ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުކުމެ މަސައްކަތް މިކުރަނީ ރާއްޖޭގެ ތާރީހު ބަދަލުކޮށްލުމަށް: ޝާހިދު

ހއ ދިއްދޫގައި ބޭއްވި ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާގައި ޝާހިދު ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއިން ނުކުމެ މަސައްކަތްކުރަމުންދަނީ މި މަހުގެ 30 ވަނަ ދުވަހު ރާއްޖޭގެ ތާރީހު ބަދަލުކުރުމަށްކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދު ހޯދުމުގެ ގޮތުން އައްޑޫގައި ކުރިއަށް ގެންދިޔަ ހަރަކާތެއްގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، އެމްޑީޕީއިން ނުކުމެ މަސައްކަތްކުރަމުންދަނީ އައްޑޫ ފަހުރުވެރިކުރުމަށްކަމަށާއި މަސައްކަތްކުރަމުންދަނީ މި މަހުގެ 30 ވަނަ ދުވަހު އައްޑޫގެ ތަރައްގީ ޔަގީންކުރުމަށްކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެކި ސަރުކާރުތަކުން ވެފައިވާ އިހުމާލުތައް ރައްޔިތުން ހަނދާން ހުންނާނެކަމަށެވެ. އަދި ސަރުކާރުތަކުން އައްޑޫ ތަރައްގީ ނުކޮށް ބާކީ ކޮށްލާފައި އޮތްކަންވެސް ހަނދާނުގައި ބެހެއްޓުމަށް ޝާހިދު އިލްތިމާސް ކުރެއްވިއެވެ. ޝާހިދު ވިދާޅުވީ، މިދިޔަ ފަސް އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވާކަމަށާއި އެކަމަށް ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ހެކިވާނެކަމަށެވެ.

ޝާހިދު ވިދާޅުވީ، ކޮވިޑް19ގެ ދަތިކަމުގެ ތެރޭގައި ތިން އަހަރު ހޭދަކުރުމަށް ފަހު ބާކީ ދެ އަހަރު ތެރޭގައި ކޮށްފައިވާ މަސައްކަތްތައް ފެންނާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ސަރުކާރުންވާނީ ތަފާތު ދައްކައިދީފައިކަަމަށާއި އައްޑޫގައި ކުރެވެމުންދާ މަސައްކަތްތައްވެސް ފެންނަކަމަށް ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ޝާހިދުވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރުގެ ދައުރުގައި މުއިއްޒު ހައުސިންގް މިނިސްޓަރަކަށް ހުންނަވައިގެން އައްޑޫގައި ބޭއްވި ” އެންމެ ގާބުރިއެއް” ވެސް އޮތްކަމަށް ބުނާނެ މީހަކު ހުރިތޯ ސުވާލު ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، އެއީ އޭރުގެ ކަންކަން ހުރި ގޮތްކަމަށާއި އެހެންކަމުން އައްޑޫ ބާކީ ކޮށްލާނެކަމާއިމެދު ޝައްކެއް ނެތްކަމަށް ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، އައްޑުގައި ޕޮލިސް ޓްރެއިނިންގް ސެންޓަރެއް އެޅުމުން ޕީޕީއެމް ޕީއެންސީއިން ދެއްކީ ފިތުނައިގެ ވާހަކަތަކެއްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ދެއްކީ “ހޮޅި” ވާހަކަކަމަށާއި އެ ވާހަކަ ދެއްކުމުގެ ބޭނުމަކީ އިމާރާތްކުރުން ހުއްޓުވުންކަމަށް ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ އެކަމުގެ ގެއްލުންވާނީ އަައްޑޫގެ ރައްޔިތުންނަށްކަމަށާއި އެ ތަނުގައި އިންޑިއާ ސިފައިން ތިބޭނެކަމަށް ތުހުމަތުކުރަމުންދިޔަކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: