ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބުގައި ޑިމޮކްރެޓުން އެމްޑީޕީގެ ބޮޑު ބައި ދަމައިގަންނާނެ: އީވާ

ދަ ޑިމޮކްރެޓްސް އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވާ، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ.
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސްއިން ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ބޮޑު އިންސައްތައެއް ދަމައިގަންނާނެކަމަށް އެ ޕާޓީ އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވާ، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރައީސްކަމުގައި ހުންނަވާ ދަ ޑިމޮކްރެކްޓްސް އުފެއްދެވުމަށް އެ ޕާޓީން އިސްތިއުފާދެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހިއްސާ އޮންނަ “އޯޝަން ވީކްލީ” މަޖައްލާއިން ނެރުން ލިޔުމެއްގައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ނިކުންނާނެ ނަތީޖާތައްކަމަށް ބުނެ ހިސާބު އަދަދުތަކެއް ހިއްސާކޮށްފައިވެއެވެ. އެ ހިސާބު އަކުރުތަކުން ދައްކާ ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްއަށް މީގެ ކުރިންވެސް އޮތް ތާއީދު ލިބޭނެކަމަށާއި، އެއީ 80،000 އެއަހާ ވޯޓުކަމަށް އީވާ ވިދާޅުވިއެވެ. އަދި މިކަން އެކިއެކި ހިޔާލުތައް ހޯދުމުގެ ޕޯލްތަކުންނާއި، ބައި އިލެކްޝަންތަކުގެ ފެންނަމުންދާކަމަށް އީވާ ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީ (ޖޭޕީ) އިންވެސް ކޮންމްވެސް އަދަދެއްގެ ވޯޓު ނަގާނެކަމަށާއި، އެމްއެންޕީން 7،000 ވޯޓު ނަގާއިރު، އެމްއާރުއެމް 5،000 އެއްހާ ވޯޓު ނަގާނެކަމަށް ފާހަޙަގަކޮށް، ދަ ޑިމޮކްރެޓްސްއިން އެމްޑީޕީގެ ބޮޑު ބައި ދަމައިގަންނާނެކަމަށް އީވާ ވިދާޅުވިއެވެ. އަދި އޭގެ އިތުރުންވެސް 20،000 އެއްހާ ވޯޓު ލިބޭނެކަމަށް ވިދާޅުވިއެވެ.

އީވާ ވިދާޅުވީ މިއަށްފަހު ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ބާކީ އޮންނާނީ 70،000 އެއްހާ ވޯޓުކަމަށާއި، އެއީ 29 އިންސައްތަކަމަށް އީވާ ވިދާޅުވިއެވެ. ކޮންމެ ވެރިއަކުވެސް އިންތިހާބަކާއި ކުރިމަތިލަނީ އަމިއްލަ ޕާޓީގެ ނިސްބަތަށް ބަލައި، އެ ވޯޓުތައް ލިބޭނެކަމަށް ޔަގީންކޮށްގެން ނަމަވެސް، ރައީސް ސާލިހު ވަނީ އަމިއްލަ ޕާޓީވެސް ބައިބައިކޮށްލާ ޕާޓީގެ ވޯޓުތައްވެސް ބައިބައި ކޮށްލާފައިކަމަށް ފާހަގަކޮށް އީވާ ވިދާޅުވީ، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ނަޝީދު ކާމިޔާބުކުރެއްވީ 25 އިންސައްތައާއިއެކުގައިކަމަށާއި، އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ގިނިކަންޏާ ނިކުންނަވާ 48 އިންސައްތަ ހޯއްދެވިކަމަށެވެ. އަދި ކުރީގެ ރައީސް ޔާމީންއަށްވެސް އައި މިފަދަ ބަދަލުތަކެއްކަމަށް ވިދާޅުވެ، އެ އިންސައްތައިގެ އިތުރުވުން އައީ އެބޭފުޅެއްގެ ވެރިކަމުގެ ދައުރުގެ ޕާފޮމެންސްއަށް ބެލުމަށްފަހުކަމަށް އީވާ ވިދާޅުވިއެވެ.

ރައީސް ޔާމީން 2013 ގައި 25 ޕަސެންޓް ގިނިކަންޏާ ނެންގެވި، 2018 އިންތިހާބުގައި ކޯލިޝަނަކާއިއެކު ވާދަކުރައްވާ، ގިނިކަންޏާ 45 އިންސައްތަ ނެންގެވި. އެއީ ކޮންމެ ބޭފުޅެއްގެވެސް ޕަފޮރމެންސް، ރައިސް ނަޝީދަށް ލިބިވަޑައިގަތް 3 އަހަރު، ރައީސް ޔާމީންއަށް ލިބިވަޑައިގަތް 5 އަހަރަށް ބަލާ 25 ޕަސެންޓުން 40 ޕަސެންޓަށް، 25 ޕަސެންޓުން 45 ޕަސެންޓަށް.

ހިޔާލުތައް ހޯދުމުގެ ޕޯލްތަކުން ވިދިވިދިގެން ރައީސް ސާލިހަށް ވަރަށް ދަށް ނަތީޖާއެއް ލިބުނުކަމަށާއި، ޖޫން މަހު 18 އިންސައްތައަށް އެރުމަށްފަހު، ޖޫން މަހު ދެއްކީ 15 އިންސައްތަކަމަށް ފާހަގަކޮށް، 5 އަހަރުގެ ދައުރު ނިންމާލިއިރު، 51 އިން މި އިންސައްތަ އެތައް މިންވަރަކުން ދަށަށް ގޮސްފައިމި ވަނީ އެމަނިކުފާނު މި ދައުރުގެ ތެރޭގައި ދެއްކެވި ޕަފޯމަންސްގެ ސަބަބުންކަމަށެވެ. ހިޔާލުތައް ހޯދުމުގެ ސޯޝަލް މީޑިއާ ޕޯލްތަކުގެ ނަތީޖާ ސީދާ ދިމާނުވާނެކަމަށް އޭނާ ގަބޫލުކުރި ނަމަވެސް، 15 އިންސައްތައިން 51 އިންސައްތައިގެ ބޮޑު އިތުރުވުމެއް ނާންނާނެކަމަށްވެސް އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، އޮޕީނިއަން ޕޯލްތަކުން ނޫނަސް، ސަރުކާރު ކަމުދެޔޭ ބުނާނެ މީހަކު މަގެއްގެ މަތިންވެސް ނުފެންނަކަމަށެވެ. އަދި 42 ބައި އިލެކްޝަނުގައި ސަރުކާރުން ވާދަކުރިއިރު، ސަރުކާރަށް ކާމިޔާބުކުރެވުނީ 14 ބައި އިލެކްޝަންކަމަށް އީވާ ވިދާޅުވިއެވެ. އަދި ކުޑަ ރަށެއް ބޮޑު ރަށެއް ނަމަވެސް ސަރުކާރަށް ލިބުނީ ނާކާމިޔާބީކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: