ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޅުގަނޑުގެ ވެރިކަމެއްގައި ހުރިހާކަމެއްގެ އެންމެ އިސް ފަލްސަފާއަށް ހަދާނީ ހަމަހަމަކަން: ނާޒިމް

ކުޅުދުއްފުށީގައި އެމްއެންޕީއިން ބޭއްވި ޖަލްސާގައި ނާޒިމް ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމެއްގައި ހުރިހާކަމެއްގައިވެސް އެންމެ އިސް ފަލްސަފާއަކަށްވާނީ ހަމަހަމަކަންކަމަށް އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓު، ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

“އުޖާލާ ޒަމާން” ޝިއާރުގެ ދަށުން ހދ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ނާޒިމް ވަނީ ބޮޑުތިލަދުއްމައްޗަށް އޭނާ ގެންގުޅޭ ތަސައްވަރު ހާމަކޮށްފައެވެ. އަދި ބޮޑުތިލަދުއްމައްޗަކީ އޭނާއަށް ވަރަށް ހާއްސަ ސަރަހައްދެއްކަމަށާއި، ބޮޑުތިލަދުއްމައްތި ތަރައްގީނުކޮށް ގައުމު ތަރައްގީނުކުރެވޭނެކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. އޭނާގެ ވެރިކަމެއްގައި ގައުމު ބައްޓަންކުރާނެ ގޮތާއި، ވަކި ވަކި ދާއިރާތަކަށް ހާއްސަކޮށް ކުރާނެ ކަންކަންވެސް ނާޒިމް ވަނީ މި ޖަލްސާގައި ވިދާޅުވެދެއްވާފައެވެ.

އެގޮތުން ރައްޔިތުންގެ މެދުގައި ތަފާތުކުރުން ގެންގުޅުމަކީ އޭނާ އެއްގޮތަކަށްވެސް ގަބޫލުކުރާކަމެއްނޫންކަމަށް ވިދާޅުވެ ނާޒިމް ވަނީ އޭނާގެ ވެރިކަމެއްގައި ހުރިހާ ގޮތަކުން އޮތް ތަފާތުކުރުން ނައްތާލައްވާނެކަމަށް ވިދާޅުވެފައެވެ. ބޭސް ފަރުވާވިއަސް، ތައުލީމާއި، ބޯހިޔާވަހިކަންވިއަސް، ރައްޔިތުންގެ މެދުގައި ތަފާތުކޮށްގެން ނުވާނެކަމަށް ނާޒިމް ވިދާޅުވިއެވެ. ފަންތީގެ ގޮތުން ތަފާތުކުރުން ހުންނަ ގޮތަށް އެއްވެސްކަމެއް ހަމަޖައްސައިގެން ނުވާނެކަމަށް ފާހަގަކޮށް ނާޒިމް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ހުރިހާކަމެއްގެ އެންމެ އިސް ފަލްސަފާއަށްވާނީ ހަމަހަމަކަންކަމަށެވެ.

އެގޮތުން ހަމަހަމަކަން ގާއިމްކުރުމުގެ ފަލްސަފާގެ ތެރެއިން މައިގަނޑު ސިޔާސަތުތަކެއް ގާއިމްކޮށްފައިވާނެކަމަށް ނާޒިމް ވިދާޅުވިއެވެ.

އޭގެ ތެރެއިން އެއް ކަމަކީ ހުރިހާ ދިވެހި ރައްޔިތުންނަށް ބޭސް ފަރުވާ ކަންކަން އެއް ހަމައެއްގައި ގެންގުޅުން. މިހާރު މި އޮންނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބެންކޮކްއަށާއި، ސިންގަޕޫރަށް ބޭސް ފަރުވާކޮށްފަ، އާދައިގެ މީހާ އާސަންދައިގެ އެއްބައި އެންސްޕާއިން، އަދި ފޭސްބުކްގައި ފަންޑް ރައިސް ކޮށްގެންނާއި، އެކި ގޮތް ގޮތުން ލާރި ހޯދުމަކީ މިއަދު އަޅުގަނޑަށް ގަބޫލުކުރެވޭނެ ކަންކަމެއް ނޫން.

ނާޒިމް ވިދާޅުވިއެވެ.

ބޭސް ފަރުވާ ދިނުމުގައި އޮތް ތަފާތުކުރުން ނައްތާލާނެކަމަށް ވިދާޅުވެ ނާޒިމް ވަނީ މަޖިލީހުގެ މެންބަރުންވީމައި، ބޭރުގެ ގައުމުތަކުން ބޭސް ފަރުވާކުރަން ލިބިފައި، އާންމު ރައްޔިތު މީހާ ބޭސް ފަރުވާ ހޯދުމަށް އުޅެން ޖެހޭ ތަކްލީފު ފާހަގަކޮށްފައެވެ.

މިއީ ބަދަލުކުރަން ޖެހޭ ކަންތައްތަކަމަށާއި، ހުރިހާ ދިވެހިންނަށް މެޑިކަލް އިންޝުއަރެންސް އޮންނަންޖެހޭކަމަށް ނާޒިމް ވިދާޅުވިއެވެ. ނާޒިމްގެ ވެރިކަމެއްގައި ސިއްހީ ހިދުމަތް ހަމަހަމަކަމާއިއެކު ލިބޭނެކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

އޭނާގެ ތައުލީމީ ސިޔާސަތާއި ގުޅިގެން ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ނާސަރީއިން ފެށިގެން ޕީއެޗްޑީއާއި ހަމައަށް ހިލޭ ކިޔަވައިދޭނެކަމަށެވެ. ތައުލީމަށް އެއްވެސް ފައިސާއެއް ރައްޔިތުންގެ އަތުން ހަރަދުކުރަން ނުޖެހޭނެކަމަށް ނާޒިމް ވިދާޅުވިއެވެ.

އޭނާގެ ތައުލީމީ ސިޔާސަތުތަކާއި، އެހެން ބޭފުޅުންގެ ސިޔާސަތުތަކާއި ތަފާތުވަނީ ހަމައެކަނި ފޯމަލް އެޑިއުކޭޝަން ހިލޭކުރުމަށްފަހު ނިންމާ ނުލާ، ކޮންމެ ފަންނެއް އަދި ކޮންމެ މަސައްކަތެއް ދަސްކުރަން ބޭނުންވިއަސް ހަރަދުދޭނެތީކަމަށް ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހުނަރާއި ފަންނު ދަސްކޮށްދޭނެކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

މި ސަރުކާރަށް ފާޑު ވިދާޅުވެ، ނާޒިމް ވަނީ ސަރުކާރުން މޮޅާ ދެރައަށް ބަލައި ތަފާތުކުރާކަމަށް ވިދާޅުވެފައެވެ. މާލޭ މީހުންނާއި އަތޮޅުތެރޭގެ ރައްޔިތުންނާއި ދެމެދު ސަރުކާރުން ތަފާތުކުރުން ގެންގުޅޭކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވި ގޮތުގައި މި ސަރުކާރުން މައްސަލަތައް ހައްލުކުރަން ކުރާ ކަންކަމުގެ ސަބަބުން އިޖުތިމާއީ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. މިކަންކަމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންގެ މައްޗަށް ބޭރު މީހުން އިސްކުރާ މިންވަރަށް ކަންކަން ދާނެކަމަށް ނާޒިމް ވިދާޅުވިއެވެ.

އަދި އޭނާގެ ވެރިކަމެއްގައި މޮޅު މީހާއަށް މޮޅު ގޮތް، އަދި ދެރަ މީހާއަށް ދެރަ ގޮތް ނަހަދާނެކަމަށް ދޭހަވާފަދަ މޭރުމަކުން ނާޒިމް ވަނީ ވާހަކަދައްކަވާފައެވެ.

މި ޖަލްސާގައި ޏާޒިމް ވަނީ އޭނާގެ ހާރިޖީ ސިޔާސަތުތައްވެސް ހާމަކުރައްވާ، ޕްރެޒެންޓޭޝަނެއްގައި އޭނާގެ ވެރިކަމެއްގައި ތަންފިޒުކުރާނެ ގިނަ ކަންކަން ރައްޔިތުންނާއި ހަމައަށް ގެނެސްދީފައެވެ. ބޮޑުތިލަދުއްމައްޗަށް ނާޒިމް ކުރައްވަމުންދާ މި ދަތުރުގައި ހދ ވައިކަރަދޫ، ހދ ނެއްލައިދޫ އަދި ހދ މަކުނުދޫއަށް ވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި މިރޭ މަކުނުދޫގައި 21:00 ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: