ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ޕީޖީ ގުރޫޕުން ބޭނުންވި ގޮތަށް މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލަން ފާސްކޮށްފި

ރައްޔިތުންގެ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ބޭނުންވި ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލަން މަޖިލީޙުގެ ދައުރުން ބޭރުން ބޭއްވި ދެ ވަނަ ޖަލްސާއިން ފާސްކޮށްފިއެވެ.

މަޖިލީހުގެ ދާއިމޯ ކޮމެޓީތައް އެކުލެވިގެންވާ ގޮތަށް ބަދަލު ގެންނަން ޖެހުނީ މަޖިލީހުގައި ސިޔާސީ ޕާޓީތައް ތަމްސީލް ކުރާ މެމްބަރުންނަށް އައި ބަދަލާއި ގުޅިގެންނެވެ. އެގޮތުން ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގައި އުފެދުނު ކޯޅުމަށް ފަހު ރައީސް މުހައްމަދު ަނަޝީދާއި އެމަނިކުފާނަށް ތާއިދު ކުރައްވާ މެމްބަރުން ވަނީ އެމްޑީޕީން ވަކިވެ ވަޑައިގެންފައެވެ.

މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލުމުގެ މަސައްކަތް ކުރުމަށް ދައުރުން ބޭރުން ބޭއްވި މަޖިލީހުގެ ޖަލްސާގައި އެމްޑީޕީއާއި އިދިކޮޅު މެމްބަރުން ކޮމެޓީތައް އެކުލަވާލުމަށް ހުށަހެޅި އެއްވެސް ހުށަހެޅުމެއް ފާސްވެފައެއް ނުވެއެވެ. އެގޮތުން އިދިކޮޅު މެމްބަރުންގެ ފަރާތުން 10 އިސްލާޙް ހުށަހެޅިއެވެ.

ކޮމެޓީތަކުގައި މެމްބަރުން އެކުލެވިގެންވާ ގޮތް މަޖިލީޙުން މިއަދު ފާސްކުރީ 35 މެމްބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް 14 މެމްބަރުން ވޯޓު ދެއްވިއެވެ.

ދާއީމީ ކޮމެޓީތައް އެކުލަވާލުމަށް މަޖިލީހުން ފާސްކުރި ގޮތަށް ބަލާއިރު ކޮމެޓީތަކުގައި މެމްބަރުން ތަމްސީލް ކުރާ ނިސްބަތުން ވެރިކަން ކުރާ އެމްޑީޕީ – 113 ސްލޮޓް – 62 ޕަސަންޓް ލިބިގެންދާނެއެވެ.  އިދިކޮޅު ޕީޕީއެމް – 11 ސްލޮޓް – ހަ ޕަސަންޓް ލިބިގެންދާއިރު ޕީއެންސީ – 7 ސްލޮޓް – ތިން ޕަސަންޓް ލިބޭނެއެވެ. އަދި އެމްއެންޕީ – 7 ސްލޮޓް – ތިން ޕަސަންޓް ލިބިގެންދާއިރު ޖުމްހޫރީ ޕާޓީ – 5 ސްލޮޓް – ދެ ޕަސަންޓް ލިބޭނެއެވެ. މީގެއިތުރުން އެމްޑީއޭ – 5 ސްލޮޓް – ދެ ޕަސަންޓް ލިބޭއިރު ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުން – 35 ސްލޮޓް – 21 ޕަސަންޓް ލިބިގެންދާނެއެވެ.

މަޖިލީހުގެ ދާއީމީ ކޮމެޓީތަކަށް މިގެނެވުނު ބަދަކާއިއެކު ކޮމެޓީތަކުގައި ތަމްސީލް ކުރައްވާނެ މެމްބަރުންގެ ނަންތައް މިރޭ 9:00 ގެ ކުރިން މަޖިލީޙާ ހިއްސާ ކޮށްއްވުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ އެދިވަޑައިގެންފައެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: