަހަށް ތާވާލުކޮށްފިއެވެ.

އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅުން ހުރިކަމަށް ބުނާ، ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރައީސް ޔާމީން ރިޝްވަތު ގަބޫލު ކުރައްވައި މަނީ ލޯންޑާރ ކުރެއްވިކަމުގެ ތުހުމަތުތަކަށް އެމަނިކުފާނު އިންކާރު ކުރައްވަ އެވެ.

އީދު ބަންދަށް ފަހު ފުއްގިރި މައްސަލައިގެ އަޑުއެހުމެއް ތާވަލު ކުރިއިރު، ރައީސް ޔާމީން ވަނީ އެ ޝަރީއަތްތައް އަވަސް އަރުވާލައިގެން ކުރިޔަށް ގެންދާތީ އެކަމުގެ ކަންބޮޑުވުން މައްސަލަ ބައްލަވާ ގާޡީއަށް ހުށަހަޅުއްވާފަ އެވެ. އާރަށުގެ މައްސަލައިގައި ތަންފީޒު ކުރައްވަމުން ގެންދަވާ 11 އަހަރުގެ ހުކުމުގެ އިސްތިއުނާފު ކުރިޔަށް ދާތީ، އެ މައްސަލައަށް ތައްޔާރުވުމަށް ބޭނުންފުޅުވާކަމަށާއި އަވަހަށް ނިމެން ބޭނުންވާ މައްސަލައަކީ އެއީކަމަށް ވެސް ރައީސް ޔާމީން ވިދާޅުވެފައި ވެއެވެ.

ޝަރީއަތް ކައިރިކައިރީގައި ތާވަލު ކުރާއިރު، މައްސަލައިގެ އަޑުއެހުންތައް ވަރަށް ބޮޑަށް ދިގުލައިގެން ދެ އެވެ. މައްސަލައިގައި އާދިއްތަ ދުވަހު ބާއްވާ އަޑުއެހުން ތާވަލުކޮށްފައި ވަނީ ހެނދުނުގެ 09:00 އަށެވެ.

މި މައްސަލައިގައި މިހާރު ކުރިޔަށް ދަނީ ހެކިބަސް ނެގުމުގެ ބައެވެ. އީދު ބަންދަށް ދިއުމުގެ ކުރިން ފުލުފުލުގައި ކުރިޔަށް ގެންދިޔަ ޝަރީއަތްތަކުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ނެގިއެވެ.

އީދު ބަންދުގެ ކުރިން ތައާވަލުކުރި ދެ އަޑުއެހުމެއް ކެންސަލްވެފައިވާއިރު، އީދު ބަންދަށްފަހު ތައާވަލުކުރި އެއްވެސް އަޑުއެހުމެއްވެސް ކުރިއަށް ގެންދެވިފައެއް ނުވެއެވެ. އަޑުއެހުންތައް ކެންސަލްވީ ކްރިކް ރިޒާ ބަލިވެ އުޅުއްވާތީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: