ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު ޔާމީންއާއި ގުޅިދާނެކަމަކީ ގަބޫލުކުރަންދަތިކަމެއް: ޝާހިދު

ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އާއި ގުޅިވަޑައިގަތުމަކީ ގަބޫލުނުކުރެވޭ އަދި ހިޔާލުވެސް ނުކުރެއްވޭ ކަމެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ހަބަރު ފަތުރާ ވަސީލަތަކަށް ދެއްވި އިންޓަރވިއުއެއްގައި ޝާހިދުވަނީ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމުގެ މައްޗަށް ވާހަކަދައްކަވާފައެވެ. ރިޔާސީ އިންތިހާބު ބޯމަތިވެފައިވާއިރު އެމްޑީޕީގެ ރިޔާސީ ކެނޑިޑަސީ ކާމިޔާބު ކުރެއްވި، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ދެކޮޅަށް ނުކުމެވަޑައިގެންވުމާއިއެކު ރިޔާސީ ކެމްޕެއިންގައި އެ ޕާޓީއަށް ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ނަޝީދާއިއެކު އެ ޕާޓީގެ މަޖިލީސް ގުރޫޕުގައި ހިމެނިވަޑައިގަންނަވާ އިސް މެމްބަރުންތަކެއްވެސް ވަނީ ޕާޓީ ދޫކުރައްވާފައެވެ. އެމަނިކުފާނާއިއެކު ޕާޓީ ދޫކުރައްވާ ވަޑައިގެންނެވި ފަރާތްތަކުންވަނީ ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފައްދާފައްދާފައިވާއިރު ރައީސް ޔާމީންގެ ޕީޕީއެމް އާއިއެކުވެސް މަސައްކަތްތަކެއް ކުރަމުންދާކަމަށް ފާހަގަކުރެވެއެވެ.

އެ ކަމަށް އަލިއަޅުއްވައި ޝާހިދު ވިދާޅުވީ، އެމްޑީޕީއިން ރައީސް ނަޝީދު ވަކިވެވަޑައިގަތުމަކީ އެ ޕާޓީގެ އެއްވެސް މެމްބަރަކު އުފާ ފާޅުކުރާކަމެއް ނޫންކަމަށެވެ. އަދި ރައީސް ނަޝީދުގެ އިތުރުން ރާއްޖޭގެ ސިޔާސީ ލީޑަރުން ހައްޔަރުކޮށް ޖަލަށް ލީވެސް ރައީސް ޔާމީންކަމަށާއި، އެހެންކަމުން ރައީސް ނަޝީދު ރައީސް ޔާމީނާއި ގުޅިވަޑައިގަތުމަކީ ގަބޫލުކުރައްވަންދަތި އަދި ހިޔާލަށްވެސް ގެނެވިފައިނުވާކަމެއްކަމަށް ޝާހިދު ވިދާޅުުވިއެވެ.

އޭނާ ވިދާޅުވީ، ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ އެތައް ބަޔަކު ރައީސް ޔާމީންގެ ދައުރުގައި އެ ހާލަތު ކުރިމަތިވެގެންދިޔަކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ރައީސް ޔާމީނަކީ އެމަނިކުފާނުގެ ވެރިކަމުގައި ގާނޫނުއަސާސީ އާއި ހިލާފުވެވަޑައިގަންނަވައި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރެއް ހައްޔަރު ކުރެއްވި ފަރާތެއްކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ޔާމީންއަކީ މަޖިލީހުގެ  މެމްބަރުން އެ މުއައްސަސާއަށް ވަންނަން ދިއުމުން ހުރަސް އެޅުއްވި ފަރާތެއްކަމަށެވެ. ޢަދި  ވިދާޅުވީ، އެމަނިކުފާނަކީ ދިވެހިރާއްޖޭގައި އެމްޑީޕީއިން އަށަގަންނުވާފައިވާ ޑިމޮކްރެސީގެ އަސާސްތައް ފުނޑުފުނޑުކޮށްލައްވަން އެތައް މަސައްކަތްތަކެއް ކުރައްވާފައިވާ ފަރާތެއްކަމަށެވެ.

އެހެންކަމުން ރައީސް ނަޝީދާއި ޑިމޮކްރެޓްސް ޕީޕީއެމްއާއި ގުޅުމަކީ ފަހުމް ކުރެއްވިފައިނުވާކަމެއްކަމަށެވެ. އެހެންނަމަވެސް އެ މަސައްކަތްތައް ހިނގަމުންދާކަމަށް ވިދާޅުވިއެވެ.

މިނިސްޓަރުވަނީ ދެވަނަ ދައުރެއް ކާމިޔާބު ކުރެއްވުމަށް މަސައްކަތްކުރައްވަމުންދާ ރައީސް ސާލިހާއިމެދުވެސް ވާހަކަދައްކަވާފައެވެ. އެގޮތުން، ރައްޔިތުން އެމަނިކުފާނަށް ދެވަނަ ދައުރެއް ދެއްވާނެކަން ޔަގީންވެވަޑައިގަންނަވާކަމަށާއި، އެހެން ވިދާޅުވާ ސަބަބަކީ މި ދައުރުގައި ގެނެސްދެއްވާފައިވާ ތަރައްގީތައްކަމަށް ޝާހިދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރައީސް ސާލިހުވަނީ ރައްޔިތުންނަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ އެކި ކަނކޮޅުތަކަށް އޭނާ ދަތުރުކުރެއްވިކަމަށާއި އެ ރަށްތަކުގައި އެތައް މަޝްރޫއުއެއް ހިންގަމުންދާއިރު، އެންމެހާ ރަށްތަކުގައިވެސް ފެނާ ނަރުދަމާ ގާއިމު ކުރެވިފައިވާކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، 2023 ވަނަ އަހަރާއި ހިސާބަށް އާދެވިފައިވާއިރު، ފެނާއި ނަރުދަމާ ފަދަ އަސާސީ ހިދުމަތްތައް ގާއިމު ކުރުމުގެ ވާހަކައަކީ ދެކެވެންވެސް ޖެހޭ ވާހަކަތަކެއް ނޫންކަމަށެވެ. އެހެންނަމަވެސް ކުރީގެ ސަރުކާރުތަކަށް އެ މަސައްކަތްތައް ކުރެވިފައިވުމުން މި ސަރުކާރުން އެ މަސައްކަތްތައް ކުރަމުންދާކަމަށާއި ރައްޔިތުން އެކަން ބަލައިގަންނަ ކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރައީސް ސާލިހުގެ ވެރިކަމުގައި ދިވެހިންނަށް މަތީ ތައުލީމު ހާސިލުކުރުމަށް ބާރު ލިބިގޮސްފައިވާކަމަށާއި އެގޮތުގެ މަތިން މިހާތަނަށް 17،000 އަށް ވުރެ ގިނަ އަދަދެއްގެ މީހުން ތައުލީމު ހާސިލުކޮށްފައިވާކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރަށްތަކުގައި ކަރަންޓު ލިބެމުންދާކަމަށެވެ. އަދި އަރާ ފޭބުމުގެ ލުއި ފަސޭހަކަން ލިއްބައިދިނުމުގެ މަގުސަދުގައި ބަނދަރުތައްވެސް ބިނާކުރެވެމުންދާކަމަށާއި ބޯހިޔާވަހަކަން ފޯރުކޮށްދިނުމަށް ބިން ހިއްކުމުގެ މަޝްރޫޢުތައްވެސް ކުރިއަށް ގެންދާކަމަށް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، މި ދައުރުގައި ގިނަ އަދަދެއްގެ މަސައްކަތްތައް މިހާރުވެސް ކުރެވެމުންދާކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: