ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޒާހަރާ ކުރަން ފުރުސަތު ނުދޭނެކަމަށް އިމްރާން ވިދާޅުވުމުން، ހަސަން ލަތީފް ފާޑު ވިދާޅުވެއްޖެ

ޑިމޮކްރެޓްސްގެ ވަގުތީ ޗެއަރޕާސަން ހަސަން ލަތީފް.
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން މުޒާހަރާ ކުރަން ފުރުސަތު ނުދޭނެކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވުމުން ދަ ޑިމޮކްރެޓްސްގެ ޗެއާޕާސަން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

މ އަތޮޅަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ކުރެއްވި ދަތުރުގެ ތެރެއިން އަންހެނަކު ވަނީ ރައީސް ސާލިހާއި ހަޑިހުތުރު ބަހުން މުހާތަބުކޮށް، ނުރުހުން ފާޅުކޮށްފައެވެ. އަދި އަޑުގަދަކުރި މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. މިކަމާއި ގުޅިގެން ރައީސް ސާލިހުވެސް އިދިކޮޅު ފަރާތްތަކުގެ ސިޔާސީ ހަރަކާތްތަކަށް ފާޑު ވިދާޅުވިއެވެ. އަދި އެމްޑީޕީގައި ޒަމާނީ ޑިމޮކްރެސީ އޮތް ނަމަވެސް، އިދިކޮޅު ފަރާތްތަކުން އަމަލު ކުރައްވާ ގޮތުން، އިދިކޮޅުން ތިބީ 2000 ގެ އަހަރުތަކުގެ ތެރޭގައިކަމަށް ހީވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވާހަކަތަކައް ތާއީދުކޮށް އިމްރާން ވަނީ އިދިކޮޅުގެ ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި އިދިކޮޅުން “ޖަހަމުންދާ ސަކަރާތް ހުއްޓާލުމަށް” ގޮވާލާފައިވާއިރު، މުޒާހަރާ ކުރުމަކީ ހަމައެކަނި ކުރިއަށް ގެންދެވޭނެ ސިޔާސީ ހަރަކާތް ނޫންކަމަށް ވިދާޅުވިއެވެ. އަދި އެކަން އެގޮތަށް ކުރުމަށް ފުރުސަތު ނުދެއްވާނެކަމަށް އިމްރާން ވިދާޅުވިއެވެ. މުޒާހަރާ ކުރުމަކީ ގައުމުގެ ހަމަޖެހުން ގެއްލި، ގެއްލުން ބޮޑުކަމެއްގެ ގޮތުގައި ފާހަގަކޮށް އިމްރާން ވިދާޅުވީ އެއީ ފަނާކުރަނިވިކަމެއްކަމަށެވެ. އަދި އެކަން މާޒީވެ ގޮސްފައިވާކަމަށާއި، މާޒީ އިޔާދަވުމުގެ ފުރުސަތު ނުދޭނެކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާންގެ ވާހަކައިގައި ދަ ޑިމޮކްރެޓްސްގެ މެންބަރުން ނަމަވެސް، އަދި ޕީޕީއެމްގެ މެންބަރުން ނަމަވެސް “އެ ސަރަކާތް ނުޖެއްސެވުމަށް” އިމްރާން ގޮވާލާފައިވަނިކޮށް، ހަސަން ލަތީފް ވަނީ، ސަރުކާރުގައި ކޮރަޕްޝަނާ ވައްކަމާ ރިޝްވަތު އާންމުކޮށް, ހިއުމަން ޓްރެފިކާއި ޑްރަގް ޓްރެފިކްގެ މައްސަލަތައް އޮއްބާލައި، ރާއްޖޭގެ ކަނޑުވިއްކާލުމަށްފަހު، ރައީސް ސާލިހު މިހާރު ނިކުމެވަޑައިގެން އެ ހުންނެވީ ޚިޔާލުފާޅުކުރުމާއި، އެއްވެއުޅުމުގެ މިނިވަންކަން ހިފަހައްޓާންތޯ ސުވާލުކޮށްފައެވެ.

މީގެ އިތުރުންވެސް އިމްރާންގެ ވާހަކައަށް އެތައް ބަޔަކު ފާޑު ކިޔާފައިވާއިރު، ގިނަ ބަޔަކު އެކަން ސިފަކުރީ ސަރުކާރަށް ފާޑު ކިޔުމުން ހަޖަމްނުވުމުގެ ގޮތުގައެވެ. އަދި މި ސަރުކާރަށް ޖަވާބުދާރީވާން ނުކެރޭކަމަށްވެސް ހިޔާލުފާޅުކުރި ފަރާތްތަކުން ބުނިއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: