ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްރާއީލުން ޣައްޒާގެ ހޮސްޕިޓަލަކަށްދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު.
ޝެއާރކޮށްލާ ކަހަލަދޯ؟

ޣައްޒާގެ އަލް އަހްލީ ހޮސްޕިޓަލަށް އަމާޒުކުރި ރޮކެޓު ހަމަލާއާއި ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިސްރާއީލަށް ފާޑުވިދާޅުވެއްޖެއެވެ.

ޣައްޒާގެ ހޮސްޕިޓަލަކަށް އެމެރިކާއިން އުފައްދާ ޖޭޑޭމް ރޮކެޓު ހަމަލާއެއް ދިންކަމަށް އެކި ފަރާތްތަކުން އިސްރާއީލަށް ތުހުމަތުކުރަމުންދާ ނަަމަވެސް އެ ގައުމުންވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ހަމާސްއަށް އޮޅިގެން ދެވުނު ހަމަލާއެއްކަމަށް ސިފަކޮށްފައެވެ. އެހެންނަމަވެސް ދިރާސާކުރާ ފަރާތްތަކުންވަނީ ހަމާސްގައި އެފަދަ ހަމާލާއެއް ދިނުމުގެ ގާބިލުކަމެއް ނެތްކަން ހާމަކޮށްފައެވެ.

އެ މައްސަލައަށް އަލިއަޅުއްވައި ކުރެއްވި އެކްސްއެއްގައި ޝާހިދު ވިދާޅުވީ، އިސްރާއީލުން އަލްއަހްލީ ހޮސްޕިޓަލަށް ދީފައިވާ އުދުވާނީ ހަމަލާއާއި ގުޅިގެން ސިހި ހައިރާންވެވަޑައިގެންފައިވާކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެތައް ސަތޭކަ ބަޔަކު އެ ހަމަލާގައި ޝަހީދުވެފައިވާކަމުގެ މައުލޫމާތުތައް ފެތުރެމުންދާކަމަށާއި، ހޮސްޕިޓަލްތަކާއި އާންމުން ބޭނުންކުރާ އިމާރާތްތަކަށާއި އާންމުންނަށް ހަމަލާދިނުމަކީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާއި ބެހޭ ގާނޫނުތަކުގައި މަނާކޮށްފައިވާކަމެއްކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ބައިނަލްއަގުވާމީ ދުނިޔޭގެ ބާރުތައް ބޭނުންކޮށް އެއްވެސް ޝަރުތެއް ނެތްގޮތުގައި ޣައްޒާގައި އިންސާނީ ހައްގުތައް ކަށަވަރުކުރުމަށާއި އިސްރާއީލުގެ އަމަލުތައް ހުއްޓުމަކަށް ގެނައުމަށް ރާއްޖެއިން ގޮވާލާފައިވާ ގޮވާލުން ތަކުރާރުކުރައްވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: