ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެޓްސްގެ އޮނިގަނޑު އޮންނާނީ ކުރިއަރަން ބޭނުން ކޮންމެ މީހަކަށްވެސް އެ ފުރުސަތު ފަހިވާގޮތަށް: ހަސަން ލަތީފް

ޑިމޮކްރެޓްސްގެ ވަގުތީ ޗެއަރޕާސަން ހަސަން ލަތީފް: ފޮޓޯ/ ޑިމޮކްރެޓްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިމޮކްރެޓްސްގެ އޮނިގަނޑު ބިނާކޮށްފައިވާނީ ކުރިއަރަން ބޭނުން ކޮންމެ މިހާކަށްވެސް ފަސޭހަކަމާއިއެކު އެކަން ކުރެއްވޭނެ ގޮތަކަށްކަމަށް ޕާޓީގެ މުއައްސިސް އަދި ޗެއަރޕާސަން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަދައްކަވަމުން ހަސަން ލަތީފްވަނީ އެ ޕާޓީގެ ސިޔާސަތުތަކަކީ ވަރުގަދަ ސިޔާސަތުތަކެއްކަމަށް ސިފަކުރައްވާފައެވެ. އޭނާ ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ރާއްޖޭގެ އެންމެހާ ކަންކޮޅުތަކަށް އެ ސިޔާސަތުތައް ފަތުރާލައްވާނެކަމަށެވެ.

އޭނާ ވިދާޅުވީ، އެ ޕާޓީގެ ކޮންމެ ގުނަވަނެއްގައިވެސް އެ ބަޔަކު ބޭނުން ގޮތަކަށް ކަންކަން ކުރިއަށް ގެންދިއުމުގެ އިހުތިޔާރު އޮންނާނެކަމަށެވެ. އޭނާ ވިދާޅުވީ، ޕާޓީގެ އަސާސީ ގަވައިދާއި ހިލާފު ނުވާ ކޮންމެ ކަމަކަށްވެސް ޖާގަ އޮންނާނެ ކަމަށެވެ. އަދި ވިދާޅުވީ، ކުރިއެރުމަށް ބޭނުންވާ ހަރުފަތްތައް ބިނާވެފައިވާނީ އަސާސީ ގަވައިދުގެ މައްޗަށްކަމަށެވެ.

ހަސަން ވިދާޅުވީ، ރަށުގައި ގޮފި ހަދައިގެން ހިންގާ ފަރާތަށް ގައުމީ މަޖިލީހާއި ހިސާބަށް ވާސިލުވާނެ ގޮތްވެސް އެ ގަވައިދުގެ ތެރެއިން ދައްކައިދީފައިވާނެކަމަށެވެ.  އެ ކަންކަން ވާނީ ތަފްސީލީ ގޮތެއްގައި ބަޔާންކުރެވިފައިކަމަށާއި އިލެކްޝަންސްގެ ތަތްގަނޑާއިއެކު އެ ގަވައިދު ލިބިގެންދާނެކަމަށްވެސް ފާހަގަކުރެއްވިއެވެ.

ހަސަން ވިދާޅުވީ، ޑިމޮކްރެޓްސްއަކީ ރާއްޖޭގެ މުސްތަގުބަލުކަމަށެވެ. އަދި ދެން އުފެދޭ ސަރުކާރަކީ ޑިމޮކްރެޓްސްވެސް ހިމެނޭ ޑިމޮކްރެޓްސްއިން ބަސް ބުނާނެ ސަރުކާރެއްކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބުން ރައީސް ސާލިހު ބަލިކުރެއްވުމަށްފަހު ޑިމޮކްރެޓްސްއަށްވެސް ނިންމުންތައް ނިންމޭނެ ސަރުކާރެއް ގާއިމުކުރައްވާނެކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޑިމޮކްރެޓްސް އާއިއެކު މަސައްކަތްކުރެއްވުމަށް ދައުވަތު އަރުއްވާކަމަށެވެ. އަދި ޑިމޮކްރެޓްސްއިން އަނެއްކާވެސް ނުކުމެ ތިބީ ދިވެހިރާއްޖެ ބަދަލުކުރުމަށްކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: