ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުލީ އެއާޕޯޓާއި، ނާލާފުށި ގުޅާލާނެކަމަށް ރައީސް ވައުދުވެއްޖެ

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ނާލާފުއްޓަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

މ މުލީ އެއާޕޯޓުގެ މަސައްކަތް މިއަހަރު ނިމޭނެކަމަށާއި، އެއާއިއެކު މުލީ އެއާޕޯޓާއި ނާލާފުށި ގުޅާލާނެކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް ސާލިހު ކުރައްވާ ކެމްޕެއިންގެ ތެރެއިން އެމަނިކުފާނު މިހާރު ދަތުރު ކުރައްވަމުން ދަނީ މ އަތޮޅަށެވެ. އެގޮތުން މ ނާލާފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި މުހާތަބުކޮށް ވާހަކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވި ގޮތުގައި ނާލާފުއްޓަކީ މީގެކުރިން ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުން ވަރަށް ބޮޑަށް ފަރުވާ ކުޑަކޮށްފައި އޮތް ރަށެއް ކަމަށެވެ.  އެ ރަށުގައި ތަރައްގީގެ މަޝްރޫއުތައްވެސް ނުހިނގާކަމަށް ވިދާޅުވެ، އެކަން ބަދަލުކުރެއްވީ މި ސަރުކާރުންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންފަހަރު ތަކެކޭވެސް އެއްގޮތަށް ނާލާފުށީގައިވެސް ރައީސް ސާލިހު ވަނީ މި ސަރުކާރުން އަސާސީ ހިދުމަތް ދިނުމުގައި އެއްވެސް ކަހަލަ ތަފާތުކުރުމެއް ނުގެންގުޅުއްވާނެކަމަށް ވިދާޅުވެފައެވެ. އަދި މިއީ އެމަނިކުފާނު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެކުލަވާލި ކޯލިޝަންގެވެސް ތަސައްވަރުކަމަށް ރައީސް ވިދާޅުވިއެވެ.

ރަށުގައި މި އުޅެނީ 384 މީހުންނަކީ ސިޔާސީ މީހުން ދެކޭގޮތުގައި މާ މުހިންމު ބައެއް ނޫން، ވޯޓަކަށް ބަލާއިރު، އެހެންވީމަ ބޮޑެތި އާބާދީ ހުރި ތަންތަނަސް އަމާޒުކޮށްގެން މިފަދަ މަޝްރޫއުތައް ހިންގާތީ، މިފަދަ ކުދިކުދި ރަށްރަށަށް ތަރައްގީ ނައިސް އޮތީ، ބޭނުންވަނީ ދެން އޮތް ފަސް އަހަރު ތެރޭގައި، ދެން އޮތް އިންތިހާބު ކާމިޔާބު ކުރަން، އަޅުގަނޑުމެން އެގޮތަކަށް ނޫން މި ވިސްނަނީ.

ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހު ވަނީ ނާލާފުއްޓަކީ ކުޑަ ރަށެއް ނަމަވެސް ތަރައްގީގެ މަޝްރޫއުތައް ހިނގާކަމަށް ވިދާޅުވެފައެވެ. އެގޮތުން ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ކޮންޓްރެކްޓްކޮށް ބަޔަކާއި ހަވާލުކޮށްފައިވާ ކަމަށް ފާހަގަކޮށް ރައީސް ސާލިހު ވަނީ އެ މަސައްކަތް ދާންޖެހޭ ސްޕީޑުގައި ކުރިއަށް ގެންދެވޭނެ ގޮތުގެ ހައްލު ހޯދާނެކަމަށް ވިދާޅުވެފައެވެ. އަދި ނާލާފުށީގެ ރައްޔިތުންނަށް އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށްޓަކައިވެސް މަސައްކަތް ކުރައްވާނެކަމަށާއި، އެގޮތުން ރޯ ހައުސް ނުވަތަ ފްލެޓު ދޭނެކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ހަމައެކަނި ވިސްނުމަކީ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، އިތުރު ދައުރެއް ހޯދުން ނޫންކަމަށް ފާހަގަކޮށް ރައީސް ސާލިހު ވިދާޅުވިއެވެ. މީގެ ކުރިން އެމަނިކުފާނު ފާހަގަކުރައްވާފައިވާ ގޮތުން ނަމަ، ރިޔާސީ ދެވަނަ ދައުރެއް ހޯއްދެވުމުގެ މަސައްކަތް ފެއްޓެވީ މި ސަރުކާރުގައި ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތައް މަޑުނުޖެހި ކުރިއަށް ގެންދެވޭނެ މަގުފަހިކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: