ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީގެ ސަރުކާރުތަކުން ސިޔާސީ ނުފޫޒް ފޯރުވި ފުލުހުންގެ މުއައްސަސާ މިހާރު މިނިވަން ވާނެ: ރައީސް ސާލިޙް

ރައީސް ސާލިހާއި ކެބިނެޓު ވަޒީރުން މ ކޮޅުފުށީގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ސަރުކާރުތަކުގައި ފުލުހުންގެ މުއައްސާ އޮތީ ސިޔާސީ ވެފައި ކަމަށާއި ނަމަވެސް މިހާރު ފުލުހުންގެ މުއައްސަސާ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.

“އިބޫ 2023” އުފާވެރި އަމާންރާއްޖެ ކެމްޕެއިންގެ ތެރެއިން މ ކޮޅުފުއްޓަށް ވަައިގެން ރަށުގެ ރައްޔިތުންނާއި މުހާތަބުކޮށް ވާހަކަދައްކަވަމުން ރައީސް ސާލިހު ވަނީ ސުނާމީގައި އެ ރަށަށް ލިބުނު ގެއްލުން ފާހަގަކުރައްވާފައެވެ. އެގޮތުން އެންމެ ބޮޑު ގެއްލުމެއް ލިބުނު ރަށްތަކުގެ ތެރޭގައި ކުޅުދުއްފުށި ހިމެނޭނެކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ މިކަންކަމުން އަރައިގަތުމަށްޓަކައި ކޮޅުފުށީގެ ރައްޔިތުން ކުރަމުންދާ ހުރިހާ މަސައްކަތެއް ނިމުމަކަށް ނާންނަކަމަށެވެ. ގެދޮރުގެ އިތުރުން އެހެނިހެން ކަންކަމުގައިވެސް ރަށުގެ ރައްޔިތުންނަށް ލިބުނު ގެއްލުން އިންތިހާއަށް ބޮޑުކަމަށް ފާހަގަކޮށް، ސުނާމީގެ ސަބަބުން ރައްޔިތުންގެ މުޅި ދިރިއުޅުން ހަލާކުވެގެން ދިޔަކަމަށް ރައީސް ވިދާޅުވިއެވެ.

އެހެން ނަމަވެސް ރަށުގެ ރައްޔިތުން ބޭނުންވީ ކޮޅުފުށީގައި ދިރިއުޅެންކަމަށާއި، އަދި ރަށުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ރައްޔިތުން އެދުނުކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އަދި ވިދާޅުވީ ކޮޅުފުށީގެ އާބާދީ ކުޑަ ނަމަވެސް، ކޮޅުފުށީގެ ރައްޔިތުން ބޭނުންވާ އަސާސީ ހިދުމަތްތަކާއި، ތަރައްގީ ކޮޅުފުއްޓަށް ގެންނަން ޖެހޭކަމަށެވެ.

2013 އިން 2018 އާއި އެ ދޭތެރޭގައި ރާއްޖެ ތަރައްގީކުރުމުގައި ގެންގުޅުއްވި ތަސައްވަރު ދެންމެ މިތަނުގައި ހުރެ ވިދާޅުވެދެއްވި. މި ރަށާއި ދޭތެރެއަކު އެއްވެސް އުއްމީދެއް ނެތް. ތިމަންނަމެންގެ އަމާޒަކީ ވަކި ވަރަކަށް އާބާދީ ދިރިއުޅޭ ރަށްރަށަށް ތަރައްގީ ގެނައުންކަމަށް ވިދާޅުވި.

ރައީސް ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމަށް ފާޑު ވިދާޅުވެ، އޭރު ތަފާތުކުރުން އޮތްކަމަށް ރައީސް ވިދާޅުވިއެވެ. އޭރު އާބާދީގެ ނިސްބަތަށް ބަލައި ތަރައްގީ ގެނައުމުގައި ތަފާތުކުރުން އޮތްކަމަށާއި، ނަމަވެސް އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ގޮތުގައި ކުދި އަދި ބޮޑު ރަށެއް އަދި މީހަކު ދިރިއުޅޭ ތަނެއް ނުބަލައި ތަރައްގީ ގެނެސް، ރައްޔިތުންނަށް ހައްގުވާ މިންވަރު ފޯރުކޮށްދޭންޖެހޭކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

އެމްޑީޕީގެ ގުޅިފައިވާ ކޯލިޝަންގެ ތަސައްވުރަކީ އެއީކަމަށާއި، އަދި މި ފަސް އަހަރުގެ ދައުރުގައިވެސް މަސައްކަތްކުރެއްވީ މި އަމާޒުގެ ދަށުންކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. ގޮންޖެހުންތައް އޮތް ނަމަވެސް ރާއްޖެއަށް ތަރައްގީ ގެނައުމަށް ކުރި ބުރަ މަސައްކަތުގެ ސަބަބުން މިހާރު ގައުމުގައި ހަމަޖެހުން ގާއިމް ކުރެވިއްޖެކަމަށް ވިދާޅުވެ، ރައީސް ސާލިހު ވަނީ ގައުމުގެ ހަމަޖެހުން ދެމެހެއްޓުމާއި އަދި މިކަހަލަ ކަންތައްތަކުގެ އެންމެ މަތީ މަސްލަހަތު ސަރުކާރުގެ ފަރާތުން ހަވާލުކޮށްފައިވާ މުއައްސަސާގެ ވެރިޔާ، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަށް ޝުކުރު އަދާކުރައްވާފައެވެ.

އެމަނިކުފާނުގެ ބެލުމުގެ ދަށުން އެ މުއައްސަސާއަށްް ބޮޑެތި ބަދަލުތަކެއް ގެނެވިއްޖެކަމަށާއި، ކުރީގެ ސަރުކާރުތަކުގައި ފުލުހުންގެ މުއައްސާސާއަށް އޮތް ސިޔާސީ ނުފޫޒް މިހާރު އެ މުއައްސަސާގައި ނޯންނާނެކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އަދި ޕޮލިސް ކޮމިޝަނަރކަމަށް އަހަރަކު ބޭފުޅެއް އައްޔަން ކުރާ އުސޫލުން ބަދަލުވަމުންދިޔަކަމަށް ފާހަގަކޮށް، ރައީސް ސާލިހު ސުވާލުއުފެއްދެވީ އެހެން ކަންތައްކޮށްގެން ތަނެއް ހިނގާނެ ގޮތާއިމެދުގައެވެ.

ފުލުހުންގެ މުއައްސަސާއަކީ ތައުލީމާއި، އަދި އެކަމަށް ބޭނުންވާ އިލްމު ހޯދައިގެން ވަދެވެން އޮތް ތަނަކަށްވާއިރު، މުޅި ފުލުހުން މުއައްސަސާގެ ތެރޭގައި އޭރު އޮތީ ސިޔާސީ ބާރުކަމަށް ތަކުރާރުކޮށް ފާހަގަކުރައްވާ، ރައީސް ސާލިހު ވިދާޅުވީ މި ސަރުކާރު ތަފާތުވާނެކަމަށެވެ. އެގޮތުން މިހާރު ފުލުހުންގެ މުއައްސަސާ ހިނގަމުންދާނީ އޭގެ ޒާތުގައިކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ މި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން ފެނާއި ނަރުދަމާގެ މަޝްރުއުއާއި، ރަށްރަށުގެ އިންޖީނުގެ މަސައްކަތްތަކާއި، ބިން ހިއްކުމާއި އަދި މީގެ އިތުރުންވެސް އެހެން ކަންކަން ރައީސް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ކޮޅުފުއްޓަށް ކުރެއްވި މި ދަތުރުފުޅުގެ ތެެރެއިން އެ ރަށުގެ ފެނުގެ ނިޒާމާއި، ގޮނޑުދޮށު ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމުން އިފްތިތާހުކޮށްދެއްވިއެވެ. އަދި މ އަތޮޅު މަދަރުސާގައި އަލަށް އިމާރާތްކުރެވުނު މަލްޓިޕާޕަރސް ހޯލާއި، 8 ކުލާސް ރޫމް ހުޅުއްވައިދެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: