ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީގެ ކުރީގެ ސަރުކާރުތަކަށް ރައްޔިތުންނަށް ސާފު ފެން ދޭން ވެސް ނުކެރުނު: ޝާހިދު

ހއ ދިއްދޫގައި ބޭއްވި ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާގައި ޝާހިދު ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

އެކި ސަރުކާރުތައް އައިސް ގޮސްފައިވާއިރު، އެއްވެސް ސަރުކާރަަކަށް ތާހިރު ފެންފޮދެއް ދޭން ނުކެރުނުކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

2023 ގެ ރިޔާސީ އިންތިހާބުގައި ދެވަނަ ދައުރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާދަކުރައްވާއިރު، ޝާހިދަކީ އެމަނިކުފާނާއި އެންމެ އަރިސް އެއް ވަޒީރެވެ. އަދި ސަރުކާރުގެ ދިފާއުގައި އެންމެ ބޮޑަށް ވާހަކަ ދައްކަވާ އެއް ބޭފުޅަކީ ވެސް ޝާހިދެވެ.

ކެމްޕެއިންގެ ދަތުރުތައް ފަށައި، ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ ބޮޑުތިލަދުންމަތި ރައްޔިތުންގެ މޫނުމަތީން މިއަދު ފެންނަނީ އުފާވެރިކަން ކަމަށެވެ. އަދި ހާއްސަކޮށް އުތުރުގެ ސަރަހައްދު ދަނީ އައު ސޮފުހާތަކެއް ކަޑަތު ކުރަމުންކަމަށް ޝާހިދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ބޮޑުތިލަދުންމަތީގެ ކޮންމެ ރަށަކީވެސް “ވަރަށް ގަދީމީ” ރަށެއްކަމަށާއި، މީގެ ކުރީގެ އަހަރުތަކުގައި ރަށްތަކުގެ ރައްޔިތުން ގައިން ތާހިރުވެ، ބޯން ޖެހުނީ ނަޖިސް ފެން ކަމަށެވެ. އެކަމަކު އެކަންކަން ހައްލު ކުރުމަށް ރައްޔިތުންނަށް ސާފު ފެން ލިބޭނެ މަގުފަހި ކުރުމަށް އެއްވެސް ސަރުކާރަކުން މަސައްކަތް ނުކުރާކަމަށާއި ރައްޔިތުންގެ ޝަކުވާތަކަށް ހައްލު ގެނައީ ފަސް އަހަރުގެ ތެރޭގައި ރައީސް ސޯލިހުކަމަށް ޝާހިދު ވިދާޅުވި އެވެ.

ސަރުކާރަށް ތައުރީފުކޮށް ޝާހިދު ވިދާޅުވީ، ރައްޔިތުން މިދެކޭ ތަރައްގީގެ ޝުކުރު ހައްގު ވަނީ ރައީސް ސޯލިހަށް ކަމަށެވެ. ޝާހިދު ވިދާޅުވީ، ރައީސް ސާލިހުގެ ވެރިކަމުގެ ދައުރުގެ ފުރަތަމަ ފަސް އަހަރުގެ ތެރޭގައި އެމަނިކުފާނު ބޮޑުތިލަދުންމައްޗަށް ތިލަކޮށްދެއްވާފައިވަނީ ތަރައްގީގެ “ރަސް އައިނެއް” ކަމަށެވެ. އަދި ވިދާޅުވީ، ރައީސް ސާލިހު އޮޑި ގާތްކޮށްފައި ވަނީ ރަސް އައިނަކާއިކަމަށެވެ. ފަޅުވެރިން ކުރަން އޮތްކަމަކީ “ކުރުދޮށީގައި ހައްސަ ބޭނޭތޯ ނަގާ އޮޑިއަށް މަސް އައިނު ކަހާލުން” ކަމަށެވެ. ޝާހިދު ވިދާޅުވީ އެންމެހާ ބޭފުޅުންވެސް އެކަމަށް ތައްޔާރުވެވަޑައިގަންނަވަންވިކަމަށެވެ. އަދި ކުރު ދުށި ހިފައިގެން ނުކުމެ “މަސް އައުނު އޮޑިއަށް ކަހާލަ” ދިނުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.

“އަޑީގައި ހިބަރާއި ފެމުނު” އުޅުންކަމަށާއި، ހިބަރާއި ފެމުނު ތިލަވެއްޖެ ހާލަތެއްގައި އައިނުގަނޑު ފިލާނެކަން ފާހަގަކޮށް ޝާހިދު ވިދާޅުވީ މާގިނަ ފުރުސަތުތަކާއި ވަގުތުތަކެއް ލިބެން ނެތްކަމަށާއި، ހިބަރާއި ފެމުނަށް ތިލަވިޔަދީންގެ ނުވާނެކަމަށެވެ. ޝާހިދު ވިދާޅުވީ، އޭގެ ކުރިން ބޮޑުތިލަދުންމައްޗަށް ލިބިފައިވާ ތަރައްގީތައް ނަގާ ކޮޅަށް ޖަހަންޖެހޭކަމަށެވެ. އަދި އެ ދުވަސް ގާތްވެފައިވާކަމަށާއި ރިޔާސީ އިންތިހާބުގެ ވޯޓުލާ ދުވަހަކީ ރައްޔިތުން ހިބަރާއި ފެމުނަށް ނޫނެކޭ ބުނާނެ ދުވަސްކަމަށް ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ، އެ ދުވަހު ވޯޓު އަޅާނީ “އުފާވެރި އަމާން ރާއްޖެ” އަކަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: