ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވީ ވައުދުތަކުގެ އިތުރަށްވެސް އެތައްކަމެއް ރައީސް އަންނަނީ ކޮށްދެއްވަމުން: އިމްރާން

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މ އަތޮޅަށްވީ ވައުދުތަކުގެ އިތުރަށްވެސް، އެ އަތޮޅަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އެތައް ކަމެއް ކޮށްދެއްވައިފިކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޖެނުއަރީ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއިން އެ ޕާޓީގެ ޓިކެޓު 60 އިންސައްތައަށްވުރެ ގިނަ ވޯޓުން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ކާމިޔާބުކުރެއްވުމަށްފަހު، އެމްޑީޕިގެ ގައުމީ މަޖިލީހުން އެމަނިކުފާނަށް ކޯލިޝަން ހެދުމުގެ ދައުވަތުދިނުމާއިއެކު ރައީސް ސާލިހު ވަނީ ހުރިހާ ސިޔާސީ ޕާޓީތަކަކަށް، އެ ދައުލަތު އަރުވާފައެވެ.

އެންމެ ފުރަތަމަ މި ދައުވަތު ގަބޫލުކުރައްވާ ރައީސް ސާލިހާއިއެކު ހައްދަވާފައިވާ ކޯލިޝަން ދެމެހެއްޓުމަށް ނިންމި އަދާލަތު ޕާޓީގެ ރައީސްކަންވެސް ކުރައްވަމުން ގެންދަވާ އިމްރާން ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވީ، މި ކެމްޕެއިން ތެރޭގައި ކޮންމެ ދުވަހަކުވެސް ވިސްނަންޖެހޭ ކަމަކީ ރައީސް ސާލިހަށް ދެވަނަ ދައުރެއް ދެއްވަންޖެހޭ ސަބަބާއިމެދުގައިކަމަށެވެ.

މި ރާއްޖެ ކޮވިޑާއިއެކު އަދި އޭގެ ކުރިންވެސް ވެއްޓިފަ ހުރި އެތައް ވަޅުގަނޑުތަކަކުން އަރުވާގަނެވެގެން މި ރާއްޖޭގެ ރައްޔިތުން ގޮވައިގެން އުފާވެރި އަމާން ރާއްޖެއަކަށް ދަތުރުކުރުމުގެ ވިސްނުން ހުރި، އެކަން ކުރެވޭނެ ހަމައެކަނި ކެނޑިޑޭޓަކީ ރައީސުލްޖުމްހުރިއްޔާ ކަމާއިމެދު އަޅުގަނޑު މިއަދު އެއްވެސް ޝައްކެއް ނުކުރަން.

އިމްރާން ވިދާޅުވިއެވެ.

އެކަން އެހެން މީހުންނަށް ބުނެދީ، އަދި އެހެން މީހުން ލައްވާ އެކަން ގަބޫލުކޮށް، ރައީސް ސާލިހަށް ވޯޓުދޭނެ ގޮތާއިމެދު ކޮންމެ ދުވަހަކު ވިސްނަންޖެހޭކަމަށް އިމްރާން ވިދާޅުވިއެވެ. ވާދަވެރިންނަށްވެސް ރައީސް ސާލިހު ދައްކަވަނީ ރީތި ނަމޫނާކަމަށާއި، ރައީސް ސާލިހަކީ އެންމެންނާއިއެކު ކުރިއަށް ދިއުމުގެ ވިސްނުން އިސްކުރައްވާ ބޭފުޅެއްކަމަށް އިމްރާން ވިދާޅުވިއެވެ.

ރައީސް ސާލިހަށް މ އަތޮޅުން އޮތް ތާއީދު ސާފުކޮށް ފެންނަން އެބައޮތްކަމަށް ވިދާޅުވެ، އިމްރާން ފާހަގަކުރެއްވި ގޮތުގައި އެއީ އެމަނިކުފާނު ރައްޔިތުންނަށްޓަކައި ކޮށްދެއްވި ކަންތައްތަކުގެ ސަބަބުންނެވެ. ރައީސް ސާލިހު ވަނި ވައުދުތަކުގެ ތެރޭގައި ނުހިމެނޭ ކަންތައްތައްވެސް ފުއްދަވައިދެއްވާފައިކަމަށް އިމްރާން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: