ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުގެ ކެމްޕޭން 4 އަތޮޅެއްގައި ފެށިގެން ކުރިއަށް !

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އިދިކޮޅުގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ: ފޮޓޯ/ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ ފަރާތުން މިއަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ރާއްޖޭގެ 4 އަތޮޅެއްގައި ފަށައި އެކަން އިއުލާންކޮށްފިއެވެ.

އިދިކޮޅުގެ ޖޮއިންޓް ޕާޓީ ލީޑަރޝިޕުން ބުނީ ކެމްޕޭން ހަރަކާތް ފަށާފައިވަނީ ނ،ރ،ބ، އަދި ޅ ގައި ކަމަށެވެ.

ޕީޕީއެމްގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ރިޔާސީ ޓިކެޓް ހަވާލުކޮށްފައިވަނީ ހުސްވި 2022 ވަނަ އަހަރުގެ ފަހުކޮޅެވެ.

ރިޔާސީ އިންތިހާބަށް ޕީޕީއެމް އިން ތައްޔާރުވުމަށް ރިޔާސީ އިންތިހާބުގެ ތައްޔާރީތައް ފޯރީގައި ކުރިއަށްގެންދިއުމަށް އެތެރޭގެ އިންތިހާބާއި ސެނެޓް އެކުލަވާލީ މިއަހަރުގެ ކުރީކޮޅުގެ ތެރޭގައެވެ. ޕީޕީއެމް އަދި ޕީއެންސީ ހިންގުމުގެ އޮނިގަނޑަށް ގެނެވުނު ބަދަލާއި އެކު ކޮންމެ ދާއިރާއަކުން ރައީސަކާއި ނައިބު ރައީސްގެ އިތުރުން ސެނެޓަރުންތަކެއް އައްޔަން ކުރިއެވެ. ސެނެޓަރުން އައްޔަންކޮށް ހޯޕް ކޮންފަރެންސްގެ ނަމުގައި ކޮންފަރެންސެއް މިއަހަރުގެ މެއި މަހުގެ ތެރޭގައި ދަރުބާރުގޭގައި އިދިކޮޅުން ވަނީ ބާއްވާފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ޕީޕީއެމް އަދި ޕީއެންސީއަށް ނިސްބަތްވާ އެކި މެމްބަރުންނާއި ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުންގެ އިތުރުން ރަށާއި އަތޮޅު ކައުންސިލްތައް ހިމެނޭހެން ބޭއްވި ބޮޑު މަހާސިންތާގައި ވަނީ ޕީޕީއެމް އާއި ރައީސް ޔާމީންގެ އިގްތިސާދީ އަދި އިޖްތިމާއީ ތަސައްވުރުގެ މައުލޫމާތުތައް ހިއްސާކޮށްފައެވެ.

ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރާނެ ކަމަށާއި ރައީސް ޔާމީން ޖަލު ހުކުމެއްގައި ހައްޔަރުވެފައިވި ނަމަވެސް އެމަނިކުފާނުގެ ކެމްޕޭނަށް ކުޑަވެސް ލޮޅުމެއް އެރިޔަނުދީ އެމަސައްކަތް ބާރަށް ކުރިއަށްގެންދާނެ ކަމަށް ޕީޕީއެމް އަދި ޕީއެންސީގެ ލީޑަރޝިޕުން ދަނީ ބުނަމުންނެވެ.

ދިވެހިންގެ ރާއްޖެ، ރައީސް ޔާމީން 2023 ގެ ނަމުގައި ޝިޔާރު ކަނޑައެޅި ކެމްޕޭން ހަރަކާތް ފެށިިގެން ގޮސްފައިވާއިރު، މީސްމީޑިއާގައި އާއްމު ފަރާތްތަކުން ބުނަމުންދަނީ އެޝިޔާރުގައި ބޭނުންކޮށްފައިވާ ފޮންޓަކީ އެމްޑީޕީގެ ނަކަލެއް ކަމަށެވެ.

2013 ވަނަ އަހަރުވެސް ޕީޕީއެމް އިން ބެނަރ ތަކުގައި ވައުދުތައް ލިޔެ ޝިޔާރުތަކާއި އެކު ކުރިއަށްދިޔައިރު، އެމްޑީޕީ އިން ބުނަމުންދިޔައީ ހުސްވައުދު ވެ އެވައުދު ނުފުއްދޭ ޕާޓީއަކީ ޕީޕީއެމް ކަމަށެވެ.

ސިނަމާލެ ބްރިޖާއި ކިންގް ސަލްމާން މިސްކިތާއި ދަރުމަވަންތަ ހޮސްޕިޓަލަކީ ރައީސް ޔާމީންގެ 5 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް ގެނެސްދިން ތަރައްގީ ކަމަށް ޕީޕީއެމްގެ ސަޕޯޓަރުންނާއި މުޅި ޕާޓީއެކުއެކީގައި ދަނީ ވަކާލާތު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: