ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ޝަރީއަތް؛ ފުއްގިރި މައްސަލައިގެ އަޑުއެހުމެއް މާދަމާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން/ ފޮޓޯ: ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން މަންފާ ނަންގަވައި، ލޯންޑާރ ކުރެއްވިކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފި އެވެ.

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ދައުލަތަށް ލިބެންޖެހޭ ފައިސާއިން މަންފާ ނެންގެވިކަމުގެ ތުހުމަތުގައި ރައީސް ޔާމީންގެ މައްޗަށް ގެންދާ ޝަރީއަތް މިހާރު އޮތީ ހެއްކާއި ބެހޭ މަރުހަލާފަ އެވެ.

މާދަމާގެ އަޑުއެހުން ތާވަލުކޮށްފައި ވަނީ ހެނދުނުގެ 09:00 އަށް ނަމަވެސް، މި މައްސަލައިގައި މި ފަހުން ތާވަލު ކުރި ހަ އަޑުއެހުމެއް ވަނީ ކެންސަލްވެފަ އެވެ. އިއްޔެގެ އަޑުއެހުން ވެސް މައްސަލައިގައި ކެންސަލް ވީ، ހެކިން ހާޒިރު ނުކުރެވުމުންނެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ހެކި ބަސް ނަގާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ގެ އެވެ. އޭނާއަކީ ފުއްގިރި ކުއްޔަށް ނެގުމުގައި ދުބާއީ ކުންފުނީގެ ރާއްޖޭގެ މަންދޫބެވެ.

ޝަރީއަތަށް ހެކި ބަސް ދެމުން، ބޮންޑޭ ވިދާޅުވެފައި ވަނީ ފުއްގިރި ކުއްޔަށް ދޫކުރި އަގުކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހާމަކުރި އަގަކީ އަސްލު އަގެއް ނޫން ކަމަށެވެ. ތަފްސީލުގައި އޭނާ ވިދާޅުވީ 2015 ގައި ފައިސާ ދެއްކެވީ އައިބީއާރު މޯލްޑިވްސްގެ ނަމުގައި އޮތް އޭނާގެ އަމިއްލަ ވިޔަފާރިއެއްކަމަށް ވާ އައިބީއާރު މޯލްޑިވްސްއިން ކަމަށެވެ. އަދި ވިދާޅުވީ އޭނާ މަސައްކަތް ކުރެއްވީ ފުއްގިރި ކުއްޔަށް ހިފި ބޭރުގެ ކުންފުނި ކެލެސިކް ސިޓީ ހޯލްޑިން ގެ ރާއްޖޭގެ މަންދޫބެއްގެ ގޮތުގައި ކަމަށެވެ.

މީގެއިތުރުން ބޮންޑޭ ވިދާޅުވީ ކުންފުނީގެ ފަރާތުން ޖަމާކުރި 150،000 ޑޮލަރު އެސްއޯއެފް އެކައުންޓަކަށް ޖަމާވިކަން ސަމާލުކަމަށް އައިސްގެން އެކަން އެއިރު އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ސަމާލުކަމަށް ގެންނެވިކަމަށެވެ.

ދަށު ކޯޓުގައި ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް ތާވަލު ކުރިއިރު، ހައިކޯޓުގައި އެމަނިކުފާނު މިވަގުތު ތަންފީޒު ކުރަމުން ދާ ހުކުމުގެ އިސްތިއުނާފު ވަނީ މަޑުޖެހިފަ އެވެ. އެހެންވެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެވިދާނެކަމާއި މެދު ޝައްކުތައް ވަނީ އުފެދިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: