ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާލިހަކީ ”ދެއްވާ“ ރައީސް, ޔާމީނަކީ ”ވަގަށް ނަގާ“ ރައީސް: ޖާބިރު

ޖާބިރު ރައީސް ސާލިހާއިއެކު.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހަކީ “ދެއްވާ” ރައީސްކަމަށާއި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއަކީ “ވަގަށް ނަގާ” ރައީސް ކަމަށް މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމްގައި ޖާބިރު ވިދާޅުވީ، ރާއްޖެވަނީ ވަރަށް ބޮޑަށް ތަރުތީބު ކުރެވިފައިކަމަށެވެ. އަދި ރައްޔިތުންގެ ތެރޭގައި ކަންކަމަށް އޮތް ހޭލުންތެރިކަން އިތުރުވެފައިވާކަމަށްވެސް ޖާބިރު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، މިއީ “ކުރީ ޒަމާނެއް ނޫން” ކަމަށެވެ. އޭނާ ވިދާޅުވީ، ކުރީ ޒަމާނުގައި މަޖިލީހުގައި ދައްވާ ވާހަކަތައް ރައްޔިތުންނަށް އިވިގެން ނުދާކަމަށެވެ. އެގޮތުން ޓީވީއިން ނުދައްކާކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިހާރު ދައްކަމުންދާގޮތަށް މީޑިއާތަކާއި ވާހަކަދެއްކުމަކީ މަނާކަމެއް ކުރުން ފަދަކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ، މިހާރު ވާނުވާ އެނގޭނެކަމަށެވެ. އެގޮތުން އުމުރުން ހަނގު ކުއްޖާއަށްވެސް ހިނގަމުންދާ ކަންކަމާއި ގުޅޭގޮތުން މައުލޫމާތު އެނގޭނެކަމަށް ޖާބިރު ވިދާޅުވިއެވެ. އެހެންކަމުން ރައީސް ސާލިހުގެ ބެއްލެވުމުގެ ދަށުން ދިވެހިރާއްޖެއަށް ގެނެސްދެއްވާފައިވާ ތަރައްގީއާއި ގުޅޭ މައުލޫމާތުތައްވެސް އެނގޭނެކަމަށް ފާހަގަކުރެއްވިއެވެ.

ޖާބިރު ވިދާޅުވީ، އާރްޓީއެލް ނެޓުވޯކުން ރާއްޖޭގެ ރައްތަށް ގުޅާލުމަކީ މީހުން ބަލައިގަންނަ ކަމެއްކަމަށެވެ. އޭނާ ވިދާޅުވީ، އެއަރޕޯޓުތައް އެޅުމަކީވެސް ރައްޔިތުން ބަލައިގަންނަކަންކަން ކަމަށެވެ. އޭނާ ވިދާޅުވީ، ގޯތި ދިނުންވެސް ބަލައިގަންނަކަމަށެވެ. އަދި ރައީސް ސާލިހު “ބޯކޮށް ދެއްވާނެ” ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، ދެއްވާ ރައީސް އަކީ ރައީސް ސާލިހުކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ޔާމިންއަކީ “ވަގަށް ނަގާ” ރައީސްކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ސާލިހު ގިނަ ކަންކަން ރައްޔިތުންނަށް ދެއްވަމުންދަނީ އެމަނިކުފާނަކީ “ދެއްވާ” ރައީސްއެއްކަމަށްވުމުންކަމަށެވެ. އޭނާ ވިދާޅުވީ، ރައްޔިތުންނަށް ދެއްވުމަށް ރައީސް ނޯޓުކުރައްވާފައިވާ ކަންކަން އޭނާ ބެއްލެވިކަމަށެވެ. އަދި ބެއްލެވުމުން ދެއްވާފައިވާކަން އެނގިވަޑައިގެންނެވިކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރައީސް ސާލިހު ކަމުދަނީ އެ ސަބަބުތަކަށްޓަކައިކަމަށެވެ.

ޖާބިރު ވިދާޅުވީ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގެ ދައުރުން ފެށިގެންވެސް މެނިފެސްޓޯތައް ހުށައަޅަމުންދާކަމަށެވެ. އޭނާ ވިދާޅުވީ، އެ މެނިފެސްޓޯތަކުގައި ގިނަ ވައުދުތަކެއް ހިމަނައި އެކަންކަން ރައްޔިތުންނާއިވެސް ހިއްސާކުރާކަމަށެވެ. އެހެންނަމަވެސް ވައުދުތައް ފުއްދިގެން ނުދާކަމަށް ވިދާލުވިއެވެ.

އޭނާ ވިދާޅުވީ، އެހެންނަމަވެސް މިފަހަރު ރައީސް ސާލިހުވަނީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން އަގުލަބިއްޔަތު އަދަދެއް ފުއްދަވައިދެއްވާފައިކަމަށާއި އެކަން އޭނާވަނީ ޔަގީންކުރައްވާފައިކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އޭނާއަކީ ތޯތޯ ވާހަކަދައްކަވާ ބޭފުޅެއް ނޫންކަމަށެވެ. އެގޮތުން ސަރުކާރުގައި ހުރި މައްސަލަތަކުގެ ވާހަކަތައްވެސް ދައްކަވާފައިވާނެކަމަށާއި މިހާރު އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ނަމަވެސް “ކޮންޓްރިބިއުޓު” ކުރައްވާނެކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ނުކަށިޔާރު މަގަކުން ކަންކަން ނުދާނެކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް އަކީ ކޮށްފައި ދެއްވާ ބޭފުޅެއްކަމަށެވެ. ޖާބިރު ވިދާޅުވީ، ރައީސް ސާލިހަކީ ދީލަތީ ދެއްވާ ރައީސްއެއްކަމަށް އަދި ދެން ހުރީ ވައްކަން ކުރުމަށްފަހު އަމިއްލަ އިމާރާތްތައް އަޅާ ރައީސްއެއްކަމަށް ވިދާޅުވީ އޭނާ ބަޔާންކުރެއްވި ސަބަބުތަކާއި ގުޅިގެންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: