ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހު ނޫން ވެރިއެއް ކޮޅުފުށީގައި އެއްފަހަރާ 13 މަޝްރޫއު ނުހިންގަވާ: އިމްރާން

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ މި ސަރުކާރުގައި އެއްވެސް ކަހަލަ ތަފާތުކުރުމެއް ނެތި، ތަރައްގީގެ މަޝްރޫއުތައް ރަށްތަކުގައި ހިންގަވާކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމަށް “އުފާވެރި އަމާން ރާއްޖެ” ޝިއާރުގެ ދަށުން ކުރައްވާ ކެމްޕެއިންގެ ތެރެއިން  މ ކޮޅުފުށީގައި ވަނީ ޖަލްސާއެއް ބާއްވާފައެވެ. މި ޖަލްސާގައި ރައީސް ސާލިހު ވަނީ ސުނާމީގައި ކޮޅުފުއްޓަށް ލިބުން ގެއްލުން ފާހަގަކުރައްވާފައެވެ. ރައީސްގެ ވާހަކަތަކަށް އިޝާރާތް ކުރައްވާ އެމްޑީޕީއާއިއެކު ދެވަނަ ދައުރެއް ހޯދުމަށް ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީގެ ރައީސްކަންވެސް ކުރައްވަމުން ގެންދަވާ އިމްރާން ވިދާޅުވީ އޭރު ސުނާމީއިން ލިބުން ގެއްލުންތަކުން އަރައިގަތުމަށްޓަކައި، އޭރުގެ ސަރުކާރުން ނިމެވި ކަންކަން ކިރިޔާ ފަށައިގަނެވުނީ އޭގެ ފަސް އަހަރު ފަހުން އެމްޑީޕީގެ ވެރިކަމުގައިކަމަށެވެ.

މި މަސައްކަތްތަކުގެ ނަތީޖާއެއް ރައްޔިތުންނަށް އިހުސާސްކުރެވޭ މިންވަރަށް ކުރިއަށް ގެންދެވުނީ މި ދައުރުގައިކަމަށް އިމްރާން ވިދާޅުވިއެވެ. އިމްރާން ވިދާޅުވީ މިހާރު ރަށުގައި ތިބި ރައްޔިތުންނަށް ސުނާމީގެ ހާދިސާއިން އަރައިގަނެވިއްޖެކަމުގެ އިހުސާސްވާނެކަމަށާއި، އަދި އެ އިހްސާސް ހަގީގަތަކަށް ހަދައިދެއްވީ ރައީސް ސާލިހުކަމަށް އިމްރާން ވިދާޅުވިއެވެ.

އެންމެ ފުރަތަމަ 2004ގެ ޑިސެމްބަރު 26 ވަނަ ދުވަހު ސުނާމީ އެރުމަށް ފަހު އެ ދުވަހުގެ ހަވީރު ރަށުގެ ހުރިހާ ރައްޔިތުން ތިބީ މި ފަސްކޮޅުގެ ތެރޭގައި، ރަށުގައި ދިިރިއުޅެވޭނެ އެއްވެސް ގޮތެއް ނެތް.

ކޮޅުފުށި ކައުންސިލްގެ ރައީސްވެސް ވިދާޅުވިފަދައިން، ތަކުރާރު ކުރައްވާ އިމްރާން ވިދާޅުވީ، 5 އަހަރުގެ ދައުރެއްގައި އެ ރަށުގައި 13 މަޝްރޫއު އެއްފަހަރާ ހިންގި ހަދާން ރަށުގެ ރައްޔިތުން ނުހުންނާނެކަމަށެވެ. ކޮޅުފުށީ ރައްޔިތުންގެ އަޑު އަހާނެ ވެރިއެއް އަދި ވަޒީރެއްވެސް ނެތްކަމަށް އިމްރާން ވިދާޅުވިއެވެ.

ނަމަވެސް މި ސަރުކާރަށް މުހިންމު ނޫން ރަށެއް ނޯންނާނެކަމަށާއި، ތަފާތުކުރުން ނުގެންގުޅޭނެކަމަށް އިމްރާން ވިދާޅުވިއެވެ. ރައީސް ސާލިހު ވެވަޑައިގަންނަވާ ވައުދުތަކަކީ ފުއްދައިވައިދެއްވާނެ ވައުދުތަކެއްކަމަށް ކޮޅުފުށީގެ ރައްޔިތުން ހެކިވާނެކަމަށާއި، އަދި އޭގެ އިތުރުންވެސް އެމަނިކުފާނު އެތައް މަސައްކަތްތަކެއް ކޮށްދެއްވިކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ގޮވާލެއްވީ ރަށުގެ ރައްޔިތުން ނިކުމެ ރައީސް ސާލިހަށް، އެ ރަށުން 65 އިންސައްތަ ވޯޓު ހޯދައިދެއްވުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: