ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ހަރަކާތަކީ މުޒާހަރާކުރުމެއް ނޫން، އެ ފުރުސަތެއް ނުދޭނަން: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ހަމައެކަނި ހިންގެން އޮތް ސިޠާސީ ހަރަކާތަކީ މުޒާހަރާކުރުން ނޫންކަމަށާއި، އެ ފުރުސަތު ނުދޭނެކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހާއިއެކު ދެވަނަ ދައުރެއް ހޯދުމަށް، މިހާރު އެކުލަވާފާފައި އޮތް ކޯލިޝަން ދެމެހެއްޓުމަށް ނިންމާފައިވާ އަދާލަތު ޕާޓީގެ ރައީސްކަންވެސް ކުރައްވަމުން ގެންދަވާ އިމްރާން ވިދާޅުވީ، ހެޔޮ ވެރިކަމެއް ރައްޔިތުންނަށް ކޮށްދިނުމަށް ކުފޫ ހަމަވާ އެއްވެސް ކެނޑިޑޭޓެއް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ނޫނީ ނެތްކަމަށެވެ.

އޭނާގެ ތަޖުރިބާއިން އިމްރާން ވިދާޅުވީ، ރާއްޖޭގައި ތިބި ހުރިހާ ސިޔާސީ ލީޑަރުންނާއި އެކި ގޮތް ގޮތުން މަސައްކަތްކުރިއިރު، ރައްޔިތުންނަށް ހެޔޮ އެދިގެން، އަތުގައި ހުރި އެއްޗެއް އިންސާފުވެރިކަމާއި، ހަމަހަމަކަމާއިއެކު ރައްޔިތުންނަށް ދީގެން މަސައްކަތްކުރެއްވި، ވެރިއެއް ރައީސް ސާލިހު ނޫނީ ނެތްކަމަށެވެ.

މިރާއްޖޭގައި ސިޔާސީ ހަރަކާތް ހިންގާކަށް ދެނެއް ގަޔަށް ބޮލަށް އަރާކަށް ވެލިއުކާކަށް ފެން އުކާކަށް ޖާގައެއް ނުދޭނަން. ސިޔާސީ ހަރަކާތް ހިންގަން އަބަދުކުރަން އޮތް ކަމަކީ މުޒާހަރާކުރުން ކަމަކަށް ނުދޭނަން.

އިމްރާން ވިދާޅުވި އެވެ.

މީގެ އިތުރުން އިމްރާން ވިދާޅުވީ ސިޔާސީ ހަރަކާތް ހިންގުމަށް މެދު ރާއްޖެތެރެއިން ދިއްގަރު ވަރެއް ނޯންނާނެކަމަށެވެ. އެގޮތުގެ މަތިން ވާހަކަދައްކަވާ އިމްރާން ވިދާޅުވީ ދިިއްގަރުން ވާދަވެރިން ދެއްކި މަންޒަރަކީ 2021 ވަނަ އަހަރުގެ ހާލަތާއި މުނާސަބު ވައްތަރެއް ނޫންކަމަށެވެ. އެއީ މާޒީކަމަށާއި، އަދި ރައީސް ސާލިހުގެ ސަރުކާރުން މާޒީ އިޔާދަވާން ފުރުސަތު ނުދޭނެކަމަށް އިމްރާން ވިދާޅުވިއެވެ.

ސިޔާސީ ހަރަކާތް ހިންގުމަށް، ގަޔަށް ބޮލަށް އަރާ، ވެލި ޖަހާކައް ފުރުސަތު ނުދޭނެކަމަށާއި، ސިޔާސި ހަރަކާތެއް ހިންގާނަމަ، އަބަދު ކުރަން އޮތްކަމަކީ މުޒާހަރާކުރުން ނޫންކަމަށާއި، އަދި އެ ފުރުސަތު ނުދޭނެކަމަށް އިމްރާން ވިދާޅުވިއެވެ. ދަ ޑިމޮކްރެޓްސް ނަމަވެސް، ޕީޕީއެމް/ޕީއެންސީގެ މެންބަރުން ނަމަވެސް “އެ ސަރަކާތް ނުޖެއްސެވުމަށް” އިމްރާން ގޮވާލިއެވެ.

އިމްރާން ވިދާޅުވީ ވައުދާއި، ސިޔާސަތު ވިއްކައިގެން، އެކަން އަމަލީ ގޮތުން ކުރައްވާނެކަން ސާބިތުކޮށްދީގެން ސިޔާސީ ހަރަކާތް ހިންގުމަށް ރާއްޖެ އޮތީ ތަސައްރަފު ފުދިފައިކަމަށެވެ. އަދި ގަޔަށް ބޮލަށް އެރުން ހުއްޓާލުމަށް ގޮވާލާ، އިމްރާން ވިދާޅުވީ އެކަން އެގޮތަށްކޮށް، މުޒާހަރާކޮށް އަޑުގަދަކުރަން ވެއްޖެނަމަ، ރައީސް ސާލިހާއިއެކު މާ ވަރުގަދަ ޓީމެއް އަބައޮތްކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

ނަމަވެސް އެކަން އެގޮތަށް ނުކުރާނެކަމަށައި، އެއީ ފަނާކުރަނިވި ގެއްލުން ބޮޑު ގޮތެއްކަމަށް އިމްރާން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: