ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު އުފައްދަވާ ސިޔާސީ ޕާޓީ “ދަ ޑިމޮކްރެޓްސް” ރަޖިސްޓްރީކޮށްފި

ދަ ޑިމޮކްރެޓްސްގެ ރެޖިސްޓްރީ ހަވާލުކުރުމުގެ ތެރެއިން: ފޮޓޯ/ ޑިމޮކްރެޓްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު އިސްވެ ހުއްނަވާ އުފައްދާ ސިޔާސީ ޕާޓީ “ދަ ޑިމޮކްރެޓްސް” އިލެކްޝަންސް ކޮމިޝަންގައި ރަސްމީކޮށް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފިއެވެ.

އެމްޑީޕީގެ ތެރޭގައި އުފެދިގެންދިޔަ ބޮޑެތި ބައިބައިވުންތަކާއި ގުޅިގެން ޕާޓީގެ އިސް މެމްބަރުންތަކެއްވަނީ ޕާޓީއިން ވަކިވެވަޑައިގެންފައެވެ. ޑިމޮކްރެޓްސްގައި ހިމެނިވަޑައިގަންނަވަނީ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ފަރާތްތަކެވެ.

ޑިމޮކްރެޓްސް ރަސްމީގޮތުން ރަޖިސްޓްރީކުރެވިފައިވާކަން ހިއްސާކުރައްވާ މުއައްސިސް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ، ރަޖިސްޓްރީވެފައިވާކަމުގެ ސެޓުފިކެޓު ލިބިފައިވާކަމަށެވެ. އެހެންކަމުން ސިޔާސީގޮތުން އެ ޕާޓީއިން މިސްރާބު ޖަހާނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ މަސައްކަތްތައް ކުރުމަށާއި ޕާޓީ އިތުރަށް ހަރުދަނާކޮށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތްތަކަށް ކަމަށެވެ. ހަސަން ވަނީ މި ފުރުސަތުގައި ޑިމޮކްރެޓުންނަށް މަރުހަބާ ދަންނަވާކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ހަސަން ވިދާޅުވީ، 13 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު އެ ޕާޓީގެ ރަސްމީ ޖަލްސާއެއް އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާކަމަށެވެ. އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ޖަލްސާގައި ޕާޓީއަށް ސޮއިކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ޕާޓީގެ މެމްބަރުންނާއި ތާއީދުކުރައްވާ ފަރާތްތައްވެސް އެ ޖަލްސާއަށް ވަޑައިގަތުމަށް އެދިވަޑައިގަންނަވާކަމަށް އޭނާ ވިދާޅުވިއެވެ.

ދަ ޑިމޮކްރެޓްސް ރެޖިސްޓްރީ ކުރެވިފައިވާއިރު ޕާޓީ އުފެއްދުމަށް ބޭއްވި ޖަލްސާކުރިއަށް ގެންދިޔައީ މި މަހުގެ ފަސް ވަނަ ދުވަހު ގިޔާސުއްދީން ސުކޫލުގައެވެ. އެ ޖަލްސާގައި ހަސަން ވަނީ އެމްޑީޕީއާއި ވަކިވެވަޑައިގެންނެވި ސަބަބުތައް ހިއްސާކުރައްވާފައެވެ. އެގޮތުން އެމްޑީޕީ އެ ޕާޓީ އުފެއްދި އަސާސްތަކާއި ދުރަށްގޮސް، މިހާރު ދަތުރުކުރަމުންދަނީ އެހެން މިސްރާބަކަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ސަރުކާރުގައި އިންތިހާއަށް ކޮރަޕްޝަންގެ އަމަލުތައް ގިނަވެގޮސްފައިވާކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: