ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުޑިޝަރީ އިސްލާހު ކުރުމަށް ހުށައަޅާފައިވާ ބިލަކާއި ދެކޮޅަށް އިސްރާއިލު ރައްޔިތުން އިހުތިޖާޖުކުރަނީ!

އިސްރާއިލްގައި ހިނގަމުންދާ އިހުތިޖާޖުތަކުގެ ބައިވެރިން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރާއީލްގެ ސަރުކާރުން އެގައުމުގެ ޝަރުއީ ނިޒާމަށް ގެނައުމަށް މަސައްކަތްކުރަމުންދާ ބަދަލުތަކާއި ދެކޮޅަށް ގިނަ އަދަދެއްގެ ރައްޔިތުން އިހުތިޖާޖުކޮށްފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުން، އިސްރާއިލްގެ ރައްޔިތުން އިހުތިޖާޖުކުރަމުންދާތާ އެތައް މަސްދުވަހެއް ވެއްޖެއެވެ. އަދި މި މަސައްކަތްތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ރައްޔިތުން ހިމެނޭކަމަށް ބުނެފައިވެއެވެ. އެގޮތުން، 365،000 އަށް ވުރެ ގިނަ މީހުން އެ ގައުމުގެ އެކި ކަންކޮޅުތަކުގައި އިހުތިޖާޖުކުރާއިރު، އެ ގައުމުގެ ޓެލްއަވީވްގައި އެކަނިވެސް 180،000 އަށްވުރެ ގިނަ މީހުން މަގުތައް މައްޗަށް ނުކުމެ އިހުތިޖާޖުގައި ބައިވެރިވެފައިވާކަމަށާއި މިއީ ހިންގޭ އެންމެ ވަރުގަދަ އިހުތިޖާޖުތަކުގެ ތެރޭގައި ހިމެނޭ މަސައްކަތްތަކެއްކަމަށް ބުނެފައިވެއެވެ.

އިހުތިޖާޖުތައް ކުރެވެމުންދަނީ އެ ގައުމުގެ ޖުޑިޝަރީ ނިޒާމުގެ ތެރޭގައި ވަމުންދާ އިހުމާލުތައް ހަލުކުރުމަށްޓަކައި ބިލެއް ހުށައެޅުމުގެ މަސައްކަތްތައް ކުރެވެމުންދާއިރުކަމަށް ރިޕޯޓުަކުގައިވެއެވެ. އިސްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ގެނައުމަށް މަސައްކަތްކުރަމުންދާ މި އިސްލާހުތައް ތަންފީޒުކުރުމަށް މަސައްކަތްކުރަމުންދަނީ އެކި ފިޔަވަހިތަކަށެވެ. މިކަމާއި ދެކޮޅަށް އެ ގައުމުގެ އެހެނިހެން ސިޔާސީ ޕާޓީތަކުންދަނީ އަޑުއުފުލައި މަސައްކަތްތައް ކުރަމުންދާތާ 6 މަސް ދުވަހަށް ވުރެ އިތުރުވެގޮސްފިއެވެ.

އަލުން އެ މަސައްކަތްތައް ފެށުމާއިއެކު އެކަމާއި ދެކޮޅަށް މަސައްކަތްކުރަމުންދާ ފަރާތްތައްވެސް ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. އެގޮތުން ރެޔާ ދުވާލު މުޒާހަރާތައް ކުރިއަށް ގެންދިއުމަށްވެސް އެ މަސައްކަތްތަކުގައި އިސްކޮށް އުޅޭ ފަރާތްތަކުން ވިސްނާފައިވާކަންވެސް ބައެއް ފަރާތްތަކުން ރިޕޯޓުކުރެއެވެ.

ނަތަންޔާހޫ މީޑިއާތަކާއި ހިއްސާކޮށްފައިވާގޮތުން، އޭނާގެ ސަރުކާރުން ގެނައުމަށް މަސައްކަތްކުރާ އިސްލާހުތަކުގެ ތެރެއިން އެންމެ ގިނަ ހިޔާލުތަފާތުވުންތައް އުޅެނީ، އެ ގައުމުގެ މަޖިލީހަށް ސުޕްރީމް ކޯޓުގެ ނިންމުންތަކަށް ބަދަލު ގެނެވޭނެ ފަދަ ގޮތަކަށް ހުށައަޅާފައިވާ ހުށައެޅުމެވެ. އަދި މިހާރު އެ އިސްލާހުވަނީ ބިލުން އުނި ކުރެވިފައިކަމަށްވެސް ބުނެފައިވެއެވެ. މީޑިއާތަކުން ރިޕޯޓުކުރާގޮތުން، އެ ގައުމުގެ ސުޕްރީމް ކޯޓު ނޫން އެހެން އެއްވެސް މުއައްސަސާއަކަށް މަޖިލީހުގެ މައްޗަށް ބާރު ނުފޯރުވެއެވެ.

މި ކަމާއި ދެކޮޅަށް ހިނގަމުންދާ މުޒާހަރާތައް ހޫނުވެގޮސް، ބައިވެރިން ހުއްޓުވުމަށްޓަކައި ފުލުހުން ނުކުމެބާރުގެ ބޭނުންކުރާ މަންޒަރުތައް ސޯޝަލްމީޑިއާގައިވެސް އާންމުވެފައިވެއެވެ. ބައެއް ބައިވެރިންވަނީ ހައިވޭ ފަދަ ތަންތަން ބަންދުކުރުމަށްވެސް މަސައްކަތްކޮށްފައިކަމަށްވުމުން، ޕްރެޝަރުގައި ފެންޖެހުން ފަދަ ކަންކަން ކޮށްފައިވާކަމަށް ރިޕޯޓުތަކުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: