ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދަބީތަރިކަ ރައްކާތެރިކޮށް ބަސްދިރުވައި އާލާކުރަންޖެހޭ: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސާލިހު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިންގެ އަދަބީ ތަރިކަ ރައްކާތެރިކޮށް ދިވެހި ބަސް ދިރުވައި އާލާކުރުމަށްޓަކާ، ދިވެހި ބަހުގެ ލިޔުންތައް އިތުރުކޮށް، ކުޑަކުދިންނާ ޒުވާނުން ދިވެހި ބަހަށް ޝައުޤުވެރި ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އިލްތިމާސްކުރައްވައިފިއެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ ލިޔަންކިޔަން ދަތުމުގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުން ރާއްޖޭގެ ލިޔުންތެރިންނަށް ފޮނުއްވައި، ރައީސް ވިދާޅުވެފައިވަނީ ދިވެހި ބަހުގެ ލިޔުންތައް އިތުރުކޮށް ކުޑަކުދިންނާ ޒުވާނުން ބަހަށް ޝައުގުވެރިކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރުކުރަންޖެހޭ ކަމަށެވެ.

ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަންހަޖާއި ތަރިކައާއި ސަގާފަތް އާލާކުރުމަށް ރާއްޖޭގައި ފުޅާދާއިރާއެއްގައި މަސައްކަތްތަކެއްދަނީ ކުރެވެމުންނެވެ.

ދިވެހިބަސް އާލާކޮށް ދިރުވުމަށް ސްކޫލްތަކާއި ޔުނިވަރސިޓީތަކުގައި ދިވެހިބަހުން ގިނަގިނައިން މުހާތަބުކޮށް އެބަސް ބޭނުންކުރުމަށް ރައީސް ސާލިހް ވަނީ މީގެ ކުރިންވެސް އިލްތިމާސްކުރައްވާފައެވެ.

ރައީސް ސާލިހް ވަނީ ދިވެހިރާއްޖޭގައި ދިވެހިބަހުން ރަނގަޅަށް ލިޔަންކިޔަން ނުދަންނަ 80 އިންސައްތަ ދަރިވަރުން ސްކޫލްތަކުގައި ތިބިކަމަށް ވިދާޅުވެފައެވެ.

ދިވެހިބަސް ދިރުވައި އާލާކުރުމަށް ސްކޫލްތަކުގައި ބަހުސް މުބާރާތްތަކާއި ގައުމީ ވާހަކަ ދެއްކުމުގެ މުބާރާތްތަކާއި ރައިވަރާއި ޅެންހެދުމާއި ބަހުގެ ހަމަތަކާއި އަދަބިއްޔާތާއި ގުޅޭ ހުނަރު ތަރައްގީކުރުމުގެ އެކި މަސައްކަތްތައް ކުރަމުން ގެންދެއެވެ.

ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރުމަށް ރާއްޖޭގައި ގާއިމްކޮށްފައިވާ ދިވެހި ބަހުގެ އެކަޑަމީގެ ފަރާތުން ދިވެހި އަދަބިއްޔާތާއި ގުޅުންހުރި ތަފާތުއެކި ތަމްރީންތަކާއި ހުނަރު ދަސްކޮށްދިނުމަށް އެކި މަސައްކަތްތަކެއް ކުރެވެމުންދާކަންވެސް ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: