ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ރުޅާލާނަން: ނަޝީދު

އެމްޑީޕީގެ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީ ރޫޅާލާނެ ކަމަށް އެޕާޓީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެމްޑީޕީ އަށް ފާޑުވިދާޅުވެފައިވަނީ ރޭ ޑިމޮކްރެޓްސް އަށް ސޮއިކުރުމަށް ބޭއްވުނު ޖަލްސާގައެވެ.

ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ 80 އިންސައްތަ މެމްބަރުން ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މާޒީގައި ރައިސް ނަޝީދަށް އަނިޔާވި ވާހަކަ އާއި ތާރީހުގެ ޖެހިވަޑައިގެން ވިދާޅުވީ އެމްޑީޕީ ދޫކޮށްލަން އެމަނިކުފާނަށް ޖެހުނީ ދެރައާއި ހިތާމައާއި އެކުގައި ކަމަށެވެ.

ރައީސް ނަޝީދު ވަނީ އެމްޑީޕީން ވަކިވާން ޖެހުނު ސަބަބާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. މައްސަލަތައް ނުބެލި ހިޔާނާތުގެ މައްސަލަތަކުގައި ސަކުރާރުން އިހުމާލުވަމުންދާ ކަމަށް ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރާ ފަރާތްތަކުން ދިޔައީ ބުނަމުންނެވެ.

ރައީސް ނަޝީދުގެ ވާހަކައިގައި ސަރުކާރުގެ ވައްކަމާއި ހިޔާނާތާއި ކޮރަޕްޝަނާއި ފިތުނަ ފަސާދައާއި ދެކޮޅަށް މަސައްކަތް ކުރަން ތެދުވި ޕާޓީއަކީ އެމްޑީޕީ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ އިތުރުން ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި އެޕާޓީގެ ލީޑަރޝިޕްގައި  ހިމެނިވަޑައިގަންނަވާ ގިނަ އަދަދެއްގެ މެމްބަރުން ފާހަގަކުރަމުންދިޔައީ އިންސާފު ގާއިމް ކުރުމާއި ހަމަހަމަ ކަމާއި އަސާސްތައް ބީވެގެންދާތީ އެމްޑީޕީ ދޫކޮށް އެހެން ޕާޓީއަކާއި ގުޅުމަށް މަސައްކަތް ކުރެވިގެންދިޔަ ކަަމަށެވެ.

އެމްޑީޕީގެ ސަރުކާރު ގާއިމްކުރީ ރައީސް ނަޝީދާއި އެކުގައި ނަމަވެސް ރައީސް ނަޝީދު މަޖިލީހުގައި ކަންތައް ކުރައްވަމުންދާ ގޮތުން އެމްޑީޕީގެ 50 އަށްވުރެ ގިނަ މެމްބަރުން ސޮއިކޮށް މަޖިލީހުގެ ރައީސްކަމުގެ މަގާމުން ވަކި ކުރުމަށް ރައީސް ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅިއެވެ.

ރައީސް ނަޝީދުގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރުނެތްކަމުގެ މައްސަލަ ވެސް ހުށަހެޅިއެވެ. މަޖިލީހުގެ ރައީސް އާއި  ނައިބުރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅުމާއެކު، މަޖިލީހުގެ ތެރޭގައި ހޫނުގަދަ ބަހުގެ ހަމަލާތަކެއް ކުރިމަތިވެގެންދިޔައެވެ.

ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ހިނގައިދިޔަ ސިޔާސީ ދެބަސްވުންތަކުގެ ތެރެއިން އެމްޑީޕީގެ 12 ވަރަކަށް މެމްބަރުން އެޕާޓީން އިސްތިއުފާ ދިނެވެ. އެއަށްފަހު އަލަށް ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތްތައް ކުރަންފެށިއެވެ.

އެގޮތުން ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެެއް އުފަންކޮށް އެޕާޓީގެ ފަރާތުން ސިޔާސީ މަސައްކަތްތައް ކުރަން އެމްޑީޕީއިން ފެށިއެވެ.

އެމްޑީޕީގެ ކުރީގެ ރައީސް 17 އަހަރުދުވަސް ފަހުން އެހެން ސިޔާސީ ޕާޓީއަކާ ގުޅިގެންދިއުމަކީ އެމްޑީޕީ އަދި އެހެން ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި އާއްމު މެމްބަރުންވެސް ހިޔާލުކުރިކަމެއް ނޫން ކަމަށެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަދި މިއަހަރުގެ ރިޔާސީ ކެންޑިޑޭޓް އިބްރާޙިމް މުހައްމަދު ސާލިހް އާއި ހިޔާލްތަފާތުވެ ސިޔާސީ ގޮތުން ވަކިން މަސައްކަތް ކުރަން ފެށިއެވެ. އެމަސައްކަތުގައި ރައީސް ނަޝީދު ވިދާޅުވަމުން ގެންދަވަނީ އެމްޑީޕީ އުފެދުނު އަސާސްތައް ގެއްލިގެންދާ ކަމަށެވެ. އެހެންކަމުން އެ އަސާސްތައް ނަގަހައްޓައި ދެމެހެއްޓުމަށް ސިޔާސީ ގޮތުން އެހެން ފިކުރެެއް ނެރެގެން އެމަސައްކަތް މިއަދު ކުރަން ޖެހިފައިވާ ކަމަށް  ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: