ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަޝިއާގެ ސަރަހައްދީ އިމުގެ ތެރޭގައި “ކްލަސްޓާ” ހަތިޔާރު ބޭނުން ނުކުރާނަން: ޔޫކްރެއިން

ޔޫކްރެއިންގެ ޑިފެންސް މިނިސްޓަރު އޮލެކްސީ ރެޒްނިކޮވް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާއިން އެ ގައުމަށް ފޮނުވުމަށް ހަމަޖެހިފައިވާ “ކްލަސްޓާ ބޮމް” ތައް ރަޝިއާގެ ސަރަހައްދީ އިމުގެ ތެރޭގައި ބޭނުން ނުކުރާނެކަމަށް ޔޫކްރެއިންއިން ބުނެފިއެވެ.

ދުނިޔޭގެ އެތައް ގައުމެއްގައި މަނާކޮށްފައިވާ ބާވަތެއްގެ ހަތިޔާރުތަކެއް ކަމަށްވާ “ކްލަސްޓާ ބޮމް” ތަކެއް އެމެރިކާއިން ޔޫކްރެއިންއަށް ފޮނުވުމަށް ހަމަޖެހިފައިވާކަން ހާމަވަގެންދިއުމާއިއެކު ގިނަ އަދަދެއްގެ ގައުމުތަކުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކަމާއިމެދު މީޑިއާތަކާއި މައުލޫމާތު ހިއްސާކުރައްވާ ޔޫކްރެއިންގެ ޑިފެންސް މިނިސްޓަރު އޮލެކްސީ ރެޒްނިކޮވް ވިދާޅުވެފައިވާގޮތުން، އެ ހަތިޔާރުތައް ބޭނުންކުރެވިގެންދާނީ ރަޝިއާއިން ހިފާފައިވާ ޔޫކްރެއިންގެ ސަރަހައްދުތައް މިނިވަންކުރުމަށެވެ. އަދި އެ ހަތިޔާރުތައް ރަޝިއާގެ ސަރަހައްދީ އިމުގެ ތެރޭގައި ބޭނުން ނުކުރާނެކަމަށްވެސް އޭނާވަނީ ވައުދުވެވަޑައިގެންފައެވެ.

ޔޫކްރެއިން އަދި ރަޝިއާ ދެމެދު ކުރެވެމުންދާ ހަނގުރާމައިގައި ބޭނުންކުރުމަށް ހަތިޔާރުތަކެއް ފޮނުވުމަށް ކަނޑައެޅިފައިވާކަން އެމެރިކާއިން ހާމަކުރީ މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައެވެ. ގިނަ ބައެއްގެ ކަންބޮޑުވުންތައް އަމާޒުވަމުންދާއިރު ރެޒްނިކޮވް ވިދާޅުވެފައިވާގޮތުން، އެ ހަތިޔާރުތަކުގެ ސަބަބުން ޔޫކްރެއިންގެ އެތައް ސިފައިންނެއްގެ ފުރާނަ ސަލާމަތްކުރުމަށް މަގުފަހިވެގެންދެއެވެ. އަދި އެ ހަތިޔާރުތަކުގެ ބޭނުންކުރެވިގެންދާ ގޮތުގެ އިދާރީ މައުލޫމާތައް ބަލަހައްޓާނެކަމަށާއި އެ މައުލޫމާތުތައް އެ ގައުމުގެ ވާގިވެރިންނާއި ހިއްސާކުރާނެކަމަށްވެސް ބުނެފައިވެއެވެ.

އޭނާ ބުނެފައިވާގޮތުން، ޔޫކްރެއިންއިން ކުރަމުންދަނީ ފަސޭހައިން ފަހުމުކުރެވޭނެ ފަދަ މަސައްކަތްތަކެކެވެ. އެގޮތުން ކުރަމުންދަނީ އެ ގައުމުގެ ސަރަހައްދުތައް މިނިވަންކޮށް ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމުގެ މަސައްކަތްތައް ކަމަށް ބުނެފައިވެއެވެ. އަދި ބޭނުންކުރާނީ ބައިނަލްއަގުވާމީ މައިދާނުގައި ޔޫކްރެއިންގެ ސަރަހައްދުކަމަށް ބަލައިގަންނަ އިމުގެ ތެރޭގައިކަމަށާއި އެހެންނަމަވެސް ރަޝިއާގެ ސަރަހައްދީ އިމުގެ ގޮތުގައި ކަނޑައެޅި ބަލައިގަނެފައިވާ ތަނެއްގައި އެ ހަތިޔާރުތައް ބޭނުން ކުރެވިގެން ނުދާނެކަމަށެވެ.

ކްލަސްޓާ ބާވަތުގެ ހަތިޔާރުތަކަކީ 100 އަށްވުރެ ގިނަ ގައުމެއްގައި މަނާކުރެވިފައިވާ ބާވަތެކެވެ. އެގޮށް މަނާކުރެވިފައިވަނީ އެ ހަތިޔާރަކީ ވަކި ތަނަކަށް އަމާޒުވެގެންދިއުމުގެ ބަދަލުގައި ވަށައިގެންވާ ސަރަހައްދަށް އެއްކޮށް ބޮޑެތި ގެއްލުންތައް ލިބިގެންދާ ފަދަ ހަތިޔާރަކަށް ވުމުންނެވެ. އަދި އާންމުކޮށް ނުގޮވާ ހުރުން ފަދަ މައްސަލަތައްވެސް ފާހަގަކުރެވޭކަމަށްވުމުން ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައިވެސް އޭގެ ސަބަބުން ގެއްލުންތައް ލިބުމުގެ ފުރުސަތު އޮވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: