ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައިވެރިން މަދުވުމަކީ ޕީޕީއެމްގެ ގިނަ މެމްބަރުން “އިންޑިއާ އައުޓް” ކެމްޕެއިން ބަލައިނުގަންނަކަމުގެ ހެއްކެއް: ޝާހިދު

ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު.
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު އެމެ ބޮޑު ސިޔާސީ ޕާޓީ ޕީޕީއެމް، ޕީއެންސީން ކުރިއަށް ގެންދާ “އިންޑިއާ އައުޓް” ހަރަކާތުގައި މަދު ބައެއް ބައިވެރިވުމަކީ އެ ޕާޓީގެ ގިނަ މެމްބަރުން އެ ކެމްޕެއިން ބަލައިނުގަންނަކަމުގެ ހެއްކެއްކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ހަބަރު ފަތުރާ ވަސީލަތަކަށް ދެއްވި އިންޓަރވިއުއެއްގައި ޝާހިދުވަނީ ދިވެހިރާއްޖޭގައި އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބި ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހިންގަމުންދާ އިންޑިއާ އައުޓް ހަރަކާތާއިމެދު ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ، ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ހީނަރުވެގެންދާފަދަ އަމަލުތަކުގެ ސަބަބުން މުޅި އިންޑިއާ ކަނޑުގެ ސަރަހައްދަށްވެސް އެކަމުގެ ނޭދެވޭ އަސަރުތައް ކުރާނެކަމަށެވެ. އަދި އެކަމުން ސަރައްދީގޮތުން ކުރެމުންދާ މަސައްކަތްތަކުގެ މައްޗަށް ބާރުފޯރުވުމަށް މަސައްކަތްކުރާ ގައުމުތަކަށް އެ ގައުމުތަކުގެ މަގުސަދުތައްވެސް ހާސިލުވެގެންދާނެކަމަށް ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، ރާއްޖޭގެ ނިންމުންތަކަށް ބައިނަލްއަގުވާމީ މައިދާނުގައި އިތުބާރު ހިފޭނީ ގައުމުގައި ޑިމޮކްރެޓިކް އަމާން ވެއްޓެއް ގާއިމުކޮށް، ރިޔާސީ އިންތިހާބާއި ކުރިމަތިލައިގެންކަމަށެވެ. ހަމައެހެންމެ ރާއްޖޭގައި ހަމަނުޖެހުން އުފެދުމުން ފައިދާ ލިބިގެންދަނީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހަމަނުޖެހުން އުފައްދައި ބާރުވެރިވުމަށް ބޭނުންވާ ގައުމުތަކަށްކަމަށް ޝާހިދު ވިދާޅުވިއެވެ،

.މިނިސްޓަރ ވިދާޅުވީ، އެފަދަ މަގުސަދެއް އޮތްކަމަށް ސިފަކުރައްވަނީ ދިވެހިރާއްޖެ އޮންނަނީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ މެދުގައިކަމަށްވުމުންކަމަށެވެ. އެމަނިކުފާން ވަނީ ޑިމޮކްރެސީގެ އަސާސްތައް ނެގެހެއްޓިފައި އޮތުމުގެ މުހިންމުކަން ތަކުރާރުކުރައްވާފައެވެ. އެގޮތުން ރާއްޖެއިން ނިންމާ ނިންމުމަކީ އެ ގައުމެއްގެ ރައްޔިތުންގެ އިހުސާސްތަކާއި އެއްގޮތް ވާގޮތުގެ މަތިން ނިންމިފައިވާ ނިންމުމެއްކަން ބައިނަލްއަގުވާމީ ދުނިޔެއަށް ގަބޫލުކުރެވިގެންދާނީ އެ ޑިމޮރެސީ އަދި ހަމަޖެހުން ގާއިމުވެފައި އޮތުމުންކަމަށް ވިދާޅުވިއެވެ.

އިންޑިއާ އައުޓް ހަރަކާތާއިމެދު ދެކިވަޑައިގަންނަވާ ގޮތް ތަފްސީލީ ގޮތަކަށް ޝާހިދު ހިއްސާކުރެއްވިއެވެ. އެގޮތުން އެ ކެމްޕެއިންއަކީ ޖަލުގައި ހުންނެވި އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ އިރުޝާދުގެ މަތިން ކުރެވެމުންދާ މަސައްކަތްތަކެއްކަމަށް ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ، އެ ކެމްޕެއިންގެ ބައިވެރިންނަކީ އާންމު މުޖުތަމައުގެ ވިސްނުމާއި އަމަލުތަކާއި އެއްގޮތް ނުވާ ވިސްނުމެއްގެ މީހުން މެދުވެރިކޮށް ރައީސް ޔާމީން އަދި އެމަނިކުފާނުގެ ޓީމުން ކުރައްވަމުންދާ މަސައްކަތްތަކެއްކަމަށެވެ.

ޝާހިދު ވިދާޅުވީ، އެކަން ކުރައްވަމުންދަނީ ރައްޔިތުންނަށް ވިއްކާނެ އެއްވެސް ހަރުދަނާ ސިޔާސަތުތަކެއް އަދި އިޖުތިމާއީ ހައްލުތަކެއްވެސް ނެތުމުންކަމަށެވެ. އޭނާ ވިދާޅުވީ، އިންޑިއާ އައުޓް މެދުވެރިކޮށް ކުރަމުންދަނީ ރާއްޖޭގައި ނަފުރަތާއި ގައުމިއްޔާތުގެ ހަރުކަށި ފިކުރެއް އާލާކުރުމަށްކަމަށެވެ. އެހެންނަމަވެސް އެ ކެމްޕެއިންއަށް ރާއްޖޭގައި މަގުބޫލުކަމާއި ސަމާލުކަން ލިބިގެން ނުދާކަމަށާއި، ވޭތުވެދިޔަ ތިން އަހަރު މަސައްކަތްތައް ކުރެވިފައިވާއިރު އާންމުންގެ ތެރޭގައި އެ ފިކުރުތައް އަށަގަނެފައިނުވުމުން އެކަން ފެނިގެންދާކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ޕީޕީއެމްގެ އަގުލަބިއްޔަތުވެސް އެ ކެމްޕެއިން ބަލައިނުގަންނަކަމަށެވެ. އަދި މަގުތަކަށް ހަރަކާތް ހިންގުމަށް ނުކުންނަ އިރު މީހުން މަދުވަނީ އެ ސަބަބަށްކަމަށް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، އެކަމަށްޓަކައި ރައްޔިތުންގެ ތެރޭގައި ޖޯށާއި ޖަޒުބާތު އާލާކުރުވަންވެސް މަސައްކަތްތައް ކުރާ ކަމަށެވެ. އެހެންނަމަވެސް އެ ޖޯށުވެސް ހިނދިގެންދަނީ ދެ ގައުމުގެ ރައްޔިތުންގެ ދެމެދު އޮންނަ ގުޅުމަކީ އެޔަށްވުރެ ވަރުގަދަ ގުޅުމެއްކަމަށްވުމުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: