ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ހޯރަފުއްޓަށް: ކޮވިޑުގައި ދިމާވި ގޮންޖެހުންތަކުގެ އިތުރުން ޖެއްސުން ވެސް ކުރި

ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގަ: ފޮޓޯ ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމުގެ ތެރޭގައި ކުރިމަތިވި ކޮވިޑުގެ ބަލިމަޑުގެ ތެރޭގައި ދިމާވި ގިންޖެހުންތަކުގެ އިތުރުން ބައެއް ސިޔާސީ ލީޑަރުން ޖެއްސުން ވެސް ކުރެއްވި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްދު ސާލިޙް ވިދާޅުވެއްޖެއެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކުރައްވާ ކެމްޕެއިންގެ ތެރެއިން ހއ އަތޮޅަށް ކުރައްވާ ދަތުރުގައި ރައީސް ސާލިހު މިއަދު ވަނީ ހއ ހޯރަފުއްޓަށް ވަޑައިގެންފައެވެ. ރަށުގެ ރައްޔިތުންނާއި މުހާތަބު ކުރައްވާ ވާހަކަދަައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް ކުރި ދަތުރުގައި ހޯރަފުށި ވަރަށް ބޮޑަ ޒިންމާއެއް އަދާކުރެއްވިކަމަށެވެ. ރައީސް ސާލިހު ވިދާޅުވީ އަރާ ކޮންމެ ރަށަކުން ރާއްޖެއަށް މިވެރިކަމުގެ ތެރޭގައި އައި ބަދަލު ފެންނަމުންދާކަމަށެވެ.

ރައީސް ވިދާޅުވީ ކޮވިޑުގެ ތެރޭގައި ވަރަށް ދަތި އުނަދަގޫތަކާއި ކުރިމަތިވީކަމަށާއި، އަދި އެތައް ބަަޔަކު ޖެއްސުންކޮށް، އެކި  ބައެއް ސިޔާސީ ލީޑަރުންގެ ފާޑުކިޔުންތައް ވެސް އަމާޒްވި ކަމަށެވެ. އެގޮތުން ޓޫރިޒަމް ހަލާކުވީކަމުގެ ވާހަކަ ބައެއް ލީޑަރުން ދެއްކެވި ކަމަށާއި  ނަމަވެސް މިއަހަރު ރާއްޖެއަށް 1.9 މިލިއަން ފަތުރުވެރިން އަންނާނެކަމަށެވެ. 2028 ވަނަ އަހަރުގެ ތެރޭގައި ރާއްޖެއަށް 3 މިލިއަން ވުރެ ގިނަ ފަތުރުވެރިން އަންނާނެކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

 

ރައިސް ސާލިހު ވިދާޅުވީ ތަރައްގީއަކީ އަބަދުވެސް، ބޭނުންވާ އެއްޗެއްކަމަށާއި، އޭރު އޮންނަ ހާލަތު ބަދަލުވާން ރައްޔިތުން ބޭނުންވާނެކަމަށް ވިދާޅުވިއެވެ.

ފާއިތުވެމިދިޔަ އެތައް އަހަރެއްގެ ތެރޭގައި ހޯރަފުއްޓަށް ތަރައްގީ ގެނައުމަށް މަސައްކަތް ކުރި ހަމައެކަނި ވެރިކަމުގެ ދައުރަކީ މިއީކަމަށް ރައީސް ވިދާޅުވިއެވެ.

ބޭނުމަކީ މުޅި ރާއްޖެ އެކީ ތަރައްގީކުރުން، ތަންކޮޅެއްގައި ކަމެއް ކޮށްލައިގެން މި ރާއްޖެ ތަރައްގީ އެއް ނުވާނެ.

ރައީސް ސާލިހު ވިދާޅުވިއެވެ

މި ރަށުގެ ރައްޔިތުން ބޮޑު އެމަނިކުފާނަށް ވޯޓުދެއްވާނެކަމަށާއި، އެއީ އެމަނިކުފާނު ހޯރަފުއްޓަށް ކޮށްދެއްވި މަސައްކަތް ބަލައި ގަންނާތީކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ސާލިހު ވިދާޅުވީ ރާއްޖެ ތަރައްގީ ވާނީ ބުރަ މަސައްކަތުންކަމަށާއި، ހަރުދަނާ އުސޫލުތަކެއްގެ ދަށުން ނޫން ގޮތަކަށް ތަރައްގީ ގެންނަނީނަމަ އެއް ބަޔަކު ބާކީވާނެކަމަށް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ ހޯރަފުށި މީހުން ދިރިއުޅެވޭވަރު ތަަނަކަށް ހޯރަފުށި ބަދަލުވީ އަދި ކިރިޔާކަމަށާއި، ހަގީގީ ތަރައްގީ އަންނާނީ ދެންކަމަށް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވައުދުވެ ވަޑައިގެންނެވީ ހޯރަފުށީގެ ހުރިހާ މަގެއްގައި ތާރު އަޅުމަށެވެ.

ކުޅިވަރުގެ ދާއިރާ ތަރައްގީކުރުމަށް މި ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައިި، މި ސަރުކާރުން 41 ޓާާފް ދަނޑާއި، 70 ފުޓްސަލް ދަޑާއި، 17 ޒަމާނީ ވޯލީ ދަނޑާއި 54 އައުޓް ޑޯރ ޖިމް މި ދައުރުގެ ތެރޭގައި އަޅާއިފިކަމަށާއި، ހަމަ މި އަދަދަށް ފުޓްބޯޅަ ދަނޑުތައް އެޅިފައިވާއިރު، މި ވެރިކަން ނިމޭއިރު މި އަދަދުތައް ދެގުނަ ވާނެކަމަށެވެ. ދިވެހި ޒުވާނުން ބައިނަލްއަގުވާމީ ހަރަކާތްތަކުގައި ބައިވެރިވެގެން 35 ގޯލްޑް މެޑައްޔާއި، 18 ސިލްވަ މެޑަލްއާއި، 89 ބްރޯންޒް މެޑަލް ހޯދާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: