ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުން ގާސިމް އާއި ބައްދަލުކޮށްފި

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހީމް އާއި ބައްދަލުކުރުން.
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހީމް އާއި ބައްދަލުކުރައްވައިފިއެވެ.

ގާސިމްގެ ސަން އައިލެންޑް ރިސޯޓުގައި ކުރިއަށް ގެންދެވި މި ބައްދަލުވުމުގައި އިދިކޮޅުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ، ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ އާއި، ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު މުހައްމަދު ހުސައިން ލަތީފް (ސެމްބެ) ގެ އިތުރުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގްއެވެ.

އަބްދުލްރަހީމް ވިދާޅުވި ގޮތުގައި މި ބައްދަލުވުން ކުރިއަށްދިޔައީ، އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ލަފާއާއި މަޝްވަރާގެ ދަށުންނެވެ. އަދި މި މަޝްވަރާގައި ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާއި ގުޅޭ ގޮތުން، މަޝްވަރާކުރެއްވިކަމަށް ވިދާޅުވެފައިވެއެވެ.

ބެލެވޭ ގޮތުގައި މިއީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާއި ގުޅޭ ގޮތުން ކުރިއަށްދިޔަ މަޝްވަރާއެކެވެ. ގާސިމް އިބްރާހީމްވެސް ވަނީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައެވެ. އަދި އެމަނިކުފާނާއިއެކު ކޯލިޝަން ހެދުމުގެ ދައުވަތު އެންމެންނަށްވެސް ވަނީ އަރުވާފައެވެ. އެއްވެސް ޕާޓީއަކުން އަދި މި ދައުވަތު ގަބޫލުކޮށްފައިނުވީ ނަމަވެސް، އެމްޓީޑީ އާއި ދަ ޑިމޮކްރެޓްސްއިން ގާސިމް އާއި ބައްދަލުކުރެއްވިއެވެ. އަދި ޑިމޮކްރެޓްސްއިން ޖޭޕީއާއިއެކު ގުޅިފައިވާ މެނިފެސްޓޯއެއް އެކުލަވާލުމުގެ މަސައްކަތްކުރަމުންދާކަމަށް ވިދާޅުވި ނަމަވެސް މިހާރު އެ ބައްދަލުވުންތައް ކުރިއަށްކަން ނުދެއެވެ.

އެ މަޝްވަރާތައް މަޑުޖެހިފައިވާއިރު، އިދިކޮޅުން ދަނީ ދަ ޑިމޮކްރެޓްސް އާއިއެކު ސިޔާސީ މަސައްކަތްތައް ކުރައްވަމުންނެވެ. އެގޮތުން އެ މަޝްވަރާތަކުގެ މަގްސަދަކީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވެރިކަމުން ބޭލުމެވެ.

ވަރަށް ގަދަ
13%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 6%ބޮޑު ޖޯކެއް 13%ހައިރާންވެއްޖެ 13%ވަރަށް ދެރަ 56%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: