ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ މުސްތަގުބަލު އެހެން ގައުމެއްގެ ކެބިނެޓަކުން ރާވާ މަންޒަރު ދަނީ ފެންނަމުން: ނާޒިމް

އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް/ ފޮޓޯ: އެމްއެންޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އަވައްޓެރި އެހެން ގައުމެއްގެ ކެބިނެޓަކުން ރާއްޖޭގެ މުސްތަގުބަލު ރާވާ މަންޒަރު ފެންނަމުންދާކަމަށް، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެނޑިޑޭޓު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް އިންޑިއާގެ ނުފޫޒު އެބައޮތްކަމަށް ބުނެ ދެކެވޭ ވާހަކައާއި ގުޅުވައި ދެކެވޭ އަނެއް ވާހަކައަކީ، އެ ގައުމުން ރާއްޖޭގެ އިގްތިސާދަށް ވެސް އަތްގަދަ ކުރަމުން ގެންދާކަމަށެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ އެބަތިބިކަމަށާއި، ސިއްރު އެއްބަސްވުންތަކުގެ ދަށުން ތަފާތު އެކި ޑީލްތައް އިންޑިއާއަށް ދީފައިވާކަމަށް ބުނެ އިދިކޮޅު ޕާޓީތަކުން ކުރާ ތުހުމަތުތައް ސަރުކާރުން ދޮގު ކުރެ އެވެ. އަދި އެ ވާހަކަތައް ސިފަ ކުރަނީ، ސިޔާސީ ނިޔަތެއްގައި ގައުމަކާއި މެދު ރުޅިވެރިކަން އުފައްދައި ނަފްރަތު އުފެއްދުމަށް ހިންގާ އަމަލެއްގެ ގޮތުގަ އެވެ.

ރިޔާސީ އިންތިހާބަށް ކެމްޕެއިންތައް ފެށުމުގެ ކުރިން ވެސް، ނާޒިމް ވަނީ ރާއްޖޭގައި އެހެން ގައުމެއްގެ ސިފައިން ގާއިމުވެ ތިބުމަށް އެއްވެސް ފުރުސަތެއް ނުދޭނެކަމަށް ވިދާޅުވެފަ އެވެ.

ރޭ ހދ. ކުޅުދުއްފުށި ގައި އޮތް ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ރާއްޖޭގައި ހިންގާ ތަފާތު އެކި ޕްރޮޖެކްޓުތަކަށް ތަރައްގީގެ ނަމުގައި އެހެން ގައުމަކަށް ބަރޯސާވާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އަދި ދަރަނިތައް އިންތިހާއަށް ނަގަމުން ގެންދާއިރު، އެކަމުގެ ސަބަބުން ލިބިދާނެ ގެއްލުމަކާއި މެދު ސަރުކާރުގެ މާބޮޑު ސަމާލުކަމެއް ނެތްކަމަށް ވިދާޅުވި އެވެ.

މިއަދު މި ފެންނަނީ ހުޅުވާލެވިފައިވާ ޚާރިޖީ ސިޔާސަތެއް، ދިވެހިރާއްޖޭގެ ފިޔަވައި އެހެން ގައުމެއްގެ ކެބިނެޓުން ދިވެހި ގައުމުގެ މުސްތަގުބަލު ރާވާ މަންޒަރު އަޅުގަނޑުމެންނަށް އެބަފެނޭ.. ސަރަހައްދީ ހަމަޖެހުމުގެ ނަމުގައި އެހެން ގައުމުތަކުގެ އަސްކަރީ ބާރުތަކަށް ރާއްޖޭގެ ސަރަހައްދަށް ޖާގަ ދޭތަން އަޅުގަނޑުމެންނަށް މިއަދު އެބަފެނޭ.. ތަރައްގީގެ ނަމުގައި އެހެން ގައުމަކަށް ބަރޯސާވެގެން ނޭފަތު ކުރިޔާއި ހަމައަށް އަރާއިރު ވެސް ދަރަނިތަކުގައި ކުޑަކަކޫ ޖަހަމުންދާ މަންޒަރު އެބަފެނޭ..

ނާޒިމް ވިދާޅުވީ ސަރަހައްދީ ހަމަޖެހުމުގެ ނަމުގައި އެހެން ގައުމުތަކުގައި އަސްކަރީ ބާރުތައް ރާއްޖޭގައި ދޭތަން، މިއަދު ފެންނަމުން ދާ ކަމަށެވެ، އަދި ތަރައްގީގެ ނަމުގައި އެންމެ ގައުމަކަށް ބަރޯސާވެގެން ނޭފަތުގެ ކުރިޔާއި ހަމައަށް ދާއިރު ވެސް ފެންނަނީ ދަރަނިތަކުގެ މަތީގައި ކުޑަކަކޫ ޖަހައިގެން ތިބޭތަން ކަމަށެވެ.

ރާއްޖޭގައި އޮތީ ހުޅުވާލެވިފައިވާ ހާރިޖީ ސިޔާތެއްކަމަށް ބުނާއިރު، ނާޒިމް ވިދާޅުވި ގޮތުގައި ދިވެހިރާއްޖޭގެ ފިޔަވައި އެހެން ގައުމެއްގެ ކެބިނެޓަކުން ދަނީ ރާއްޖޭގެ މުސްތަގުބަލާއި މެދު ގޮތް ނިންމައި ފަހު ބަސް ބުނަމުންނެވެ. ނާޒިމް ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގެ މުހިންމު ވަސީލްތައް، ވެސް އޮތީ ވަކި ބައެއްގެ އަތްމަތީގަ އެވެ.

ކުރީގައި ވެސް އަޅުގަނޑު ދަންނަވާފައި އޮންނާނެ.. ދިވެހިރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ތިބުމަކަށް އަޅުގަނޑުގެ ރުހުމެއް ނޯންނާނެ.. އަޅުގަނޑުގެ ރުހުމެއް ނޯންނާނެ.. އެފަދަ ކަމަކަށް ދަންނަވަންތޯ، އަޅުގަނޑަށް ރުހުމެއް ނުދެވޭތަނުގައި، އަޅުގަނޑު ދަންނަވާނީ ސިފައިންގެ މީހެއްގެ ބޫޓުވެސް އޮންނާކަށް އަޅުގަނޑު ފުރުސަތެއް ނުދޭނަމޭ..

މީގެ އިތުރުން ނާޒިމް ވިދާޅުވީ، ދިވެހިން މިއަދު ތިބި ހާލަތުގެ ނާޖާއިޒް ފައިދާ ނަގައި އެކި ގޮތްގޮތުން ރުއްސައިގެން ބަޔަކު ދަނީ އެކަމުގެ ފައިދާ ނަގަމުން ކަމަށެވެ. އެކަމަކު، އެކަމަށް އެއްވެސް ޖާގައެއް ދެވިގެން ނުވާނެކަމަށާއި، ދިވެހިންގެ މައްޗަށް ބަސް ބުނުމަށް، އެހެން ގައުމަކަށް އިހުތިޔާރާއި އެ ބާރު އޮވެގެން ނުވާނެކަމަށް ތަކުރާރުކޮށް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ގާއިމުވެ ތިބެން އޭނާގެ ރުހުމެއް ނެތް ކަމަށެވެ. އަދި އެފަދަ ކަމަކަށް ޖާގަދެވެން ނެތްތަނުގައި އިންޑިއާގެ އަސްކަރިއްޔާގެ ބައެއްގެ ބޫޓު ވެސް ރާއްޖޭގެ ފަސްގަނޑުގައި އޮންނަން ބޭނުން ނުވާކަމަށް ނާޒިމް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: