ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަނިންމޭޓުގެ ވާދަވެރިކަމަށް އެއްވެސް ޝައުގެއް ނެތް: ފައްޔާޒު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓަކަށްވުމުގެ ވާދަވެރިކަން އުފެދި، އޭގެ ތެރޭގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ހިމެނޭކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ.

2023 ގެ ރިޔާސީ އިންތިހާބުގެ ވާދަވެރިކަމާއި އެކު، ސިޔާސީ ޕާޓީތަކުގެ އެތެރޭގައި ދެވަނައަށް އެންމެ ބޮޑު ވާދަވެރިކަމެއް އޮންނާނީ ރަނިންމޭޓަށްވުމަށެވެ. ނުވަތަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ހާލަތެއްގައި ނައިބު ރައީސެއްގެ މަގާމު ހޯދުމަށެވެ.

މި އަހަރުގެ އިންތިހާބަށް ވާދަކުރުމުގެ ފޯމު ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން އަންނަ އާދީއްތަ ދުވަހު ހުޅުވާލާއިރު، ރިޔާސީ އިންތިހާބުގައި ވާދަކުރާ އެއްވެސް ކެނޑިޑޭޓެއް ރަނިންމޭޓު ހާމައެއް ނުކުރެ އެވެ. އެކަމަކު، ކޮމިޝަނަށް ފޯމު ހުށަހަޅާއިރު، ރަނިންމޭޓުގެ ނަން ހިމަނަން ޖެހޭނެ އެވެ. ސަރުކާރުގެ މައި ޕާޓީ އެމްޑީޕީގެ އެތެރޭގައި ވެސް އެކަމަށް އޮތް ވާދަވެރި ނަންތައް އެކި ގޮތްގޮތުން ދަނީ ދެކެވެމުންނެވެ. އޭގެ ތެރޭގައި ފައްޔާޒާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ހިމެނެ އެވެ. އެ ވާދަވެރިކަމުގެ ސަބަބުން އެމްޑީޕީއަށް އިތުރު ލޮޅުމެއް އައިސްދާނެކަމަށް ބުނެ، ރަނިންމޭޓަކަށްވުމަށް ނައިބު ރައީސް ފައިސަލް ނަސީމް ހުށަހަޅުއްވަމުން ގެންދަވާކަމަށް ވެސް އަޑުތައް ވަނީ ފެތުރިފަ އެވެ.

އެމްޑީޕީގެ އެތެރޭގައި މި މައްސަލައިގައި ދެބަސްވުންތައް އުފެދިފައިވާކަމަށް މީޑިއާތަކުން ރިޕޯޓު ކުރުމުން، ފައްޔާޒް ވިދާޅުވީ އޭނާގެ އެއްވެސް ޝައުގެއް ރަނިންމޭޓަށްވުމަށް ނެތް ކަމަށެވެ. އަދި އެ ވާހަކަތައް ކޮންމެވެސް ސަބަބަކާއި ހުރެ ދައްކަވަމުން ގެންދަވަނީ ރީކޯ މޫސަކަމަށް ވިދާޅުވި އެވެ.

 

ރަނިންގްމޭޓާއި މެދު ކުރާ ސުވާލުތަކަށް ރައީސް ވެސް ވަނީ ޖަވާބުދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، އެއީ އެމަނިކުފާނު އެކަމަށް ވިސްނަމުން ގެންދަވާ ކަމަށެވެ. އަދި ޕާޓީގެ މެމްބަރުންނާއި މަޝްވަރާތައް ކުރެވެމުންދާކަމަށެވެ.

ރަނިންމޭޓަކަށް ވުމުގެ ވާދަވެރިކަން އެމްޑީޕީގައި އުފެދުނު އިރު، އެއީ އެމްޑީޕީއަށް އިތުރު ބޮޑު ލޮޅުމެއް އައިސްދާނެ ނިންމުމަކަށް ވެދާނެކަމަށް ގިނަ ބަޔަކަށް ގަބޫލު ކުރެވެ އެވެ. ސަބަބަކީ، ވާދަވެރި ނަންތައް އެއީ އެމްޑީޕީގެ ނުފޫޒު ގަދަ ބޭފުޅުންކަމަށްވުމުންނެވެ.

2018 ގެ ރިޔާސީ އިންތިހާބަށް އެކުލަވާލި ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަނުގައި، އޭރު އެމްޑީޕީން ރަނިންމޭޓަކަށް ވުމުގެ ފުރުސަތު ދިނީ ޖުމްހޫރީ ޕާޓީއަށެވެ. އަދި އެއީ ކޮން ބޭފުޅެއްކަން ކަނޑައެޅީ އެ ޕާޓީން އެ މަގާމަށް ވާދަކުރުމަށް ފުރުސަތު ހުޅުވާލައި ކައުންސިލް މެމްބަރުންގެ މެދުގައި ނެގި ވޯޓަށް ފަހު އެވެ. އޭރު އެގޮތަށް ނިންމާފައި ވަނީ، އެހެން ޕާޓީތަކުގެ ލީޑަރުން ޖަލު ބަންދެއްގައި ތިބުމުގެ ސަބަބުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: