ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްވަނީ ޗީފް ޑިޕްލޮމެޓުގެ ގޮތުގައި ފުރިހަމަ މަސައްކަތްތަކެއް ކޮށްފަ: މިނިސްޓަރު ޝާހިދު

އ.ދ ގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ 5 ވަނަ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހް އާއި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު / ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހުވަނީ ޗީފް ޑިޕްލޮމެޓުގެ ހައިސިއްޔަތުން ދަތި ދުވަސްތަކެއްގެ ތެރޭގައި ދިވެހިރާއްޖޭގެ ހާރިޖީ މަސައްކަތްތައް އެކަށީގެންވާ މިސްރާބެއްގައި ބެހެއްޓުމުގައި ފުރިހަމަަ މަސައްކަތްތަކެއް ކުރައްވާފައިކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ސަރުކާރު ބަދަލުވުމަށް މަދުވަގުތުތަކަށް ވެފައިވާއިރު، ކުރެއްވި ޓްވީޓެއްގައި މިނިސްޓަރު ވަނީ، ރައީސް ސާލިހަށް ތައުރީފުކުރައްވާފައެވެ. އެގޮތުން ޗީފް ޑިޕްލޮމެޓުގެ ރޯލު އެމަނިކުފާނު ފުރިހަމައަށް އަދާކުރެއްވިކަމަށް ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ، ރައީސް ސާލިހުގެ ބެއްލެވުމުގެ ދަށުން ރާއްޖޭގެ ހާރިޖީ މަސައްކަތްތައްވަނީ ފުޅާވެގޮސްފައިކަމަށެވެ. އަދި އަވައްޓެރި ގައުމުތަކާއި އޮތް ގުޅުން އަލުން ދިރުވައި ބަދަހިކޮށްފައިވާކަމަށްވެސް ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، މިއަދު ރާއްޖެއަކީ ބައިނަލްއަގުވާމީ މައިދާނުގައި ފިޔަޖަހަމުންދާ ގައުުމެއްކަމަށެވެ. އަދި ދުނިޔެއިންވެސް ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތައް ގަބޫލުކުރާކަމަށާއި އެހެންކަމުން އެ ފަންތީގެ ދައުލަތުގެ ވެރިޔަކާއިއެކު މަސައްކަތްކުރެވުމަކީ ލިބިވަޑައިގެންނެވި ޝަރަފެއްކަމަށް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، ނަތީޖާތަކެއް ނެރުނު ސަރުކާރެއްގެ ބައެއްގެ ގޮތުގައި މަސައްކަތްކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުސަތާއިމެދު ހިތްހަމަޖެހިވަޑައިގަންނަވާކަމަށާއި، ރައީސް ސާލިހަށް ޝުކުރުވެރިވެވަޑައިގަންނަވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: