ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައުސިން މިނިސްޓްރީއަށް ގޯތިތައް ދޫކުރުމަށް އެއްވެސް ގާނޫނީ ހުރަހެއް ނެތް: ބޮންޑެ

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމުގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ހައުސިން މިނިސްޓްރީއަށް ގޯތި ދޫކުރުމުގައި އެއްވެސް ގާނޫނީ ހުރަހެއް ނެތްކަމަށް މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކުރުމަށް ކަނޑައެޅިފައިވާ ގޯތިތައް ބިމާ ބެހޭ ގާނޫނު އޮތް ގޮތުގެ ސަބަބުން ހައުސިން މިނިސްޓްރީއަށް ދޫކުރެވޭނެ ހަމައެއް ނެތްކަމަށް ކުރީގެ ޕީޖީ އަހުމަދު މުއިއްޒުވަނީ ވިދާޅުވެފައެވެ. އޭނާ އެ ވާހަކަތައް ދެއްކެވީ ބިމާބެހޭ ގާނޫނުގެ ފޮޓޯއެއް ސޯޝަލްމީޑިއާގައި ހިއްސާކުރައްވާ އެއަށް ރިއާޔަތްކުރެއްވުމަށްފަހުއެވެ.

އިބްރާހިމް ވަނީ މުއިއްޒުގެ ވާހަކަަތަކަށް ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ، ގިރާވަރާއި ގުޅީ ފަޅަކީވެސް ގާނޫނުއަސާސީގައި ބަޔާންކުރާ އެއްވެސް އިދާރީ ދާއިރާއެއްގައާއި އެއްވެސް ކައުންސިލެއްގެ އިހުތިސާސްގައި ހިމެނޭ ސަރަހައްދެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ، ހުޅުމާލެވެސް އަދިވެސް އޮތީ ހިއްކާ ތަރައްގީ ކުރުމުގެ މަރުހަލާގައިކަމަށެވެ. އަދި އެތަން އޮތީ ސަރުކާރުގެ ކުންފުންޏެއްގެ ބެލުމުގެ ދަށުގައިކަމަށާއި އެ މަސައްކަތްތައްވެސް ކުރެވެމުންދަނީ ސަރުކާރުގެ ގާނޫނީ ބެލެނިވެރިކަމުގެ ދަށުންކަމަށް ފާހަގަކުރެއްވިއެވެ.

އިބްރާހިމް ވިދާލުވީ، އެހެންކަމުން ސަރުކާރުން ގިރާވަރު ގުޅީފަޅު އަދި ހުޅުމާލެއިން ގޯތި ދޫކުރުމަށް މަނާކުރާ އެއްވެސް ގާނޫނީ ހުރަހެއް ނެތްކަމަށެވެ.

އިބްރާހިމް ރަޝީދު މިފަދައިން ވިދާޅުވި ނަމަވެސް މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ގޮތުފައި މާލެ ސަރަހައްދުން ދޫކުރުމަސް ނިންމާފައިވާ ގޯތި ދޫކުރެވޭނީ މާލެ ސިޓީ ކައުންސިލަށެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ ރުހުނަސް އަދި ނުރުހުނަސް މާލެ ރައްޔިތުންނަށް ގޯތި ދޫ ކުރުމުގެ ބާރު އޮތީ މާލޭގެ މޭޔަރ ޑރ މުހައްމަދު މުއިއްޒުގެ އަތްޕުޅުގައި ކަމަށާއި އެކަން އެ ނޫން ގޮތަކަށް ނުކުރެވޭނެ ކަމަށް ކަމަށް ރައީސް ނަޝީދު ވަނީ ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: