ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްއޯއީތަކުގައި ކުޑަ މުސާރައެއް ދީގެން އޮބަހައްޓާފައިވާ ގިނަ ޒުވާނުން އެބަތިބި: އިލްޔާސް

އެސްއޯއީ ކޮމިޓީގެ މުގައްރިރު އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ގިނަ އަދަދެއްގެ ޒުވާނުންތިބީ ކުޑަ މުސާރައެއް ދިނުމަށްފަހު އޮބަހައްޓައި ތާށިކޮށްފައިކަމަށް މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓްސްއިން ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަދައްކަވަމުން އިލްޔާސް ވިދާޅުވީ، ސަރުކާރު ކުންފުނިތަކުގައި ޒުވާނުންނަށް ދަތިތަކެއް ހުރިއިރު، އަމިއްލަ ވިޔަފާރިތައް ކުރަމުންދާ ފަރާތްތައްވެސް އެ ވިޔަފާރި ކުރިއެރުވޭނެ މަގެއް ނުފެނި ތާާށިވެފައި ތިބިކަމަށެވެ. އޭނާ ވިދާޅުވީ، އޭގެން ކޮންމެ މީހަކީވެސް އެ މަސައްކަތެއް ކުރުމަށް ބޭނުންވެ އެކަމުގެ ހުނަރުވެސް ހުރި ފަރާތްތައްކަމަށެވެ.

ސޮފްޓްވެއަރ އުފެއްދުމާއި އައިޓީ ދާއިރާއިން ކުރިއެރުމަށް ބޭނުންވާ ޒުވާނުން ތިބިކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އިލްޔާސް ވިދާޅުވީ، މަސްވެރިކަމާއި ދަނޑުވެރިކަން ފަދަ ދާއިރާތަކުގައި އިތުރު އުފެއްދުންތައް އުފެއްދުމުގެ ޝައުގު ހުރި ޒުވާނުންވެސް ތިބިކަމަށެވެ.  އެހެންނަމަވެސް ބަލާލުމުން ފެނިގެންދަނީ އެންމެހާ ފަރާތްތައްވެސް ނަމުން ލުއި ކަމުން ބުރަ ލޯނެއްގެ ދަށުގައި ތާށިވެފައި ތިބި މަންޒަރުކަމަށެވެ. އޭނާ ވިދާޅުވީ، އެއީ ލުއި ލޯނެއްގެ ނަމުގައި ފޯރުކޮށްދިން މާލީ އެހީއެއްކަމަށެވެ.

އޭނާ ވިދާޅުވީ، ޖަލްސާގެ ބައިވެރިންގެ ތެރޭގައިވެސް އެ ލޯނުގެ ދަށުވެފައިވާ މީހުން ތިބޭނެކަމަށެވެ. އިލްޔާސް ވިދާޅުވީ، އިންޓްރެސްޓު ރޭޓުތައްތިބީ “ހެސްކިޔާފައި” މަތީގައިކަމަށެވެ. އޭނާ ވިދާޅުވީ، ކޮންމެ މަހަކު އެ ލޯނަށް ފައިސާ ދައްކަމުންދާ ނަމަވެސް އަދަދުތައް ކުޑަ ނުވާކަމަށެވެ. އަދި އެކަމުގެ ސަބަބުން އަބަދުވެސް ބޮލުގައި ރިހުމެއް އޮންނަކަމަށާއި ހިތްހަމަޖެހުމެއްވެސް ލިބިގެން ނުދާކަމަށް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އެކަން ހައްލުކުރުމަށްޓަކައި ރައްޔިތުން ނުކުމެ 2018 ވަނަ އަހަރު ވުޖޫދަށް ގެނައި ސަރުކާރުން ހައްލެއްގެ ގޮތުގައި އުފެއްދީ އެސްއެމްއީ ބެންކެއްކަމަށެވެ. އެހެންނަމަވެސް އެ ބެންކަށް ލޯނަށް އެދެމުން ފުރަތަމަ ކަމަކަށް ކުރަންޖެހެނީ ރައީސް ސާލިހާއި ވަޒީރުން ރުއްސުމުގެ މަސައްކަތްތައްކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރުހުނަސް ނުނިމޭކަމަށެވެ. އަދި ލޯނު އެޕްރޫވު ވެގެންދިޔަނަމަވެސް ފުރަތަމަ ލިބިގެންދާ ބައިން އެއްބައި ވަޒީރު ނުވަތަ ރައީސް ވިދާޅުވާ ފަރާތަކަށް ދޭން ޖެހޭކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދެވަނަ ޑިސްބާސްމެންޓާއި ހަމައަށް ދާއިރު، އެމީހެއްގެ އާއިލާ މީހަކު ސޯޝަލްމީޑިއާގައި ފާޅުކޮށްލާ ހިޔާލެއްގެ ސަބަބުން ލޯނު ތާށިވެގެންދާކަމަށެވެ. އަދި ސަރުކާރުން އެފަދަ ގޮތަކަށް އަމަލުކުރުމުގެ ސަބަބުން ލޯނު ނަގާ ފަރާތްތަކަށް ބޮޑެތި ނޭދެވޭ އަސަރުތައްކުރާކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެހިސާބުން ލޯނުވެސް ބޮލުގައި އެޅިގެންދާއިރު ކުރަން ހުރި މަސައްކަތްތައްވެސް ހުއްޓިގެންދާކަމަށާއި މީހާ ދަރަނިވެރިވެ ނިމިގެންދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: